Roadha Mihaaru
"ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ ދޭން ނިންމައިފި

ނަޝީދު އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށް ހުއްދަ ދޭން ނިންމައިފި

24 މެއި 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ޕާޓީ އުފައްދަން ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ އާދިއްތަ ދުވަހު އެވެ. ކޮމިޝަނުގެ ޖަލްސާއަކުން މިއަދު ނިންމައި އެ ހުއްދަ މެންދުރު ބާއްވާ ރަސްމިއްޔާތެއްގައި ހަވާލުކުރަން އޮތީ ނިންމައިފަ އެވެ.

އެމްޑީޕީ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ހަރަކާތް ހިންގުމަށް ފަހު، އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީތެރެއިން ގެއްލިފައިވާ ކަމަށެވެ. އާ ޕާޓީއެއް އުފައްދަނީ، އެމްޑީޕީގެ ފަލްސަފާ އަލުން ކުރިއަރުވަން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ. ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.

ނަޝީދު އެމްޑީޕީން އަދި ވަކިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު މި ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރޭ ނަމަ، އެއީ ނަޝީދު ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ.