Roadha Mihaaru
މި އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް

މި އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް

23 އޮކްޓޯބަރ 2021

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން މިރޭ ދީފި އެވެ.

ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޒުވާނުންގެ އެވޯޑް ހާސިލްކުރި މީހުންނަށް އެވޯޑް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ފަހަރުގެ ޒުވާނުންގެ އެވޯޑް ދިނީ ވިޔަފާރި އާއި އިގްތިސާދު، އާޓް އދި ފަންނުވެރިކަން، ކުޅިވަރު، ދަރުމަ އަށް މަސައްކަތް ކުރުން، ތިމާވެށި ހިމާޔަތް ކުރުން، މަސްވެރިކަން، ދަނޑުވެެރިކަން، ނުކުޅެދުންތެރިިކަން ހުންނަ މީހުން ބާރުވެރި ކުރަން މަސައްކަތް ކުރުން، ޒުވާނުންގެ ބާރުވެރިކަން އިތުރު ކުރުން އަދި ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިންނެވެ.

އެވޯޑް ހާސިލްކުރި މީހުން:

- ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުމުގެ ދާއިރާ - މަރިޔަމް ސަހުދާ.

- އާޓް އަދި ފަންނުވެރިކަމުގެ ދާއިރާ - ނާޒިމް ހަސަން.

- ވިޔަފާރި އަދި އިގްތިސާދުގެ ދާއިރާ - އަރުޝަދު އަހްމަދު.

- ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާ -އަހުމަދު އަބްދުލްކަރީމް (ލޯންގޭ)

- ދަރުމަ އަށް މަސައްކަތް ކުރުމުގެ ދާއިރާ - އައިޝަތު ތާއިފާ.

- ތިމާވެށި ހިމާޔަތް ކުރަން މަަސައްކަތް ކުރުމުގެ ދާއިރާ - އަފާ ހުސައިން.

- މަސްވެރިކަމުގެ ދާއިރާ - އަބްދުﷲ ޔަމާން.

- ދަނޑުވެރިކަމުގެ ދާއިރާ - އަލާ ފަވާޒް.

- ޒުވާނުން ބާރުވެރިކުރަން މަސައްކަތް ކުރުމުގެ ދާއިރާ - ހަސަން ފަރުހާން މުހައްމަދު.

- ދިވެހި ބަހާއި ސަގާފަތަށް ޚިދުމަތް ކުރުމުގެ ދާއިރާ - އިއްޒަތު އަހުމަދު ނިޒާރު.

ޒުވާނުންގެ އެވޯޑަކީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ސަރުކާރުން ދޭ އެވޯޑެކެވެ.