ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
11 މެއި 2023
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ހައްޔަރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އިމްރާން ހާން އިއްޔެ ހައްޔަރުކުރީ އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާއާ ގުޅިގެން ވެރިރަށް އިސްލާމްއާބާދުގެ ހައި ކޯޓަށް ހާޒިރުވެ ވަޑައިގެން ހުންނަވަނިކޮށް ޕެރަމިލިޓަރީ ފުލުހުން ގޮސް ބާރުގެ ބޭނުންކޮށްގެންނެވެ.
އިމްރާން ދޫކޮށްލަން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އަމުރުކުރީ އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމުމަށް ފަހު އެވެ.
އިމްރާން ހާން ހައްޔަރުކުރުމާ އެކު، އިއްޔެއިން ފެށިގެން ޕާކިސްތާނުގެ މަގުތަކަށް ގިނަ އަދަދެއްގެ މީހުން ނުކުމެ ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ބައެއް ލީޑަރުން ހައްޔަރުކުރަން ފަށައި، އަދި ބައެއް ސަރަހައްދުތަކުން ވަނީ އިންޓަނެޓްގެ ހިދުމަތް ވެސް މެދުކަނޑާލައިފަ އެވެ.
ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ އަހަރު އިމްރާން ހާންގެ އިތުބާރު ނެތްކަމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ދުރުކުރީ އެވެ. އެ މަގާމުގައި މިވަގުތު ހުންނެވީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝާހްބާޒް ޝަރީފެވެ.
އިމްރާންގެ ޕާޓީ މަނާކުރަން ސަރުކާރުން ވިސްނަނީ
އިމްރާންގެ ޕާޓީގެ 108 މެންބަރަކު ޖަލަށް ލައިފި
އިމްރާންގެ 1،000 ސަޕޯޓަރަކު ހައްޔަރުކޮށްފި
ސަޕޯޓަރުން މުޒާހަރާ ވަރުގަދަކުރަން އިމްރާން ގޮވާލައިފި
ޕާކިސްތާނުގެ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުން
މުޒާހަރާކުރުމުން ޕާކިސްތާނުގައި ނުވަ މެންބަރަކު ހައްޔަރު
އިމްރާން އޮކްސްފަޑްގެ ޗާންސެލަރުކަމަށް ކުރިމަތިލައްވަނީ
އިމްރާން ޚާންގެ ޕާޓީ ޕާކިސްތާނު ސަރުކާރުން މަނާކުރަނީ
ކައިވެނީގެ މައްސަލައިގައި އިމްރާނަށް ކުރި ހުކުމް ބާތިލް
އިމްރާން ޚާނަށް ކުރި ހުކުމެއް އަނެއްކާވެސް ބާތިލް