19 މެއި 2023
ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލަގްޒަރީ ލެޝާ އެއާލައިން "ބިއޯންޑް"ގެ އޮފީސް ރަސްމީކޮށް ހުޅުވައިފި އެވެ.
ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލަގްޒަރީ ލެޝާ އެއާލައިން "ބިއޯންޑް"ގެ އޮފީސް ރަސްމީކޮށް ހުޅުވައިފި އެވެ.
މަޝްހޫރު އެރޭބިސް ސިމްޑީ ކުންފުނީގެ އެ އެއާލައިނުގެ މާލެ އޮފީސް ހުޅުވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު އާއި ބިއޯންޑްގެ ސީއީއޯ ޓޭރޯ ޓަސްކިލާ އަދި ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އެވެ.
އެ ރަސްމިއްޔާތިގައި ބިއޯންޑްގެ ސީއީއޯ ޓެރޯ ޓަސްކިލާ ވަނީ އެއާލައިންގެ އޮޕަރޭޝަންތައް ފެށުމަށް ފަހު ގާތްގަނޑަކަށް ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރާ އެއާލައިނަކަށް "ބިއޯންޑް" ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ އެއާލައިންގެ ސަބަބުން ގިނަ ދިވެހިންތަކަކަށް ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބިއޯންޑްގެ ސީއީއޯ ޓޭރޯ ޓަސްކިލާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ސިމްޑީ
"މި އަހަރު ނިމެން ވާއިރަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ 200 މުވައްޒަފުން ހޯދުމަށް. މި އެއާލައިނު ފެށުމަށް ފަހު، ހިދުމަތްތައް ފުޅާ ކުރުމުގެ މަސައްކަތްތައް ފަށާނަން. އެއާ އެކު 1،500 އެއްހާ ވަޒީފާގެ ފުރުސަތުތައް އުފެދިގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވަނީ އެ އެއާލައިންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއާލައިން ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ސަރުކާރުގެ މުއައްސަސާތަކުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
ޑރ. ޝަކީލާ ވިދާޅުވީ އެ ފަދަ އެއާލައިނެއްގެ އޮޕަރޭޝަންސް ރާއްޖޭގައި ފެށުމަކީ އިގުތިސާދަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ.
"ބިއޯންޑް" އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އިސްވެރިން. -- ފޮޓޯ: ސިމްޑީ
"ބިއޯންޑް"ގެ އޮޕަރޭޝަންތައް މި އަހަރު ފެށުމަށް ހަމަޖެހިފައި ވާއިރު، އެއާލައިނަށް ކެބިން ކްރޫއިން ނެގުމަށް މި ދިޔަ މަހު ވަނީ އޯޕަން ޑޭ އެއް ބާއްވައިފަ އެވެ. އެ ހަރަކާތުގައި 4000އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެތެރޭގައި ވޯކިން އިންޓަވިއު ދިޔަ 150އަށް ވުރެ ގިނަ ދިވެހި ބައިވެރިން ވެސް ހިމެނެ އެވެ.
"ބިއޯންޑް" އަކީ ދުރު ރާސްތާތަކަށް ކުރާ ދަތުރުތަކަކީ ހިތްފަސޭހަ ދަތުރުތަކަކަށް ހެދުމަށް ތައާރަފް ކުރާ ލޭޝާ ލަގްޒަރީ އެއާލައިނެކެވެ. އެ އެއާލައިންގެ ފްލައިޓަކީ ތިމާވެއްޓާއި ރައްޓެހި، ސަސްޓެއިނަބަލް ޓެކްނޮލަޖީތަކެއް ހިމަނާ ފަރުމާ ކޮށްފައިވާ ފްލައިޓެކެވެ. އެ ފްލައިޓުގައި 68 މީިހުންގެ ޖާގަ ހިމެނެ އެވެ.
މި އެއާލައިނުން ޔޫރަޕާއި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ ކަމަށް ބިއޯންޑް އިން ބުނެ އެވެ.
"އޭވިއޭޝަން ދާއިރާއަށް ސަރުކާރުން އިސްކަންދޭ"
"ބިއޯންޑް" ލޯންޗްކޮށްފި، ދަތުރުތައް ނޮވެމްބަރު މަހު
ބިއޯންޑްގެ ކެބިން ކްރޫންނަށް ވާން 4000 އެޕްލިކޭޝަން
ފުރަތަމަ ލަގްޒަރީ އެއާލައިނާއެކު 200 އެއްހާ ވަޒީފާ
ޗުއްޓީ ދަތުރަށް ފުރަތަމަ ލަގްޒަރީ އެއާލައިން ސިމްޑީން
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން
އީސްޕޯޓް ޗެމްޕިއަންޝިޕަށް ދިވެހިޓީމް ދިޔައީ ބިއޯންޑްގައި
އިލީ ކޮފީ ހިމަނައިގެން 7 ވައްތަރެއްގެ އާ ބުއިންތަކެއް
އިންޑިއާގެ އެއާލައިންތަކަށް އިންޒާރު ދޭތީ ފިޔަވަޅުއަޅަނީ
"އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި