08 ޖޫން 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ވަރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތް ވަރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
މި ދައުރު ނިމޭއިރު ރައީސްގެ ވައުދުތައް ފުއްދޭނެތޯ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝަހީމް ރައްޔިތުންގެ މަޖިލީހުގައި ސުވާލު ކުރެއްވުމުން މަހުލޫފް ވިދާޅުވީ، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަށް ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
"އަޅުގަނޑު ހަގީގަތަށް ބުނާ ނަމަ ރައީސް ވައުދުވެވަޑައިގެންނެވި ކަން ކަމަށް ވުރެ މާ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ،" މަހުލޫފް ވިދާޅުވި އެވެ.
ކުރިޔަށް އޮތް ތަނުގައި ވެސް ގައުމުގެ ކެރިފޯރުންތެރިކަން ހުރި ވަރަކުން ބަދަލުތައް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ކުޅިވަރުގެ ދާއިރާއާ ގުޅޭ ގޮތުން ވެފައިވާ ވައުދުތަކުގެ ތެރޭގައި އެފްއޭއެމް ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމާއި ކުޅިވަރުގައި އަންހެނުންގެ ދައުރު ބޮޑު ކުރުމާއި ކޮންމެ ރަށެއްގައި ފުޓުބޯޅަ ސްޓޭޑިއަމްތަކާއި އިންޑޯ ސްޕޯޓްސް ސްޓޭޑިއަމް އެޅުން ހިމެނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިހާތަނަށް ރަށްރަށުގައި ވަނީ ފުޓްސަލް ދަނޑުތައް ތަރައްގީކޮށް ކުރިއަށް ވުރެ ގިނައިން ތަރައްގީކޮށް ކުޅިވަރުގެ ދާއިރާ އިން ފުރުސަތުތައް ހޯދައިދީފައި ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެ އެވެ.
ސަރުކާރު ހަލާކުވާ ގޮތަށް އެބަ މަސައްކަތްކުރޭ: މަހުލޫފް
މަޝްރޫއުތައް ލަސްވަނީ ކުންފުނިތަކުގެ ގާބިލްކަން ނެތީމާ
"ޔޯގާ ހަރާން ކަމަށް ސާފުކޮށް ބުނެފިނަމަ ނުކުރާނަން"
ޔޯގާގެ ސެކިއުރިޓީގެ މައުލޫމާތު ދިނިން: މަހްލޫފު
މަހުލޫފަށް ވެސް ދަނޑު ލިބެނީ 6،400ރ. ދެއްކުމުން
"ކޮންމެ 4000 މީހަކަށް ފުޓްސަލް ދަނޑެއް އޮންނާނެ"
ސްޕޯޓްސް ކޯޕަރޭޝަނާ ހެދި މަހްލޫފަށް އުނދަގޫވޭ
ދައުވާނުކޮށް ލަސްވާތީ މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި
ރައީސަށް މަހްލޫފުގެ ނުފޫޒު އޮތް ކަމުގެ ތުހުމަތު!
ސަލަފްގެ މައްސަލާގައި މަހުލޫފް މަޖިލީހަށް ހާޒިރުކުރަނީ