ކޮރޯނާވައިރަސް ފެތުރެން ފެށުމުން އަސާސީ މެޑިކަލް ސާމާނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ އެމެރިކާގެ ހޮސްޕިޓަލަކުން ވައްކަންކުރަމުން ދިޔަ މުވައްޒަފަކު ހައްޔަރުކޮށް، ޖަލަށްލައިފި އެވެ.
08 އެޕްރީލް 2020
ކޮރޯނާވައިރަސް ފެތުރެން ފެށުމުން އަސާސީ މެޑިކަލް ސާމާނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ އެމެރިކާގެ ހޮސްޕިޓަލަކުން ވައްކަންކުރަމުން ދިޔަ މުވައްޒަފަކު ހައްޔަރުކޮށް، ޖަލަށްލައިފި އެވެ.
މީޑިއާތަކުން ބުނީ އެރިޒޯނާގެ ޔަވަޕާއީ ރީޖަނަލް މެޑިކަލް ސެންޓަރުގެ ވެސްޓް ކޭމްޕަހުން ގިނަ އަދަދެއްގެ މާސްކާއި ސެނިޓައިޒާ އާއި އަންގި އަދި ގިނަ އަދަދެއްގެ ސާމާނު އެކި ދުވަސްމަތިން ވަގަށް ނަގާފައި ވާތީ ޖަލަށް ލާފައި ވަނީ ހޮސްޕިޓަލްގެ ހައުސްކީޕިން ޑިޕާޓްމަންޓްގައި ވަޒީފާއަދާކުރަމުން ދިޔަ ކެއިތު ބްރައުން، 46، ކަމަށެވެ.
މި މައްސަލާގައި ވަނީ އޭނާ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.
Arizona hospital employee arrested for theft of personal protective equipment: https://t.co/qA0moa7ASg #abc15 pic.twitter.com/tRhKrGx3zc
— ABC15 Arizona (@abc15) April 4, 2020
އެރިޒޯނާގެ ޕްރެޒްކޮޓް ޕޮލިސް ޑިޕާޓްމަންޓުން ބުނީ ބްރައުން ހޮސްޕިޓަލުން ވައްކަންކުރި ކަމަށް ތަހުގީގުގައި އިއުތިރާފު ވެސް ވެފައިވާ ކަމަށާއި އޭނާ މި ވަގުތު ހުރީ ޔަވަޕާއީ ކައުންޓީ ޖަލުގައި ބަންދުކޮށްފައި ކަމަށެވެ. ބްރައުން ތަހުގީގަށް ބުނެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލުން ވަގަށް ނެގި ތަކެއްޗަކީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ނެގި ތަކެއްޗެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ވަގަށް ނެގި ތަކެތީގެ ތެރޭގައި މާސްކާއި ސެނިޓައިޒާ އާއި އަންގި އާއި ތުވާއްޔާއި ޓޮއިލެޓް ޕޭޕަރާއި ސާފުކުރަން ބޭނުންކުރާ ބްލީޗް ފަދަ ތަކެތި ވެސް ހިމެނެ އެވެ.
ވަގަށް ނެގި ތަކެތީގެ އަގު 1،700 ޑޮލަރަށް އަރާ އިރު، އެ ތަކެތި ހޯދައި އެ އެއްޗެހި ހޮސްޕިޓަލާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފެތުރެން ފެށުމާ އެކު ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކަށް މާސްކާއި ސެނިޓައިޒާ ފަދަ ތަކެތީގެ ދަތިކަން ކުރިމަތިވެ، ހޮސްޕިޓަލްތަކުގައި ހުންނަ އެފަދަ ތަކެތި ވަގަށް ނަގާ މައްސަލަ އިތުރުވެފައިވެ އެވެ. އެކަމަކު ބްރައުން ވައްކަންކުރި ހާދިސާ އަކީ މިފަދަ މައްސަލައެއްގައި މި ދަނޑިވަޅުގައި ޖަލަށް ލި ފުރަތަމަ މީހާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.
ވައްކަންކުރި ބައެއްގެ ބިލް ދެއްކީ ފުލުހެއް
ފުރަތަމަ 10 ގައި ގެވެށިއަނިޔާގެ 19 މައްސަލަ
ފިހާރައެއްގެ ވަތްގަނޑުން ވައްކަން ކުރުމުން ބަންދަށް
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ގެއްލުނު ފަސް ލެޕްޓޮޕް ހޯދައިފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!