08 މެއި 2023
ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ފަރުމާ އިންޓަނޭޝަނަލް ޔޫތު ފެސްޓިވަލް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ ރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށެވެ.
ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފަރުމާ އާޓް ފެސްޓިވަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެތަނުގެ ސަބަބުން ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.
އަދި އެ ފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް އެ މަނިކުފާން ފާހަގަ ކުރެއްވި އެވެ. ފަރުމާ އާޓް ފެސްޓިވަލް 2023ގައި، އަށް ގައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެ އެވެ.
މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ސޯޝަލް ސެންޓަރުގަ އެވެ.
ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން
ބޮޑު ތުހުމަތެއް ކުރި 2ބޭފުޅަކު އެހެން މިނިސްޓްރީއަކަށް
ރަށްރަށް ބާކީނުކުރުމުން ޒުވާނުންނަށް ފުރުސަތުތައް ގިނަ
"ވައުދުވި ވަރަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ"
ރައީސްގެ ޓީމު ޔޫތު މިނިސްޓްރީ އަތުން ބަލިވެއްޖެ
މި އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް
ދައުވާނުކޮށް ލަސްވާތީ މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި
ރައީސަށް މަހްލޫފުގެ ނުފޫޒު އޮތް ކަމުގެ ތުހުމަތު!
ޔޫތަށް ހުސައިން އިސްމާއިލް، ޖެންޑާ އަށް ދަމާސް ޝިހާބު
އެންމެ ފަހުން މާލެއަށް ސިންތެޓިކް ޓްރެކެއް