23 މެއި 2023
ހއ. އިހަވަންދު އަށް އުފަން އަބްދުލް ހަލީމް އަބްދުލް ނާސިރު (ހަލީމް) ދޯންޏެއް ބަނީ 13 މިލިއަން ރުފިޔާ ހަރަދު ކޮށްގެނެވެ. ފުރަތަމަ، ދިވެހިން ލައިގެން ދޯނި ދުއްވިޔަސް އޭނާ އަށް ވެސް ކުރިމަތިވީ އެހެން އޮޑިވެރިންނަށް ވެސް ދިމާވި މައްސަލަ އެވެ. ދޯންޏަށް ދިވެހި ފަޅުވެރިން ނުލިބުމެވެ.
ހއ. އިހަވަންދު އަށް އުފަން އަބްދުލް ހަލީމް އަބްދުލް ނާސިރު (ހަލީމް) ދޯންޏެއް ބަނީ 13 މިލިއަން ރުފިޔާ ހަރަދު ކޮށްގެނެވެ. ފުރަތަމަ، ދިވެހިން ލައިގެން ދޯނި ދުއްވިޔަސް އޭނާ އަށް ވެސް ކުރިމަތިވީ އެހެން އޮޑިވެރިންނަށް ވެސް ދިމާވި މައްސަލަ އެވެ. ދޯންޏަށް ދިވެހި ފަޅުވެރިން ނުލިބުމެވެ.
"ދިވެހިން ނަގަން އިއުލާން ކޮށްގެން ވެސް ނުލިބުނީ. ވަރަށް މަސައްކަތް ކޮށްގެން ވެސް ނުލިބުނު،" "ނޯއާ" ދޯނީގެ ވެރިފަރާތް، ހަލީމް "މިހާރު" އަށް ވިދާޅުވި އެވެ.
ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 15 އަހަރު ވެފައިވާ އަދި މިހާރު މަންތާ އެއާގެ ޕައިލެޓް ހަލީމް ވެސް ދޯނިފަހަރުގެ ވެރިންނެކޭ އެއްގޮތަށް ދިވެހިން ހޯދަން އުޅެ ނުލިބުމުން ސަރުކާރުން ދީފައިވާ ބިދޭސީންގެ ހުއްދަ ހޯދައި، ދޯންޏަށް ބިދޭސީން ލި އެވެ.
ނަމަވެސް ބިދޭސީންނަކީ މަސްވެރިކަން ކުރަން ދަންނަ ބަޔަކަށް ނުވުމުން އެކަމަށް ކުރިއެރުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. ބަންގުލަދޭޝްގެ މީހުން ގެނައުމަށް ވިސާ ނަގަން ޖެހުމާއި އެ މީހުން އަގު ބޮޑެވެ.
ނޯއާ ދޯނީގެ ވެރިފަރާތް، އހ. އިހަވަންދު އަށް އުފަން އަބްދުލްހަލީމް އަބްދުލްނާސިރު.
"ރަށު ދޯނިތަކުގައި ތިބި ދިވެހިން ރިސޯޓުތަކަށް، ރަށުގެ ފެނަކައަށް މިހެން ގޮސް އެކި ވަޒީފާތަކަށް ގޮސް ދޯނިތަކުން ފޭބީ. ބިދޭސީން ލައިގެން ވެސް އެ މީހުންނަށް މަސްވެރިކަން ކުރާކަށް ނޭނގޭ،" ހަލީމް ވިދާޅުވި އެވެ.
އެއާއެކު އޭނާ ނިންމެވީ މަލިކުން މީހުން ގެންނާށެވެ. ސަބަބަކީ މަލިކުން މީހުން ގެނައުން އަގުހެޔޮވުމާއި އެއީ ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކަށް ވުމުގެ އިތުރުން ދިވެހި މަސްވެރިކަމާ އެންމެ ގުޅޭ މަސްވެރިކަމެއް ކުރާ ބަޔަކަށް ވާތީ ކަމަށް ހަލީމް ވިދާޅުވި އެވެ.
