ސްކޭޓް މޯލްޑިވްސްގެ ޑިވަލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
13 މެއި 2023
ސްކޭޓް މޯލްޑިވްސްގެ ޑިވަލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
އެ ޕާޓްނާޝިޕަކީ އަންނަ އަހަރުގެ ނިޔަލަށް ގާއިމު ކުރި ޕާޓްނާޝިޕެކެވެ. ދިރާގުން ބުނިގޮތުގައި އެ ޕާޓްނާޝިޕްގެ ދަށުން އެ ކުންފުނިން ސްކޭޓް މޯލްޑިވްސްއަށް ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވި ގޮތުގައި އެ ޕާޓްނާޝިޕްގެ މަގުސަދަކީ ރޯލާ ސްކޭޓިން ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދީ އަދި އެ ކުޅިވަރު ކުޅޭނެ މޮޅެތި އެތުލީޓުންތަކެއް ބިނާކޮށް އަދި ގައުމީ ފެންވަރުގައި ފާހަގަ ކުރެވޭނެ ބަޔަކު އުފައްދަން އެއްބާރުލުން ދިނުމެވެ. އަދި ދިރާގަކީ ކުޅިވަރު ޕްރޮމޯޓުކޮށް ޒުވާނުންނަށް ކުޅިވަރުގެ އެކި ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ. ސްކޭޓް މޯލްޑިވްސްގެ ރައީސް، މުހައްމަދު ހާނިމް ވިދާޅުވީ އުއްމީދަކީ އެ ޕާޓްނާޝިޕުގެ ދަށުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމަށް ގިނަ ސްކޭޓަރުންތަކެއް ތަމްރީނުކޮށް ބިނާކުރުން ކަމަށެވެ. މިހާރު ކުރިއަށްދާ އެ އެސޯސިއޭޝަންގެ ދެވަނަ އިންޓަނޭޝަނަލް ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ސްކޭޓަރުން ވެސް ބައިވެރިވި މުބާރާތެކެވެ. ސްކޭޓް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސްކޭޓިންއާ ބެހޭ ގައުމީ މުއައްސަސާއެވެ.
10ދުވަހުގެ ޗުއްޓީގައި ރަށަށް ކޮށްދިނީ "ސަޅި ކަމެއް"
ދިރާގުން އައިފޯން 17 ޕްރޯ ހުސްވެއްޖެ
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ބާއްވައިފި
އޭޝިއާކަޕް ބަލަން ދިރާގާއި މީޑިއާނެޓުން ހާއްސަ އޮފާއެއް
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި
ދިރާގު ރޯޑް ރޭހުގެ މެޑަލާއި ރޭސް ކިޓް ދައްކާލައިފި
ދިރާގު ސީއޯޑީ މޯބައިލް މިނީ ސީރީޒްއިން ފުރުސަތު!
ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާނުކޮށްފި
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