Roadha Mihaaru
ނައީމާ މަރާލުމުގެ ދެ މީހުން ދައުވާއަށް އިންކާރު

ނައީމާގެ މަރު: ދެ މީހުން ދައުވާއަށް އިންކާރު، އެކަކު އެދުނީ އިތުރު ފުރުސަތަކަށް

15 އޯގަސްޓް 2024

ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ދެ މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ދައުވާއަށް އިންކާރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނ. މަނަދޫގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ދެ މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ދައުވާއަށް އިންކާރުކޮށްފި އެވެ.

ނައީމާ ދިރިއުޅުނު ގޭގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަހުޒަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް ހުސައިން ފަވާޒުގެ މައްޗަށެވެ.

އެ މައްސަލާގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެއް ވެސް ދައުލަތުން ދައުވާއެއް ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ތިން މީހުންގެ މައްޗަށް ދައުވާ އިއްވިއިރު، ރިފާސް ފިޔަވައި ދެން ތިބި ދެ މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ރިފާސް ބުނީ ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ވަކީލާ މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ.

ނައީމާ.

ނައީމާ.

އެ މައްސަލާގައި ޑީއެންއޭ ތަހުލީލު ރިޕޯޓާއި އެހެން ވެސް ބައެއް ފޮރެންސިކް ތަހުލީލުތައް މިއަދު ފުލުހުން ނިންމާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ރިޕޯޓް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ކޯޓަށް ފޮނުވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި ދެން އޮންނާނީ ދެ ފަރާތުން ހެކި ހާމަ ކުރުމެވެ.

ނައީމާ މަރާލީ އޭނާއަކީ ސިހުރު ހަދާ މީހެއް ކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އޭނާއަކީ އެފަދަ ކަމެއް ކުރާ މީހެއް ކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.