"... އަޅުގަނޑަށް ވިސްނުނީ ދިވެހި ދަންނަ ދިވެހިންނާ ގުޅޭ ދިވެހިން މަސްވެރިކަން ކުރާ ގޮތަށް ކުރާ ބަޔަކު ގެނައީމާ ރަނގަޅު ވެދާނެއޭ. އެހެންވެ ވަރަށް މަސައްކަތުން އެކި މީހުން ކައިރީ އަހައިގެން އަޅުގަނޑު ހޯދީ މަލިކު މީހެއް. އެއީ އެ މީހުންގެ ޝައުގުވެރިކަން ހުރިތޯ ބަލަން،" ހަލީމް ވިދާޅުވި އެވެ.
"މަސްވެރި އަކަށް އުޅޭ މަލިކު މީހަކު ނޫޅޭތީ ވަރަށް އުނދަގޫވި. ސަފާރީއެއްގައި މަސައްކަތް ކުރާ މީހެއް އެކަނި ފެނުނީ މަލިކު މީހެއް ރާއްޖޭގައި އުޅޭ."
ނޯއާ ދޯނި ކަނޑުގައި މަސްބާނަން މަޑުކޮށްލައިގެން.--
އިހަވަންދުއާ 148 ކިލޯމީޓަރު ދުރުގައި އޮންނަ މަލިކުން ހަތަރު ފަޅުވެރިން ހޯދަން ހަލީމް އިއުލާން ކުރެއްވީ ފޭސްބުކްގަ އެވެ. ހަލީމް ވިދާޅުވިގޮތުގައި، މަލިކުން ފަޅުވެރިން ހޯދަން އިއުލާންކުރުމާ އެކު މަލިކު މީހުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އާދެ އެވެ.
"އަޅުގަނޑު މިހާރު އިންޓަވިއުކޮށްފިން މަލިކުގެ 20 މީހުންނާ. އަޅުގަނޑު އަމިއްލަ އަށް އިންޓަވިއުކުރަނީ ވެސް. އެއީ ފުރަތަމަ މި ގެންނަ ހަތަރު މީހުން ނަގަން. އެ މީހުން ގެނެސް އެ މީހުން މަސްވެރިކަން ކުރާ ގޮތް ބެލުމަށް ފަހު އަޅުގަނޑު އަމިއްލަ އަށް ދާނަން ޖުލައިގައި މަލިކަށް،" ހަލީމް ވިދާޅުވި އެވެ.
"ގޮސް އެކަމަށް އެންމެ ރަނގަޅު މީހުންނާ އިންޓަވިއު ކޮށްފައި މީހުން ނަގަނީ. މަލިކުގައި މިހާރު ހުންނާނެ މިކަންކުރަން އެޖެންޓެއް ބަހައްޓާފައި."
ހަލީމް ވިދާޅުވީ މަލިކުން ފަޅުވެރިން ހޯދަން އިއުލާން ކުރުމުން ދެކުނުގެ މަސްވެރި ދޯނިތަކުގެ ވެރިން ގުޅި ކަމަށެވެ. އެއީ މަލިކުން މީހުން ގެންނަނީ ކިހިނެއްތޯ ބެލުމަށާއި މީހުން ހޯދާނީ ކިހިނެއްކަން ބަލާށެވެ.
ނޯއާ ދޯނި: އެ ދޯންޏަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ބަނދެފައިވާ އުޅަނދެއް.--
މަސް ދޯނިފަހަރުގައި މީގެ ކުރިން ވެސް ބިދޭސީން ގެންގުޅެވެ އެވެ. އެއީ ގިނަ ވެގެން ދެ މީހުންނެވެ. އެ މީހުންނަށް އޮންނަ ހުއްދަ އަކީ ދޯނިފަހަރުގައި މަސްވެރިކަން ފިޔަވައި އެހެން މަސައްކަތް ކުރުމެވެ. އެކަމަކު ފިޝަރީޒް މިނިސްޓްރީން އެ ގަވައިދަށް ގެނައި ބަދަލާ އެކު 8 ބިދޭސީންނާ ހަމައަށް މިހާރު މީހުން ގެންގުޅެވެ އެވެ. އެ މީހުންނަށް މަސްވެރިކަން ވެސް ކުރެވެ އެވެ.
އެ ހުއްދައިގެ ދަށުން މަލިކުން ފަޅުވެރިން ގެންނަން އޭނާ އަމިއްލަ އަށް އިއުލާންކޮށް، މީހުން ނަގަން ފެށުމުން ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވި ކަމަށް ހަލީމް ވިދާޅުވި އެވެ.
