Roadha Mihaaru
އައިއެސް އަށް ތާއިދުކުރި މީހަކު ހަ އަހަރަށް ޖަލަށް

އައިއެސް އަށް ތާއިދުކުރި މީހަކު ހަ އަހަރަށް ޖަލަށް

25 ޖެނުއަރީ 2017

ވޮޝިންޓަން (ޖެނުއަރީ 25) - އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއިދުކޮށް އެމެރިކާ ފުލުހުންނަށް ނުވަތަ ސިފައިންނަށް ހަމަލާ ދޭން ބޭނުންވި 34 އަހަރުގެ މީހަކު ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 25) - އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއިދުކޮށް އެމެރިކާ ފުލުހުންނަށް ނުވަތަ ސިފައިންނަށް ހަމަލާ ދޭން ބޭނުންވި 34 އަހަރުގެ މީހަކު ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.

އެމެރިކާގެ އެޓާނީ އަނެޓް އެލް. ހަޔެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޑެނިއަލް ސެތު ފްރޭނޭ ނުވަތަ އަބޫ ދާއޫދުގެ މައްޗަށް ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓަކުން ހުކުމްކުރީ ގަވާއިދާޚިލާފަށް ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކަމަށެވެ.

ހަޔެސް ވިދާޅުވީ ދާއޫދު ހައްޔަކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އޭނާ ހައްޔަރުކުރީ ފުލުހުން އޭނާ އަށް ފާރަލާން ހިންގި އޮޕަރޭޝަނަކަށް ފަހު އެވެ. ފެޑެރަލް އިންވެސްޓިގޭޓަރުންގެ ސަމާލު ކަމަށް ދާއޫދު އައިސްފައި ވަނީ އައިއެސް އަށް ތާއީދު ކުރާކަން އެނގުމުންނެވެ.