03 މެއި 2023
ޗާގޮސްއަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެހެންވެ ދުވަހަކު ވެސް އެކަމަށް ވަކާލާތު ކޮށްފައި ނެތް ކަމަށާއި ވަކާލަތު ކުރަމުން އައީ 200 މޭލުގެ ކަނޑުގެ ސަރަހައްދަކަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ޗާގޮސްއަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން ކަމަށާއި އެހެންވެ ދުވަހަކު ވެސް އެކަމަށް ވަކާލާތު ކޮށްފައި ނެތް ކަމަށާއި ވަކާލަތު ކުރަމުން އައީ 200 މޭލުގެ ކަނޑުގެ ސަރަހައްދަކަށް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ބަލައިގަނެ، މޮރިޝަސް އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ބަހާލައިފަ އެވެ. އިދިކޮޅު ފަރާތްތަކުން މިކަމުގައި ބުނަމުން ދަނީ ދެކުނުން 200 މޭލަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށާއި އެތަން އެހެން ބަޔަކާ ހިއްސާކުރަން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުން ކަމަށް ވެސް ދަނީ ބުނަމުންނެވެ.
މިކަމާ ގުޅުވައިގެން، ސަރުކާރާ އިދިކޮޅު ޕީޕީއެމް އާއި ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރާ އެހެން ޕާޓީތަކާ އެކު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ "ދިމްޔާތު ސްޓޭ" ގައި މިއަދު ހަވީރު ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. ނޫސްކޮންފަރެންސްގައި މުނައްވަރު ވިދާޅުވީ އޭނާ ބަންޑާރަ ނައިބަކަށް ހުންނެވި އިރު އެކުލަވާލި ކަނޑުގެ ގާނޫނުގައި ރާއްޖޭގެ ދެކުނުން، ރާއްޖޭގެ ސަރަހައްދު ކަމަށް އޭރު ވަކާލާތުކުރި ކޮންޓިނެންޓަލް ޝެލްފް ދޫވެގެން ހިނގައްޖެ ކަމަށެވެ.
"ތިބޭފުޅާ [ނޫސްވެރިޔާ] ގެ މައިގަނޑުގެ ވާހަކަ އަކީ ކަލޭ [މުނައްވަރު] ބަންޑާރަނައިބަކަށް ހުންނެވި އިރު ތި ޗާގޯސް އިން ފެށިގެން ކީއްވެހޭ [ރާއްޖޭގެ ސަރަހައްދު ކަމަށް] ކްލެއިމް ނުކުރީ. އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންގެ ތަނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ސަރަހައްދުގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް އަޅުގަނޑުމެން ކްލެއިމް ކުރީ. އޭރުގައި އޮތް ވާޖިބަކީ އެއީ،" ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު، ޗާގޮސް މައްސަލައިގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: ނިޗާން އަލީ | މިހާރު
ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލީ ކަމަށް ބުނެ ވާހަކަ ދައްކާއިރު، ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށާއި މާ ދުރުގައި އޮތް މޮރިޝަސް އަށް ޗާގޮސް ލިބުނީ ސަރުކާރުގެ އިހުމާލުން ކަމަށް ވެސް އެއްބަޔަކު ބުނެ އެވެ. އެކަމަކު އިޓްލޮސް އަށް މޮރިޝަސް އިން މައްސަލަ ހުށަހަޅައި އިން ވަކިކޮށްދޭން އެދުނީ ޗާގޮސް އަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު އިސްތިޝާރީ ލަފައެއް ނެރުމުންނެވެ. އިޓްލޮސްގައި ރާއްޖޭން ވެސް ފުރަތަމަ ބުނީ މޮރިޝަސް އަށް ޗާގޮސްގެ ސިޔާދަތީ ބާރު އޮންނާނެކަމާ މެދު ގާނޫނީ ސުވާލެއް އެބަ އޮތް ކަމަށާއި އެހެންވެ މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެކަމަކު އިޓްލޮސް އިން ނިންމީ އައިސީޖޭގެ ލަފަޔާ އެއްގޮތަށެވެ.
