Roadha Mihaaru
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

06 ފެބުރުއަރީ 2023

މާލެއިން މީހަކު ގެއްލިގެން ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލެއިން މީހަކު ގެއްލިގެން ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުސް އޮފީހުން މިރޭ ބުނީ މިދިޔަ ހޮނިހިރުދުވަހުން ފެށިގެން ވީނުވީ ތަނެއް ނޭނގިގެން ހޯދަނީ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް، 31 ކަމަށެވެ. އޭނާ އެންމެ ފަހުން ފެނުނީ ހޮނިހިރުދުވަހުގެ ރޭ އިރާކޮޅު ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ގެއްލިއްޖެ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އެވެ. އެންމެ ފަހުން އޭނާ ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ގަމީހެއް ކަަމަށް އާއިލާ އިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން އެދެނީ އާސިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް އަންގައިދިނުމަށެވެ.