25 ޖެނުއަރީ 2017
ލަންޑަން (ޖެނުއަރީ 25) - ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް އަންނަނީ ކުރިއެރުން ހޯދަމުން ކަމަށާއި އެ ޓީމާ އެކު އޭނާ އަށް ކާމިޔާބު ހޯދޭނެ ކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
ލަންޑަން (ޖެނުއަރީ 25) - ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް އަންނަނީ ކުރިއެރުން ހޯދަމުން ކަމަށާއި އެ ޓީމާ އެކު އޭނާ އަށް ކާމިޔާބު ހޯދޭނެ ކަމަށް ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.
މޮރީނިއޯ އަކީ ޔުނައިޓެޑްގެ ކޯޗުކަމުން ފާގަސަން 2013 ވަަނަ އަހަރު ދުރުވި ފަހުން އެޓީމާ ހަވާލުވި ތިން ވަނަ ކޯޗެވެ. މީގެ ކުރިން އެ ޓީމަށް ކޯޗުކޮށްދިން ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވި އެވެ.
ފާގަސަން ބުނީ ލީގުގެ މަތީ މަގާމެއްގައި ޔުނައިޓެޑް ނެތީ ގިނަ މެޗުތަކުގައި އެ ޓީމަށް ނަސީބު އެހީ ނުވާތީ ކަމަށެވެ.
"ޔުނައިޓެޑްގައި ގޯސްވެފައި އޮތީ ކޮންކަމެއްކަން މޮރީނިއޯ ހޯދައިފި. މިހާރު އޭނާ އެދަނީ އެކަންތައް ރަނގަޅު ކުރަމުން. މިހާރު ވެސް ކުރިއެރުންތަކެއް ފެނިއްޖެ. ޔުނައިޓެޑް ހަމަމަގަށް އެޅުވުމުގެ ގާބިލްކަން މޮރީނިއޯގެ އެބަހުރި،" ފާގަސަން ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މި ވަގުތު ޗެލްސީ އޮތީ 22 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތްއިރު އެ ޓީމު އޮތީ ޗެލްސީ އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ. ޔުނައިޓެޑަށް 22 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.
"ޔުނައިޓެޑްގެ ނަސީބު ދެރައީ. ކުޅުމަށް ބަލާއިރު ލީގުގެ މަތީގައި އޮތް ޓީމުތަކަށް ވުރެން ޔުނައިޓެޑް ރަނގަޅަށް ކުޅެފައި ހުރި މެޗުތައް ގިނަ. އެކަމަކު ފުޓްބޯޅައިގައި މުހިއްމު ކަމެއް ކޮންމެވެސް ވަރަކަށް ނަސީބު އެހީވުމަކީ ވެސް،" ފާގަސަން ބުންޏެވެ.
ޔުނައިޓެޑްގައި މި ވަގުތު އޮތީ ލީގުގެ އެންމެ ވަރުގަދަ ސްކޮޑު ކަމަށާއި އެއީ ލީގުގެ ފަހު ކޮޅަށް ދާއިރު އެ ޓީމަށް އޮތް ބޮޑު އެޑްވާންޓޭޖެއްގެ ގޮތުގައި ދެކޭ ކަމަށް ފާގަސަން ވަނީ ބުނެފަ އެވެ.
މޮރީނިއޯ އަށް ފާގަސަން ތައުރީފްކޮށްފި
ފާގަސަންގެ ރޯލު ބޮޑުކުރަން މޮރީނިއޯ އެދިއްޖެ
ހަރަދު ކުޑަކުރަން ފާގަސަން އެމްބެސެޑަރުކަމުން ވަކިކުރަނީ
އަހަންނަށް ދިން ވަރަށްވުރެ ގިނަ އެހީ ޓެންހަގަށް ދީފި
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
އާޓެޓާގެ ހިތްވަރަކަށް ވީ ފާގަސަން
ރޮނާލްޑޯ ސިޓީއަށް ކުޅޭތަން ބަލަން ފާގަސަން ބޭނުން ނުވި
މޮރީނިއޯގެ މޭން މެނޭޖްމެންޓް ކަމަކުނުދޭ: ޕޮގްބާ
މެޑްރިޑްގައި ފާގަސަން އަކަށް އަހަރެން ނުވާނެ: ޒިދާން
ބަދަލު ހިފުމުގެ ރޫހެއް ނެތް: މޮރީނިއޯ