12 ފެބުރުއަރީ 2023
މާލެއިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އަރައިގެން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަދެގެން ދިޔަ މަންޒަރު ކަމަށާއި އެކަމަކު އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމުގެ މައުލޫމާތެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލެއިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އާސިރު އިސްމާއިލް އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އަރައިގެން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަދެގެން ދިޔަ މަންޒަރު ކަމަށާއި އެކަމަކު އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ދިޔަ ކަމުގެ މައުލޫމާތެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސ. މަރަދޫ، ގަސްކަރަ، އާސިރު ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ފޯނު ނުނަގާތީ އާއި ޖެހިގެން އައި ދުވަހު ވެސް ޚަބަރެއް ނުވުމުންނެވެ.
އުމުރުން 31 އަހަރުގެ އާސިރަކީ ހުޅުމާލޭގައި އެ އާއިލާގެ މީހަކު ހިންގާ ފިހާރައެއްގައި މަސައްކަތްކުރަމުން އައި މީހެކެވެ. އާއިލާ އިން ބުނާ ގޮތުގައި އާސިރު، ގެއިން ނުކުތީ މަސައްކަތަށް ދާން ކަމަށް ބުނެ އެ ރޭ 7:30 ހާއިރުގަ އެވެ.
ފުލުހުން ބުނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އާސިރު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށާއި އެކަމަކު މިހާތަނަށް އޭނާ ފެނިފައި ނުވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖްތައް ވަނީ ބަލައިފަ އެވެ.
އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެ އިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައެއް ނުވޭ،"--- ފުލުހުން
އެގޮތަށް ބެލިބެލުމުން، މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 7:20 ހާއިރު ބޮޑުތަކުރުފާނު މަގުން، ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ކާރަކަށް އޭނާ އަރާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލް ކައިރި އަށް މަޑުކުރުމުން، އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖަކުން ފެންނަ ކަމަށެވެ.
"އޭނާ އެއްވެސް އެއާލައިނަކުން ރާއްޖެ އިން ބޭރަށް އަދި ރާއްޖޭގެ އެހެން ރަށަކަށް ދިޔަކަން ވެސް މިހާތަނަށް ބެލިބެލުމުން އެނގިފައެއް ނުވޭ،" ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
އެހެންވެ، މާލެ އާއި އެއާޕޯޓްގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް ވެސް އޭނާ ހޯދުމުގެ މަސައްކަތްކުރާ ކަމަށް ފުލުހުންގެގެ މެސެޖުގައި ވެ އެވެ.
"ގެއިން ނުކުމެގެންދާ ތަން ފެނޭ އެ ގޭގެ ކުރިމަތީގަ ހުންނަ ފިހާރާއެއްގެ ކެމެރާ އިން. އެ އިން ވެސް ފެންނަނީ ވަކި ހިސާބަކަށް. އެއީ ރޯޝަނީ މަގުގެ ވަކި ހިސާބަކަށް. އޭގެން ވެސް ވަކި ކަމެއް ފާހަގައެއް ނުކުރެވޭ. ހަމަ ހިނގާލާފައި ދާތަން ފެންނަނީ. އެ ފަހުން ދެން ނުފެނޭ،"--- އާއިލާ
އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި މަސައްކަތްކުރާ ފިހާރަ އަށް ޑިއުޓީ އަށް ދާން އާސިރު މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ގެ އިން ނުކުތީ 7:30 ހާއިރެވެ. އޭނާ އަބަދުވެސް ޑިއުޓީ އަށް ދަނީ ސައިކަލުގައި ކަމަށް ވިޔަސް އެ ރޭ ގެއިން ނައްޓާލީ ސައިކަލްގެ ތަޅުދަނޑި ބާއްވާފައި ކަމަށާއި އެއީ ދުވަހަކު ވީ ކަމެއް ނޫން ކަަމަށް އާއިލާ އިން ބުންޏެވެ.
"ގެއިން ނުކުމެގެންދާ ތަން ފެނޭ އެ ގޭގެ ކުރިމަތީގަ ހުންނަ ފިހާރާއެއްގެ ކެމެރާ އިން. އެ އިން ވެސް ފެންނަނީ ވަކި ހިސާބަކަށް. އެއީ ރޯޝަނީ މަގުގެ ވަކި ހިސާބަކަށް. އޭގެން ވެސް ވަކި ކަމެއް ފާހަގައެއް ނުކުރެވޭ. ހަމަ ހިނގާލާފައި ދާތަން ފެންނަނީ. އެ ފަހުން ދެން ނުފެނޭ،" އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނެފައި ވެ އެވެ.
ސިކުނޑީގެ އުނިކަމެއް ހުންނާތީ އާސިރު ބޭސް ބޭނުންކުރި ނަމަވެސް އުޅެނީ "ނޯމަލް" މީހެއްގެ ގޮތުގައި ކަމަށް އާއިލާ އިން ބުންޏެވެ.
އާސިރު ޑިއުޓީ އަށް ދާން އެރޭ ގެއިން ނުކުތްއިރު ލައިގެން ހުރީ ކަޅުކުލައިގެ ގަމީހަކާއި ނޫ ކުލައިގެ ޖިންސެކެވެ.
21 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދާތާ ދެ ހަފްތާ!
ގެއްލިގެން އުޅުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި
މާލެ އައި މީހަކު ގެއްލިގެން ހޯދާތާ ދެ ހަފުތާ!
އާސިރުގެ އުޅުން ބަދަލުވެފައި، އުޅުނުތަން ކިޔައެއްނުދޭ!
"އާސިރު ހޯދަން 150 ގަޑިއިރުގެ ފުޓޭޖް ބަލައިފި"
ޑިއުޓީއަށް ދާން ނުކުތް އާސިރަށް ވީގޮތެއް ނޭނގުނު!
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި
މާލެއިން މީހަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި
މާލެއިން މީހަކު ގެއްލިގެން ހޯދާތާ ހަތަރު ދުވަސް