Roadha Mihaaru
އީޕީއޭގެ ދިރާސާތަކަށް ހާއްސަ އުޅަނދު ރާއްޖެ ގެންނަނީ

އީޕީއޭގެ ދިރާސާތަކަށް ހާއްސަ އުޅަނދު ބަނދެ ނިންމައި މި މަހު ރާއްޖެ ގެންނަނީ

23 މެއި 2023

އީޕީއޭގެ ދިރާސާތަކުގައި ބޭނުންކުރަން ހާއްސަ ކުރާ އުޅަނދު މި މަހު ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އީޕީއޭގެ ދިރާސާތަކުގައި ބޭނުންކުރަން ހާއްސަ ކުރާ އުޅަނދު މި މަހު ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

"ތިމާވެށި" ގެ ނަން ދީފައިވާ 100 ފޫޓުގެ މި އުޅަނދަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން ބަނދެ ނިމިފައިވާ ބޯޓެކެވެ. ބޯޓުގެ ދަށް ހަދާފައިވަނީ ކަޓަމަރާންގެ ޑިޒައިނަށެވެ.

އިންޑިއާގެ ގޯއާގައި އެ ބޯޓު ބަނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ގައުމުގެ "ވިޖޭއި މެރައިން ޝިޕްޔާޑް" އިންނެވެ. މިނިސްޓްރީން ބުނީ ބޯޓު ބަނުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން ބީލަން ކާމިޔާބުކުރި ކުންފުންޏަށް ވާތީ ކަމަށެވެ.

އީޕީއޭގެ ދިރާސާތަކަށް، އިންޑިއާގައި ބަނދެފައިވާ "ތިމާވެށި" ބޯޓް

އީޕީއޭގެ ދިރާސާތަކަށް، އިންޑިއާގައި ބަނދެފައިވާ "ތިމާވެށި" ބޯޓް

ބޯޓުގައި ހުރި ވަސީލަތް

- ތިމާވެށީގެ ދިރާސާތަކައް ބޭނުން ކުރާ އާލާތްތައް

- ބޯޓްގެ މެއިން ޑެކްގައި ތިން މީހުންގެ ޖާގައިގެ ދެ ކޮޓަރި ފާހަނައާ އެކު

- މަތީ ޑެކްގައި މާސްޓަ އަދި އިންޖިނިއަރިން އަށް ހާއްސަ ރޫމެއް އަދި ހަތަރު މީހުންގެ ޖާގައިގެ ތިން ކޮޓަރި

- ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެޝާ ރޫމެއް

- ބަދިގެ

- އިމަޖެންސީގައި ބޭނުންކުރަން ޑިންގީއެއް

އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ބޯޓުގެ މަސައްކަތް މުޅިން ނުނިމޭ ކަމަށެވެ. ބޯޓްގެ މަސައްކަތް ނިމުމުން ރާއްޖެ ގެނެސް ސަރުކާރާ އެ އުޅަނދު ހަވާލު ކުރުން އޮންނާނީ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.