ޗާގޮސް އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންގެ ތަނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ސަރަހައްދުގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް އަޅުގަނޑުމެން ކްލެއިމް ކުރީ ޑރ. މުނައްވަރު" - ކުރީގެ ބަންޑާރަނައިބު
އެކަމަކު މުނައްވަރު ވިދާޅުވީ ރާއްޖޭގެ ދެކުނުގައި އެހެން ގައުމަކާ ފުށުއަރާ ކަނޑުގެ ސަރަހައްދެއް ނެތް ކަމަށާއި ފުށުއަރަނީ ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާގެ ކަނޑުން ކަމަށެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި އޭނާގެ ބަންޑާރަ ނައިބު ކަމުގައި ކަނޑުގެ ގާނޫނުގައި ރާއްޖޭގެ ސަރަހައްދު ކަމަށް ލިޔުނީ ރާއްޖޭގެ އާކިޕެލޮޖިކް ސަރަހައްދުން ބޭސްލައިންގެ ގޮތުގައި 12 މޭލު އަދި ދެ ކަނޑު ގުޅުވައިދޭ ސަރަހައްދުން 24 މޭލުގެ ބޭސްލައިނުން ފެށިގެން 200 މޭލަކީ ރާއްޖޭގެ އީއީޒެޑް ކަމަށެވެ. އެ ގާނޫނުގެ ދަށުން ފުށުއަރަނީ ހަމައެކަނި ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާއާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރުގެ އިސްނެންގެވުމުގެ މަތިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވާހަކަ ދައްކަވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"[އެކަން ހައްލު ކުރުމަށްޓަކައި] އެއްވެސް ދައުލަތެއްގެ ސަރަހައްދަކާ ދިވެހިރާއްޖޭގެ ސަރަހައްދު ފުށުއަރާ ނަމަ އެ ގައުމަކާ ވާހަކަ ދައްކައިގެން އެއްބަސްވުމަކަށް ދާކަށް މި ގާނޫނުން [ކަނޑުގެ ގާނޫނު] ހުރަހެއް ނާޅާ. އެއީ ދެކުނުގެ ވާހަކައެއް ނޫން. ސަބަބަކީ ދެކުނުގެ 200 މޭލު ދަމާފައި އެ މާއްދާ ލަނީ އުތުރަށް،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދެކުނުން އެއްވެސް ގައުމަކަށް ނިސްބަތްވާ ތަނަކާ ފުށުއެރުމެއް ނާންނަ ކަމަށެވެ. ރާއްޖޭގެ އުތުރުން ފުށުއަރާ ސަރަހައްދާ މެދު ލަންކާ އާއި އިންޑިއާއާ އެކު އެއްބަސްވުން ހަދާފައިވާކަން މުނައްވަރު ފާހަގަކުރެއްވި އެވެ.
"ކުރިން ހަދާފައިވާ ޓްރައިޕާޓީ ޓްރިޓީ އަށް ބާރު ދިނުމަށްޓަކައި އެ މާއްދާ ލިޔުނީ. އެހެން އެއްވެސް ކަމަކާ ނޫން. ލިޔުނު މީހާ މަގުސަދު މި ދަންނަވަނީ. އެ މާއްދާ ލިޔުނީ އިންޑިއާ އާއި ލަންކާއާ އެކު ހެދިފައިވާ މި ދެންނެވި އެގްރިމެންޓަށް ބާރު ދިނުމަށްޓަކައި،" މުނައްވަރު ވިދާޅުވި އެވެ.
މިއަދު ވެސް މުނައްވަރު ތަކުރާރުކޮށް ވިދާޅުވީ ރާއްޖެއިން ވަކާލާތު ކުރަމުން ދިޔަ ސަރަހައްދުން ބައެއް މިހާރުގެ ސަރުކާރުން ދޫކޮށްލީ ކަމަށެވެ. އެކަމަކު ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ދަށުން ބަހާލަންޖެހޭ ސަރަހައްދެއްގެ އިން ވަކިކުރީ ކަމަށާއި އެކަން ނިމުނީ ވެސް ރާއްޖެ އަށް ބޮޑު ބައި ލިބޭ ގޮތަށް ކަމަށެވެ. މިކަމުގައި ނުރަނގަޅު އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
މޮރިޝަސްއަށް ފޮނުވައި ސިއްރު ކުރި ސިޓީ އާއްމުކޮށްފި
ކަނޑު ހޯދާ ވާހަކަ ކަނޑުގައި އެޅި ރޮނގަކަށް ވެެދާނެ!
މޮރިޝަސް ސިޓީ ލީކުވެއްޖެ، ކަނޑު ދޫކޮށްލާ ވާހަކަ ނެތް
ސިޓީގެ އަސްލު ދެއްކި، ކަނޑު ގެއްލޭ ވާހަކައެއް ނެތް
ކުރަންވީ ކަމަކީ ފޯޅަވަހި ހޯދުމުގެ މަސައްކަތް: އަދުރޭ
ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް