08 ޖޫން 2022
އޭނާ ވެސް މާލޭގެ ފުޓްސަލް ދަނޑަކަށް ކުޅުއްވަން ވަޑައިގަންނަވަނީ 6،400ރ. ގެ ފީއެއް ދައްކަވައިގެން ކަމަށާއި ދަނޑުތައް ކުއްޔަށް ދޫކުރާ އަގު ކޮންޓްރޯލް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވެސް މާލޭގެ ފުޓްސަލް ދަނޑަކަށް ކުޅުއްވަން ވަޑައިގަންނަވަނީ 6،400ރ. ގެ ފީއެއް ދައްކަވައިގެން ކަމަށާއި ދަނޑުތައް ކުއްޔަށް ދޫކުރާ އަގު ކޮންޓްރޯލް ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު އަޅުގަނޑު ވެސް ކުޅެން ދަނީ 6،400ރ. ވަރު ދައްކާފައި ހަފުތާއަކު ދެ ރޭ. އެހާ އަގު ބޮޑު. ބައެއް ތަންތަނުން އެބަ ނަގާ 9،000ރ.،" ފުޓުބޯޅަ ކުޅެން ބޭނުންވާ މީހުންނަށް މާލޭގެ ދަނޑުތައް ލިބުން ދަތިވާ މައްސަލާގައި ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މަހުލޫފު ވިދާޅުވި އެވެ.
"އެ އަށް ވުރެ އަގު ހެޔޮކޮށް މިކަން ކުރެވޭނެ ގޮތެއް ހޯދަން އެބަ ޖެހޭ."
ދަނޑުތަކުގެ ޑިމާންޑު ބޮޑުވެ، އެ ތަންތަން ހޯދަން ދައްކަންޖެހޭ ކުލި ވެސް ބޮޑު ކަމަށާއި އެ ކަމަށް އެއްވެސް ޕްލޭނެއް އޮތްތޯ މުއިއްޒު ސުވާލު ކުރެއްވި އެވެ.
މަހުލޫފް ވިދާޅުވީ، ފުޓްސަލް ދަނޑުތައް ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މި އަހަރުގެ ތެރޭގައި ހައްލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މާލެ ސަރަހައްދުގެ ދަނޑުތައް ހޯދަން އޮންލައިންކޮށް ބުކް ކުރެވޭ ގޮތް ހަމަޖެއްސުމަށް ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މާލޭގައި ސަރުކާރުގެ ހަރަދުގައި ހަދާފައިވާ ފުޓްސަލް ދަނޑުތައް އަމިއްލަ އެކި ފަރާތްތަކުން ކުއްޔަށް ދޫކުރާ މައްސަލަ ބޮޑުވެފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. ހާއްސަކޮށް، އެ ދަނޑުތަކުން ބޮޑު އަގެއް ނަގާ ކަމުގެ ޝަކުވާ އިންތިހާ އަށް ބޮޑެވެ. ނަމަވެސް މިހާތަނަށް ސަރުކާރަށް އެއްވެސް ހައްލެއް އެ ކަމަށް ހޯދައި ދެވިފައެއް ނުވެ އެވެ.
"ކޮންމެ 4000 މީހަކަށް ފުޓްސަލް ދަނޑެއް އޮންނާނެ"
މަޝްރޫއުތައް ލަސްވަނީ ކުންފުނިތަކުގެ ގާބިލްކަން ނެތީމާ
"ޔޯގާ ހަރާން ކަމަށް ސާފުކޮށް ބުނެފިނަމަ ނުކުރާނަން"
ޔޯގާގެ ސެކިއުރިޓީގެ މައުލޫމާތު ދިނިން: މަހްލޫފު
"ވައުދުވި ވަރަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ"
ޓޮމްގެ ކުންފުންޏަށް މަޝްރޫއުތައް ދެނީ ތަޖުރިބާ ހުރުމުން
ސްޕޯޓްސް ކޯޕަރޭޝަނާ ހެދި މަހްލޫފަށް އުނދަގޫވޭ
ސަރުކާރު ހަލާކުވާ ގޮތަށް އެބަ މަސައްކަތްކުރޭ: މަހުލޫފް
ސަލަފްގެ މައްސަލާގައި މަހުލޫފް މަޖިލީހަށް ހާޒިރުކުރަނީ
"އިންތިހާބަކާ ގުޅުވައިގެން އެއްވެސް ކަމެއް ނުކުރާނަން"