Roadha Mihaaru
މާސްކް ގަންނަން ނުކުތް ޕައިލެޓަކަށް ޖަލު ހުކުމެއް

މާސްކް ގަންނަން ނުކުތް ޕައިލެޓަކަށް ސިންގަޕޫރުގައި ޖަލު ހުކުމެއް

16 މެއި 2020

ސިންގަޕޫރުގައި ކަރަންޓީނުކޮށްފައި ހުރި އެމެރިކާގެ ޕައިލެޓަކު ކަރަންޓީނާ ހިލާފުވުމުން ހަތަރު ހަފުތާ އަށް ޖަލަށް ލާން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިންގަޕޫރުގައި ކަރަންޓީނުކޮށްފައި ހުރި އެމެރިކާގެ ޕައިލެޓަކު ކަރަންޓީނާ ހިލާފުވުމުން ހަތަރު ހަފުތާ އަށް ޖަލަށް ލާން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފި އެވެ.

މީޑިއާތަކުން ބުނީ ޖަލު ހުކުމް އިއްވީ ކާގޯ އުފުލާ އެއާލައިން ފެޑެކްސްގެ ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާ އެލަސްކާ އަށް ނިސްބަތްވާ ބްރަޔަން ޑޫގަން ޔިއާގަން، 44، ކަމަށެވެ.

އޭނާގެ ވަކީލު ރޯނީ ޓޭން ވިދާޅުވީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު ސިންގަޕޫރުގެ ހޮޓަލެއްގައި 14 ދުވަހަށް ކަރަންޓީނުކޮށްފައި ވަނިކޮށް ޕައިލެޓް ނުކުތީ ސިންގަޕޫރުން ފުރުމުގެ ކުރިން ސާޖިކަލް މާސްކާއި ތާމޮމީޓަރު ގަންނަން ކަމަށެވެ. އަދި އޭނާ ނުކުމެ ތިން ހަޑިއެއްހާ އިރު ވަންދެން ބޭރުގައި އުޅެފައިވެ އެވެ.

ވަކީލު ވިދާޅުވި ގޮތުގައި ބްރަޔަން އާއި އޭނާގެ ދެ ކޯ-ޕައިލެޓުން ސިންގަޕޫރުގައި ކަރަންޓީނުކުރީ އޮސްޓްރޭލިއާގެ ސިޑްނީން މިދިޔަ މަހުގެ 3 ގައި ސިންގަޕޫރަށް ކުރި ދަތުރުމަތީގައި އެމެރިކާ އާއި ޗައިނާ އާއި ހޮންކޮންގާއި މަކާއޯ އާއި ޖަޕާނަށް ވެސް ދަތުރުކޮށްފައިވާތީ އެވެ.

ވަކީލު ވިދާޅުވި ގޮތުގައި ސިންގަޕޫރުން ޕައިލެޓް މާސްކް ގަންނަން ބޭނުންވީ އެމެރިކާގައި ހުރި އޭނާގެ އަންހެނުން ބަލިކޮށް އުޅޭތި އާއި އެމެރިކާ އަށް ގޮސް މާސްކް ހޯދަން ދަތިވެދާނީ އެވެ.

ނަމަވެސް ސިންގަޕޫރުގެ ކަރަންޓީނުގެ އުސޫލާ ހިލާފުވުމުން ޕައިލެޓަށް މި ވަގުތު އެމެރިކާ އަށް އަނބުރާ ދިއުމުގެ ކުރިން ހަތަރު ހަފުތާގެ ޖަލު ހުކުމް ތަންފީޒުކުރުން ނޫން ގޮތެއް ނެތެވެ.

މި މައްސަލާގައި ކޯޓުގައި ބްޔަރަން ބުނީ ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށާއި ބޭރަށް ނުކުތީ އެއްގޮތަކަށް ވެސް ސިންގަޕޫރުގެ އުސޫލަކާ ހިލާފުވުމުގެ ނިޔަތުގައި ނޫން ކަމަށް ބުނެފަ އެވެ.

ކޯޓުން ބުނިގޮތުގައި ކަރަންޓީނު ފެސިލިޓީން ބޭނުމެއްގައި ނުކުތް އިރު، އެކަން ޕައިލެޓް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރި ނަމަ ޖަލު ހުކުމަކާ ހަމައަށް ނުދިޔައީސް ކަމަށެވެ. ސިންގަޕޫރަކީ އަބަދު ވެސް އެ ގައުމުން ކަނޑައަޅާ އުސޫލުތައް ތަންފީޒުކުރުމުގައި ނަމޫނާ ދައްކާ ގައުމެކެވެ.

ބްޔަރަންވެގެން ގޮސްފައި ވަނީ ކޮވިޑް-19އާ ދިމާކޮށް ސިންގަޕޫރްގައި ކަރަންޓީނުކުރި ބިދޭސީއަކު އުސޫލާ ހިލާފުވެ، ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހުނު ފުރަތަމަ ފަހަރަށެވެ.

ކަރަންޓީނާ ހިލާފުވާ މީހުންނަށް ސިންގަޕޫރްގައި ވަނީ ގިނަވެގެން ހަ ހަފުތާގެ ޖަލު ހުކުމަކާ އެކު، 7،000 ޑޮލަރުން ޖޫރިމަނާކުރަން ވެސް ކަނޑައަޅައިފަ އެވެ.

ސިންގަޕޫރުން މިހާތަނަށް 26,890 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، އެ ބަލީގައި 21 މީހަކު މަރުވެފައިވެ އެވެ.