Roadha Mihaaru
ސަލަފްގެ މައްސަލާގައި މަހުލޫފް މަޖިލީހަށް ހާޒިރުކުރަނީ

ސަލަފްގެ މައްސަލައިގައި މަހުލޫފް މަޖިލީހަށް ހާޒިރުކުރަނީ

20 ނޮވެމްބަރ 2019

ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަމިއްޔަތުއް ސަލަފާ ދޭތެރޭ ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލު ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަމިއްޔަތުއް ސަލަފާ ދޭތެރޭ ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ސުވާލު ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްދޭން އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ޑީއާރުޕީގެ ލީޑަރު ޖާބިރު ފޮނުވި ސިޓީގައި ވިދާޅުވީ، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ، އަވަހާރަ ކޮށްލާފައިވާ މައްސަލައިގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ އަނިޔާވެރި އަމަލު ހިންގުމައި ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ. އެހެންވެ، އެ ޖަމިއްޔާއާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފިތޯ އާއި އަޅާފައިވާ ނަމަ އެޅީ ކޮން ފިޔަވަޅެއްތޯ ސާފު ކުރަން ބޭނުންވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު ވަނީ ސަލަފް ޖަމިއްޔާ އުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު: އޭނާ ވަނީ ސަލަފް ޖަމިއްޔާ އުވާލަން ޖެހޭ ކަމަށް ވިދާޅުވެފައި-- ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު: އޭނާ ވަނީ ސަލަފް ޖަމިއްޔާ އުވާލަން ޖެހޭ ކަމަށް ވިދާޅުވެފައި-- ފޮޓޯ: މަޖިލިސް

އަފްރާޝީމާ މެދު، ރުޅިވެރިކަން އުފެއްދުމަށް ވާހަކަ ދެއްކި މީހުން ވަރަށް ގިނަ ކަމަށާއި އޭގެ ތެރޭގައި ސަލަފް ޖަމާއަތް ހިމެނޭ ކަމަށް، ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ. ނަމަވެސް އެ މަރާ ސަލަފާ ސީދާ ގުޅުމެއް އޮތް ކަމަކަށް ރިޕޯޓުގައެއް ނުބުނެ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު މިއަދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ ރިޕޯޓް ދިރާސާ ކުރެއްވުމަށް ފަހު، ޓެރަރިޒަމަށް ވާގިދޭ ޖަމާއަތްތަކާ މެދު ކަން ކުރާނެ ގޮތެއް މަޖިލީހުން ނިންމަން އެދޭ ކަމަށެވެ.

Salaf jammiyaa ah Terrorism ge thuhumathu

Salaf jammiyaa ah Terrorism ge thuhumathu

The most trusted news source in the Maldives

Mihaaru

ސަލަފް ޖަމިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ތުހުމަތު ކުރުން--

އޭގެ ތެރޭގައި ސަލަފް ޖަމިއްޔާ ހިމެނޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. "އެ ކޮމިޓީ ދެކޭގޮތުގައި އެ ރިޕޯޓް ބަޔާން އެބަކުރޭ ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި. އެހެންވީމާ އެ ޖަމާއަތާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ސަބް ކޮމިޓީން އެ ކޮމިޓީ [ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ] އަށް ފޮނުވާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ބޭފުޅުން ތުހުމަތު ކުރައްވާ ކުރާގޮތުގައި ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ފޮނުވަނީ ސަލަފުންނެވެ.