Roadha Mihaaru
ގެއްލިގެން އުޅުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު

ގެއްލިގެން އުޅުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު: ޕޮލިސް

13 މެއި 2023

މާލެއިން ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެއިން ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ޏ. ފުވައްމުލަކު، ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް، 30 ހޯދުމަށްޓަކައި އޭނާގެ ފޮޓޯއެއް ފުލުހުން އާންމު ކުރީ އިއްޔެ އެވެ.

ފުލުހުން ބުނިގޮތުގައި ހަސަންގެ ޚަބަރެއް އާއިލާ އަށް އެންމެ ފަހުން ލިބުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ މާލޭގައި ހުރި ކަމަށް އެ ދުވަހު އާއިލާ އަށް ގުޅާފައި ބުނި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނީ އޭނާ މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި، މިގޮތަށް އެންމެ ގިނައިން ގެއްލެނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

ނަމަވެސް އެ މީހުން ގެއްލޭ ސަބަބު އާންމެއް ނުކުރެ އެވެ.