24 އޮކްޓޯބަރ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ މި ސަރުކާރުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި އުފައްދާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ މި ސަރުކާރުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި އުފައްދާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ ޒުވާނުންގެ އެވޯޑް ހަފުލާގައި، ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އުފައްދާފައި ވަނީ 18،000 ވަޒީފާ ކަމަށެވެ. އެކަމަކު މި ސަރުކާރަށް މިވީ ހަތަރު އަހަރުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ވިދާޅުވި އެވެ.
"ކުރީ ސަރުކާރުގެ ފަސް އަހަރުން އުފެއްދުނީ 18،000 ވަޒީފާ. ނަމަވެސް މި ސަރުކާރުގެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރު އަހަރުގެ ތެރޭގައި މިހާތަނަށް 20،000 ވަޒީފާ އުފެދިގެން ގޮސްފައިވޭ،" މަހުލޫފު ވިދާޅުވި އެވެ.
ޔޫތު އެވޯޑް 2022: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުއާ ސަލާންކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ޔޫތު މިނިސްޓްރީ ސިފަވެފައި އޮތީ ވަރަށް ކުޑަ ވުޒާރާއެއްގެ ގޮތުގަ އެވެ. ހުދު އޭނާ އަށް ވެސް ފެނިވަޑައިގަތީ އެ މިނިސްޓްރީ އަކީ މާ ބައިވަރު މަސައްކަތެއް ނުކުރާ އަދި ޕްރޮޖެކްޓުތައް ނުހިންގާ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން އެ ވިސްނުން ބަދަލުކޮށްލައިފި މަހުލޫފު ވިދާޅުވި އެވެ.
ނަމަވެސް މިއަދު މި ޕޯޑިއަމް ކައިރީގައި ހުރެ އަޅުގަނޑު ވާހަކަދައްކާއިރު، މި ސަރުކާރުގައި ހިންގާ ޕްރޮޖެކްޓުތަކުގައި ވެސް ދެވަނަ އަށް އެންމެ ގިނަ މަސައްކަތްކުރާ މިނިސްޓްރީ އަކީ މި މިނިސްޓްރީކަން އަޅުގަނޑު އުފަލާ އެކީގައި ފާހަގަކުރަން. -- މަހްލޫފު، ޔޫތު މިނިސްޓަރު
"ނަމަވެސް މިއަދު މި ޕޯޑިއަމް ކައިރީގައި ހުރެ އަޅުގަނޑު ވާހަކަ ދައްކާއިރު، މި ސަރުކާރުގައި ހިންގާ ޕްރޮޖެކްޓުތަކުގައި ވެސް ދެވަނަ އަށް އެންމެ ގިނަ މަސައްކަތްކުރާ މިނިސްޓްރީ އަކީ މި މިނިސްޓްރީކަން އަޅުގަނޑު އުފަލާ އެކީގައި ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.
ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށާއި ޒުވާނުންގެ ތަރައްގީ އެ މިނިސްޓްރީން މިހާރު ވެސް 550 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް ހިންގަމުން އަންނަ ކަމަށް މަހްލޫފު ވިދާޅުވި އެވެ.
ޔޫތު އެވޯޑް 2022: ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ދެކަނބަލުން އެ އެވޯޑު ހަފުލާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެހެން މިނިސްޓްރީތަކުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ޒުވާނުންނަށް ހާއްސަ ކޮށްގެން ކުރުމަކީ ޔޫތު މިނިސްޓްރީން ޒުވާނުންގެ ތަރައްގީ އަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް މަހްލޫފު ވިދާޅުވި އެވެ. މި ސަރުކާރުން ފަހިކޮށްދެމުން އަންނަ ތައުލީމާއި ވަޒީފާ އާއި އަދި ތަރައްގީގެ މަސައްކަތްތަކުގައި ޒުވާނުންގެ ބޮޑު ހިއްސާއެއް އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޒުވާނުންނަށް ކިޔެވުމުގެ މަގުފަހިކުރުމަށް ސްޓޫޑެންޓް ލޯނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވޭ. އަދި 1.7 ބިލިއަން ރުފިޔާ، 1،119 އެސްއެމްއީ ލޯނަށް ދީފައިވާއިރު، މީގެ ތެރެއިން 400 ލޯނަކީ ސީދާ ޒުވާނުންނަށް ދީފައިވާ ލޯނުތައް،" މަހްލޫފު ވިދާޅުވި އެވެ.
ތަރައްގީގައި ރަށްރަށް ބާކީނުކުރުމުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ގިނަވެއްޖެ: ރައީސް https://t.co/Hw3iYTYFAP
— Mihaaru (@Mihaarunews) October 23, 2022
ޒުވާނުންގެ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ފެށިފައި ވިޔަސް، އަދިވެސް އެ ދާއިރާގެ ތަރައްގީ އަށް ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތައް ހުރި ކަމަށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވި އެވެ. ޔޫތު މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ކުރި ޒުވާނުންނާ ގުޅޭ ދިރާސާއިން ހާމަވި ކަންކަން ބަލައި، ޒުވާނުންގެ ތަރައްގީގެ ކަންކަމުގައި ބަދަލުތައް ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި، މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް ސަރުކާރުން ދިނެވެ.
އެއީ އެކި ދާއިރާތަކުން ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ކޮންމެ އަހަރަކު ވެސް ސަރުކާރުން ދެމުން އަންނަ އެވޯޑެކެވެ.
ރަށްރަށް ބާކީނުކުރުމުން ޒުވާނުންނަށް ފުރުސަތުތައް ގިނަ
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް
މި އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް
ޒުވާނުންނަށް ޖަލުތަކެއް އަޅާކަށް ބޭނުމެއް ނޫން: ރައީސް
ޒުވާނުންގެ އެވޯޑު މި އަހަރު 8 މީހަކަށް
ޒުވާނުންގެ ގައުމީ އިނާމަށް މުއްދަތު އިތުރުކޮށްފި
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން
ހިންގުން ދޯދިޔާ ނުވާ އެސޯސިއޭޝަނެއް ނެތް
ބައެއް ޖަމިއްޔާތައް އުވާލާ ލިސްޓު ބާތިލުކޮށްފި
ރަށްރަށަށް ދަނޑު، ފުޓްބޯޅައިގެ ބާރު މާލޭ ޓީމުތަކަށް