12 އެޕްރީލް 2023
ޔޫތު އެންޑް ސްޕޯޓްމސް މިނިސްޓްރީން ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓުތައް ނުނިމި ލަސްވަނީ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ކެޕޭސިޓީ ނެތުމުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫތު އެންޑް ސްޕޯޓްމސް މިނިސްޓްރީން ރަށްރަށުގައި ފަށާފައިވާ ޕްރޮޖެކްޓުތައް ނުނިމި ލަސްވަނީ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ކެޕޭސިޓީ ނެތުމުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މަހުލޫފު ހާޒިރުކުރުމުން ގިނަ މެމްބަރުން ސުވާލުކުރެއްވީ ރަށްރަށުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބާ ގުޅޭގޮތުންނެވެ.
ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމްގެ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ކުންފުނިތަކަށް މަސައްކަތް ނުކުރެވޭ ސަބަބެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ ބައެއް ކުންފުނިތަކުގައި އެ ގާބިލްކަން ނެތުމެވެ.
"ކޮންމެ ބަޔަކު ވެސް އެބަ ބޭނުންވޭ، ހުރިހާ އެންމެންގެ ވާހަކައެއް ނޫން. ބައެއް ކޮންޓްރެކްޓަރުން ކުޑަކޮށް ވަދެގެން މަސައްކަތްކުރަމުން ގޮސް ބޮޑުވާން. އެއީތާ ކޮންމެ މީހަކު ވެސް މަސައްކަތްކުރާނެ ގޮތަކީ. އެކަމަކު، އަޅުގަނޑަށް ހީވަނީ ބައެއް ފަހަރު ނެގޭ ޕްރޮޖެކްޓުތަކުގެ އަދަދު ގިނަ. މިސާލަކަށް ވޮލީ ކޯޓް، އެއް ކޯޓުގެ ބަދަލުގައި ފަސް ކޯޓާ ހަވާލުވީމާ ތާށި ވަނީ. އެ ކަހަލަ ބައެއް އުނދަގޫ މި އަންނަނީ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ދެ ހަފުތާއެއް ކުރިން ވެސް، ކުރިއަށް ނުދާ ޕްރޮޖެކްޓުތައް ބަލައި، ކޮންޓްރެކްޓަރުންނަށް އިންޒާރުގެ ސިޓީ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، އެގޮތަށް ސިޓީ ފޮނުވުމުން މަޝްރޫއު ދޫކޮށްލާ ކަމަށާއި އެކަމަކު އޭރު އޮންނަނީ ކުންފުންޏަށް ބައިވަރު ފައިސާ ދީފައި ކަމަށާއި އެ ފައިސާ ހޯދޭނެ ގޮތެއް ނޯންނަ ކަމަށް ވިދާޅުވި އެވެ.
"މި ފަހުން އެއް ރަށުގައި، ބެޑްމިންޓަން ކޯޓެއް އަޅަން މަސައްކަތް ހަވާލުވި ފަރާތަށް ދެ ބުރު. ފުރަތަމަ އެޑްވާންސް ފައިސާ ދިން ފަރާތުން ވެސް އެ ފައިސާ ނުނެގޭ، ދެ ވަނައަށް ހަވާލުވި މީހާ އަތުން ވެސް ނުލިބޭ. މިހާ ދަތި ޕޮޒިޝަނަކަށް ނުދެވޭ. ސަރުކާރު ތެރެއިން ބަޔަކަށް މަސައްކަތް ހަވާލުކޮށްފައި ފައިސާ ހޯދަން އުޅުން މިއީ، ނިމޭއިރު އަޅުގަނޑަށް ހީވަނީ ކޯޓަށް ދާންޖެހޭ ކަންކަމަށް މި ބަދަލުވަނީ،" އޭނާ ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރާ ފަރާތާ އެކު އެކަން ނިންމާލަން ބާރުއެޅުން މާ ރަނގަޅު ކަމަށެވެ.
ފުޓްސަލް އާއި ވޮލީ ކޯޓުތައް އެޅުމަށް ރަށްރަށުގައި ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި މިހާރު ވެސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫއު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔޯގާ ހަރާން ކަމަށް ސާފުކޮށް ބުނެފިނަމަ ނުކުރާނަން"
ޔޯގާގެ ސެކިއުރިޓީގެ މައުލޫމާތު ދިނިން: މަހްލޫފު
"ވައުދުވި ވަރަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ"
މަހުލޫފަށް ވެސް ދަނޑު ލިބެނީ 6،400ރ. ދެއްކުމުން
"ކޮންމެ 4000 މީހަކަށް ފުޓްސަލް ދަނޑެއް އޮންނާނެ"
ސްޕޯޓްސް ކޯޕަރޭޝަނާ ހެދި މަހްލޫފަށް އުނދަގޫވޭ
ސަރުކާރު ހަލާކުވާ ގޮތަށް އެބަ މަސައްކަތްކުރޭ: މަހުލޫފް
ސަލަފްގެ މައްސަލާގައި މަހުލޫފް މަޖިލީހަށް ހާޒިރުކުރަނީ
މެމްބަރުންގެ ޝަކުވާ ޓާފްކޮޅަކާ ގުޅިފައި
ކުޅިވަރުގެ އާބިޓްރޭޝަން އުފައްދަން އިސްލާހު ހުށަހަޅަނީ