28 މެއި 2023
ހދ. ހިރިމަރަދޫގައި ކުރަމުންގެންދާ ނަރުދަމާގެ މަސައްކަތް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފް އިސްވެ ހުރެ ހުއްޓުވައިފި އެވެ.
ހދ. ހިރިމަރަދޫގައި ކުރަމުންގެންދާ ނަރުދަމާގެ މަސައްކަތް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފް އިސްވެ ހުރެ ހުއްޓުވައިފި އެވެ.
"މިހާރު" އަށް ލިބިފައިވާ ވީޑިއޯ ކްލިޕަކުން ފެންނަ ގޮތުގައި މަގު ކޮންނަމުންދާ ސަރަހައްދުގައި އެސްކެވޭޓަރު ކުރީ ޝަރީފް ވަނީ ސައިކަލް ބަހައްޓައި މަސައްކަތަށް ހުރަސްއަޅަން މަސައްކަތްކޮށްފަ އެވެ.
އެކަމަކު އެ ރަށު ކައުންސިލުން ބުނީ މަސައްކަތް ހުއްޓުވަން އެއްވެސް މީހަކު މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށްދާ އެ މަސައްކަތުގައި މަގު ކޮނުމުގެ ތެރެއިން ގޭބިސީތަކަށް އަޅައިފައިވާ ކަރަންޓް ކޭބަލްތައް ކެނޑިގެން ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށް ކައުންސިލުން ބުންޏެވެ. ކަރަންޓް ކޭބަލްތައް ކެނޑުމުން ގުޅައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެ އެވެ.
އެކަމަކު އެ ރަށުން ވާހާކަ ދެއްކި މީހަކު ބުނީ ގޭބިސީތަކުން ޑިމާންޑް ކުރަމުންދަނީ އާ ކޭބަލެއް އަޅައި ދިނުމަށް ކަމަށެވެ.
ހިރިމަރަދޫ ކައުންސިލުން މަގު ކޮނުމުގެ މަސައްކަތް ކުރަން ބޭނުންކުރާ އެކްސްކެވޭޓަރު ކުރިމަތީގައި ހައިމާކު ބަހައްޓާފައި.
އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ، ރައްޔިތުންގެ ފައިދާ އަށް ދައުލަތުން ކުރާ ތަރައްގީގެ މަސައްކަތްތަކަށް ހުރަސް އެޅުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
"އެކަން ހުއްޓުވަން މަސައްކަތް ކުރި މީހާ އާ ދެކޮޅަށް ދައުވާ އުފެލޭނެ ވަރުގެ ކަމެއް އެއީ. ޕީޕީއެމްގެ ކައުންސިލަކަސް އެމްޑީޕީގެ ކައުންސިލަކަސް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫތަކަށް އެއްބާރުލުން ދޭން ޖެހޭނެ،" އަކުރަމް ވިދާޅުވި އެވެ.
އަކުރަމް ވިދާޅުވީ ކަރަންޓް ކޭބަލް ކެނޑުމުން އެއްބަސްވެވުނު ގޮތަށް ކޭބަލް އަލުން ގުޅުވައިދިނުމުގެ މަސައްކަތް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓް ކޭބަލް "ޖެއިންޓް ހަދަނީ" ފެނައިގެ ސްޓޭންޑަށް ކަމަށެވެ.
މި މައްސަލައިގައި އެމްޑަބްލިއުއެސްސީން، ހިރިމަރަދޫ ކައުންސިލަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެކަމާ ބެހޭގޮތުން ބޭއްވި ބައްދަލުވުމުގައި އެއްބަސްވެވުނު ގޮތަށް، މިހާތަނަށް ރީ ޖޮއިންޓްކޮށްފައިވާ ކޭބަލްތަކުގައި މައްސަލައެއް ނެތް ކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ އެކަމާ ބެހޭގޮތުން މިއަދު ހައުސިން މިނިސްޓްރީ އާއެކު އޮންލައިން ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
ހިރިމަރަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް
ތިން މިނިސްޓްރީގެ ހިދުމަތްތައް މާދަމާ ދޭން ފަށާނެ
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ
ސާވާ ސަލާމަތް ނުކުރެވި ބޮޑު ގެއްލުމެއް!
ސަލާމަތްކުރެވުނީ ވަރަށް މަދު ލިޔުންތަކެއް: ހައިދަރު
ރޯވި ތިން މިނިސްޓްރީ ވަގުތީ ގޮތުން ދަރުބާރުގެއަށް
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު