Roadha Mihaaru
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!

އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެ ކަމާ މެދު ބޭރުގެ އެކްސްޕާޓުން ސުވާލު އުފައްދައިފި

26 ފެބުރުއަރީ 2024

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބިގެންވާ ކަމަށް ބަލައި، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލަ އިޓްލޮސް އިން ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމަށް އަމަލު ކުރެވޭނެ ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމަށް އިން ވަކި ކުރުމުން ގެއްލުނު ސަރަހައްދު ހޯދަން ދިވެހި ސަރުކާރުން ހަވާލުކުރި ބޭރުގެ ދެ އެކްސްޕާޓުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބިގެންވާ ކަމަށް ބަލައި، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލަ އިޓްލޮސް އިން ނިންމި ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުމަށް އަމަލު ކުރެވޭނެ ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމަށް އިން ވަކި ކުރުމުން ގެއްލުނު ސަރަހައްދު ހޯދަން ދިވެހި ސަރުކާރުން ހަވާލުކުރި ބޭރުގެ ދެ އެކްސްޕާޓުން ބުނެފި އެވެ.

ކަނޑުތަކާބެހޭ ޓްރައިބިއުނަލަށް މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ރާއްޖެ އަށް ބޮޑު ސަރަހައްދެއް ލިބޭ ގޮތަށް މައްސަލަ ނިންމައިފަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މައްސަލާގައި އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އެ ބައި އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންވެ، އެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ނިންމުމަށް އެކުލަވާލި ވިލަރެސް ކޮމިޓީން ވަނީ ބޭރުގެ ދެ ތަޖުރިބާކާރެއްގެ ލަފާ ހޯދައިފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސި ވިލާތުގެ ކިންގްސް ކައުންސެލްއަކާއި ލޯ އޮފް ދަ ސީއާ ބެހޭ މޯލްޓާގެ ކަމާ ބެހޭ ތަޖުރިބާކާރުގެ އެ ލަފަޔާ ގުޅިގެން ވިލަރެސް ކޮމިޓީން އެކުލަވާލި ރިޕޯޓު ލިބިފައިވާ ކަމަށެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނީ އެ ލަފަޔާއި ރިޕޯޓާއި ލިޔެކިޔުންތަކުން ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ މޮރިޝަސްގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅިކަމުގެ ނޯޓިސް ދިވެހި ސަރުކާރަށް ލިބުމާ އެކު، މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ކުރީގެ ސަރުކާރުން ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަން ކަމަށެވެ.

އެ މައްސަލަ އިޓްލޮސްގައި ކުރިޔަށް ގެންދިޔައިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ނެގެން ހުރި ގިނަ ދިފާއުތަކެއް އެ މައްސަލައިގެ ތެރެއިން ނަގާފައި ނުވާ ކަމަށާއި އެކަންކަމުގެ ސަބަބުން އިގްތިސާދީ ހާއްސަ ސަރަހައްދުން ގެއްލިގެން ދިޔަ ބައި އަނބުރާ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެ އަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއްކަމުގައި ނުވެފައި، މިހާރު ވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއްކަމުގައި ނުވާތީ، މައްސަލައިގައި ނެގިދާނެ ކަންކަން ހުރި ކަމަށް އޭޖީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ގޮތެއް ކަނޑައެޅިއިރު، ރިއާޔަތްކުރި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަކީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އެ އަށް އަމަލުކުރުން ލާޒިމުވާ ނިންމުމެއްކަމުގައި ނުވެފައި، މިހާރު ވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމުގައި ނުވާތީ، އިޓްލޮސްގެ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ މަތިން ބަލާއިރު، ހަމަޖެހޭ ނިންމުމެއް ނޫން ކަަމަށް އެކްސްޕާޓުންގެ ލަފާގައި ވަނީ ފާހަގަކޮށްފަ އެވެ.

"އެއީ އިޓްލޮސްއަށް ގާނޫނީ ގޮތުން ނިންމޭނެ ނިންމުމެއް ކަމާ މެދު ގާނޫނީ ގޮތުން ސުވާލު އުފެދޭތީ އާއި މި ސަބަބުތައް މިހެން ހުރުމުން އެ ނިންމުން އެ އޮތް ގޮތަށް ތަންފީޒު ކުރުމުގައި ހުރަސްތަކެއް ހުރިކަމަށް ޚަބީރުން ވަނީ ލަފާދެއްވާފައި،" އޭޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.

އެ އަސާސްތަކަށް ބިނާކޮށް ކަމާބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށްޓަކައި އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

އޭޖީ އޮފީހުން ބުނިގޮތުގައި، މި މައްސަލަ ކުރިޔަށް ގެންދިއުމުގައި އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.