ޅ. ނައިފަރުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ އެކަމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހުން އުޅޭ ތަންތަން ފާސްކޮށް މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރުމުން ވެސް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އެ އެންމެން ވެސް އިއްޔެ ދޫކޮށްލައިފި އެވެ.
ޅ. ނައިފަރުގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެ އެކަމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ މީހުން އުޅޭ ތަންތަން ފާސްކޮށް މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރުމުން ވެސް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އެ އެންމެން ވެސް އިއްޔެ ދޫކޮށްލައިފި އެވެ.
ނައިފަރުގައި މި އޮޕަރޭޝަން ހިންގީ އެކި އުމުރުގެ މީހުންނަށް މަސްތުވާތަކެތި ދީ އެކަމުގެ ތެރެއަށް ވެއްދުމުގެ މައްސަަލަ ބޮޑުވެގެން ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން ޑްރަގް އެންފޯސްމަންޓްގެ ޓީމެއް އެ ރަށަށް ގޮސްގެންނެވެ.
މި އޮޕަރޭޝަންގައި ހަ މީހަކު ހައްޔަރުކުރި އެވެ. އެ މީހުން ދިރިއުޅޭ ތަންތަނުން މަސްތުވާތަކެތި ފެނުނު ކަމަށާއި އޭގެތެރެއިން ފަސް މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ވެސް ވަނީ އެނގިފަ އެވެ. އެކަމަކު އެ އެންމެން ވެސް ކޯޓުން ދޫކޮށްލީ އެވެ. މައިގަނޑު ސަބަބެއް ކަމަށް ދެއްކީ މީހުން ހައްޔަރުކުރި އިރު ސީދާ އެ މީހުންގެ އަތުގައި މަސްތުވާތަކެތި ނެތުމެވެ.
އުމުރުން ވަރަށް ހަގު ކުދިން ވެސް ހިމެނޭ ގޮތުން މަސްތުވާތަކެތީގެ ތެރެއަށް ވަންނަ މައްސަލަ ވެސް ބޮޑުވެގެން ހާއްސަ އޮޕަރޭޝަނެއް ހިންގާ ހިސާބަށް ދިޔަ ނަމަވެސް ރަށު ކައުންސިލުން މިކަމާ ބެހޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ރަށުގެ ބައެއް މުއައްސަސާތަކުން ވެސް ވަނީ މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިޔަވަޅު އަޅައިދިނުމަށް އިދާރާތަކުގައި އެދިފަ އެވެ.
ކުޅުދުއްފުއްޓަށް ޑްރަގު ގެންދިޔަ މީހަކު އުމުރަށް ޖަލަށް
"ގެއްލުނު" މީހަކު ޑްރަގާ އެކު ހައްޔަރު
14 ތަނެއް ބަންދުކުރިޔަސް އިތުރު ހަ "ޑްރަގް ކެފޭ"!
ބޯޓުގައި ޑްރަގްއެތެރެކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ފުވައްމުލަކު ޑްރަގް ނެޓްވޯކް: ދެ މީހުންނަށް ދައުވާ
ޑްރަގް އެތެރެކުރި ބަންގުލަދޭޝްގެ ދެ މީހަކު ބަންދުކޮށްފި
ޑްރަގާ އެކު ތިން މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި