07 މެއި 2023
ހުޅުމާލެ އާބަންކޯ ވޮލީ ކޯޓުގައި މިހާރު ކުރިއަށްދާ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޓީމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ބަލިކޮށް ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
ހުޅުމާލެ އާބަންކޯ ވޮލީ ކޯޓުގައި މިހާރު ކުރިއަށްދާ "އިންޓަ އޮފީސް/ ކޮމްޕެނީ ޗެމްޕިއަންޝިޕް" ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޓީމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ބަލިކޮށް ސެމީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.
އެފްއެސްއެމް އިން ރޭ ކުޅުނު މެޗުގައި ކަރެކްޝަންސް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-23، 25-16 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކިސްތާނުގެ އައުޓްސައިޑް ހިޓަރު މުބައްޝާރު ރަޒާ އެވެ.
މިއީ ގުރޫޕް ބީގައި ހިމެނޭ އެފްއެސްއެމް އާއި ކަރެކްޝަންސް ވެސް ކުޅުނު ދެވަނަ މެޗެވެ. ދެޓީމު ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. އެފްއެސްއެމް ހޯދި މި މޮޅާ އެކު އެޓީމަށް ވަނީ ތިން ޕޮއިންޓު ލިބިފަ އެވެ. މި ގުރޫޕުގައި ހިމެނޭ ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބު ކޮށްފަ އެވެ. ގުރޫޕްގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ ސިފައިން) އެވެ.
މި ގުރޫޕުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ މިރޭ ސިފައިންނާއި ކަރެކްޝަންސް ބައްދަލުކުރާ މެޗާއި މާދަމާ ހަވީރު އެފްއެސްއެމް އާއި ވެމްކޯ ބައްދަލުކުރާ މެޗެވެ.
އިއްޔެ ހަވީރު ކުޅެން އޮތް ގުރޫޕް އޭގެ އާބަންކޯ އާއި ސްޓެލްކޯގެ މެޗް ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން ފަސް ކޮށްފަ އެވެ. މި މެޗު ފެށި ނަމަވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލީ ދެވަނަ ސެޓު ކުޅެމުން ދަނިކޮށެވެ. ފުރަތަމަ ސެޓް ވެމްކޯ ކާމިޔާބު ކޮށްފައި ވާއިރު، ދެވަނަ ސެޓު ހުއްޓާލިއިރު ލީޑު ކުރަމުން ދިޔައީ ސްޓެލްކޯ އެވެ. މި މެޗު މިހާރު ތާވަލް ކުރެވިފައި ވަނީ މިރޭ ކުޅޭގޮތަށެވެ.
މިއީ މޫސުން ގޯސް ވުމުގެ ސަބަބުން ފަސްކުރި ދެވަނަ މެޗެވެ. ބުރާސްފަތި ދުވަހުގެ ރޭ އާބަންކޯ އާއި މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް/ ޕޮލިސް) ކުޅެން އޮތް މެޗު ފަސްކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރެއަށެވެ.
މުބާރާތުގައި މިއަދު ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ހަވީރު 4:30 ގައި ކުޅުމަށް ހަމަޖެހިފައި ވަނީ ގުރޫޕް އޭގެ ޕޮލިހާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. މިރޭ 8 ޖަހާއިރު ގުރޫޕް ބީގެ ސިފައިންނާއި ކަރެކްޝަންސް ބައްދަލުކުރާ މެޗަށް ފަހު، 10 ޖަހާއިރު އޮންނާނީ ގުރޫޕް އޭގެ އާބަންކޯ އާއި ސްޓެލްކޯ ބައްދަލުކުރާ މެޗެވެ.
އާބަންކޯ އާއި ސިފައިން ސެމީއަށް، ޕޮލިސް އުންމީދުގައި
އާބަންކޯ ކުރިއަށް، ވެމްކޯ ވެސް މޮޅުވެއްޖެ
ސިފައިންނާއި ޕޮލިސް ވެސް އޮފީސް މުބާރާތް ފެށީ މޮޅަކުން
ހުރިހާ މެޗަކުން މޮޅުވެ އާބަންކޯ ޗެމްޕިއަންކަން ހޯދައިފި
އޮފީސް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އާބަންކޯއަށް
ވިއްސާރައިގެ ސަބަބުން އޮފީސް ވޮލީ މުބާރާތް އިންޑޯއަށް
ޕޮލިސް ބަލިކޮށް ގުރޫޕްގެ އެއްވަނަ އާބަންކޯ އަށް
ޕޮލިހާއި ވެމްކޯ ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފި
އެމްޕީއެލް ބަލިކޮށް ސްޓެލްކޯ އަށް އުންމީދެއް
އާބަންކޯއާއި ސްޓެލްކޯ އޮފީސް މުބާރާތް މޮޅަކުން ފަށައިފި