"އަޅުގަނޑު ބުނާނީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށް ވަންޏާ، އެ ލޭނާރުން ލޭ ނާންނަންޏާ އޭގެ ބޭނުމެއް ނެތެއް ނޫންހޭ. އަޅުގަނޑު ހަމަ ހުރެފައި މީހުން ގެންނަނީއެއް ނޫން. އަޅުގަނޑު އަމިއްލަ އަށް އިންޓަވިއު ކުރަނީ ވެސް އެހެންވެ،" އޭނާ ވިދާޅުވި އެވެ.
"ބަންގްލަދޭޝް މީހުން ގެނައުމަށް ވުރެ ދިވެހިންގެ ކަންކަން އެނގޭ ދިވެހިވަންތަ ގޮތްތައް ގެންގުޅޭ ބަޔަކު ގެނައުން މާ ރަނގަޅޭ އަޅުގަނޑު ބުނާނީ. އަޅުގަނޑު ބެލި ބެލުމުން އެ މީހުން މަސް ބެހުމާއި މަސްވެރިކަން ކުރުމުގެ ހުރިހާ ކަމެއްގައި ވެސް ގެންގުޅެނީ ހަމަ އެއް ކަންތައްތަކެއް."
މަސްވެރިކަމުގެ ސިނާއަތް ވެސް މިހާރު އޮތީ ބަދަލުވެފަ އެވެ. ކުރިއާ ހިލާފަށް، ދޯންޏެއްގައި 3-4 މީހުންނަށް މިހާރު މަހަކަށް ނުދެވެ އެވެ. އެ އަށް ވުރެ ދޯނިފަހަރު މާ ބޮޑުވެ، އޭގެ ޓެކްނޮލޮޖީ ވެސް ވަރުގަދަ ވެއްޖެ އެވެ. ތަފާތު ސިސްޓަމްތައް ބަހައްޓައިފި އެވެ. އަދި، މަހަށް ފުރަން ކުރަން ޖެހޭ ދުވަހު ހަރަދު ވެސް ބޮޑުވެއްޖެ އެވެ. އެ ސަބަބާ ހުރެ، ފަޅުވެރިންގެ އަދަދު ވެސް އިތުރުކުރަން ޖެހެ އެވެ.
މާލެ ބާޒާރުމަތީ މަސްދޯނިތަކުން މަސްވިއްކުނީ .-- ފޮޓޯ: މިހާރު
ރާއްޖޭގެ ހުރިހާ ދޯންޏަކަށް ވެސް ދިމާވެފައި ވަނީ ފަޅުވެރިން ނެތުމުގެ މައްސަލަ އެވެ.
މި ޖީލުގެ ބޮޑެތި ދޯނިފަހަރު މަހަށް ފުރަން މަދުވެގެން މިހާރު ވިއްސަކަށް މީހުން ހަމަކުރަން ޖެހެ އެވެ. އެހެން ނޫނީ ދެކޮޅެއް ނުޖެހެ އެވެ. އެ އަދަދަށް މީހުން ނުލިބޭ ނަމަ، ދޯންޏަކަށް ކަނޑަކަށް ނުނުކުމެވެ އެވެ. ދޯނިފަހަރު ހުރި އަދަދަށް ބަލާއިރު އެ އަދަދަށް މަސްވެރިކަން ކުރާނެ މީހުން ރާއްޖެ އަކުން ލިބޭކަށް ނެތެވެ.
އެކަން ހައްލުކޮށް މީހުން ހޯދުމަށް ސަރުކާރުން ބިދޭސީން ގެންގުޅެން ހުއްދަ ދިނީ އެވެ. އެއީ ދިވެހިން ކުރަން ޖެހޭ ކަމެއްކަން ގަބޫލުކޮށްގެން ނުތިބެ އަމިއްލަ އިސް ނެގުން ކަމަށް ހަލީމް ދެކެ އެވެ.
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމަވައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް ބާކީ ފައިސާ ޖަމާކުރަން ފަށައިފި
މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފި
މަސްވެރިންނަށްވީ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަން
މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި
200 މަަސްދޯނީގައި ފެން ފިނިކުރާ ސިސްޓަމް ހަރުކުރަނީ
މަސްވެރިކަމަށް ހާއްސަ ކްލަބެއް އިހަވަންދޫ ސްކޫލުގައި އުފައްދައިފި
މަސް ނުކިރޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި