19 މެއި 2023
"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި އާބަންކޯއާ ދެކޮޅަށް ކުޅޭ ޓީމަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހޮވިއްޖެ އެވެ.
"އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި އާބަންކޯއާ ދެކޮޅަށް ކުޅޭ ޓީމަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހޮވިއްޖެ އެވެ.
ވެމްކޯ ފައިނަލަށް ހޮވުނީ ރޭ ކުޅުނު ތިންވަނަ ސެމީ ފައިނަލް މެޗުގައި ސިފައިންނާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ސިފައިންނާ ދެކޮޅަށް މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ސެޓްތައް ވެމްކޯ ގެންދިޔައީ 25-21، 25-15 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެމީގެ ފުރަތަމަ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އިންޑިއާގެ ވިނީތު ކުމާރެވެ.
މިއާ އެކު ސިފައިންނަށް ވަނީ މުބާރާތުގެ ތިންވަނަ ލިބިފަ އެވެ. ތިންވަނަ ހޯދުމުން މެޗަށް ފަހު ސިފައިންގެ ޓީމުގެ ކުޅުންތެރިންނަށް ވަނީ ލޯ މެޑަލް ހަވާލު ކޮށްފަ އެވެ.
ސިފައިން ވަނީ ސެމީގެ ފުރަތަމަ މެޗުގައި އާބަންކޯ އަތުން ބަލިވެފަ އެވެ. ވެމްކޯ ތިންވަނަ ސެމީ އިން ޖާގަ ހޯދީ ސެމީގެ ދެވަނަ މެޗުގައި ޕޮލިސް ބަލިކުރުމަށް ފަހު އެވެ.
އާބަންކޯ ފައިނަލަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ. ވެމްކޯ މިހާތަނަށް ބަލިވެފައި ވަނީ ގުރޫޕް ސްޓޭޖުގައި ސިފައިންނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗުން ވެމްކޯ ބަލިވީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް ވެމްކޯ މިވަނީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކުރި ސިފައިން ކަޓުވާލައި ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ވެމްކޯ އާއި އާބަންކޯ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައެވެ.
ހުރިހާ މެޗަކުން މޮޅުވެ އާބަންކޯ ޗެމްޕިއަންކަން ހޯދައިފި
ވިއްސާރައިގެ ސަބަބުން އޮފީސް ވޮލީ މުބާރާތް އިންޑޯއަށް
ޕޮލިހާއި ވެމްކޯ ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފި
ސިފައިން ސެމީއާ ގާތަށް، އެމްޕީއެލް އަށް ފުރަތަމަ މޮޅު
އާބަންކޯ ކުރިއަށް، ވެމްކޯ ވެސް މޮޅުވެއްޖެ
ސިޓީން މެޗު ދޫކޮށްލުމުން އެޗްޑީސީ ފައިނަލަށް
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޕޮލިސް ބަލިކޮށް ގައުމީ ތަށި ވެމްކޯއިން މިލްކުކޮށްފި
ވީއޭއެމްއާ ގުޅޭ ދޮގު ވާހަކަ ފަތުރާނަމަ ސަސްޕެންޑް
ވީއޭއެމްގެ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓްތައް ފާސްކޮށްފި