03 މެއި 2023
ކޯޗިން ދާއިރާގެ އެންމެ މަތީ ފާސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ރާއްޖޭގެ ތަޖުރިބާކާރު ކޯޗުން ކަމަށްވާ އަލީ ސުޒޭނާއި މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި އިސްމާއިލް މަހްފޫޒް (އިންމަ) ހާސިލްކޮށްފި އެވެ.
ކޯޗިން ދާއިރާގެ އެންމެ މަތީ ފާސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ރާއްޖޭގެ ތަޖުރިބާކާރު ކޯޗުން ކަމަށްވާ އަލީ ސުޒޭނާއި މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި އިސްމާއިލް މަހްފޫޒް (އިންމަ) ހާސިލްކޮށްފި އެވެ.
މިއާ އެކު ރާއްޖޭގެ ޕްރޯ ލައިސަންސް ހާސިލްކުރި ކޯޗުންގެ އަދަދު ވަނީ ފަހަކަށް އިތުރުވެފަ އެވެ. އެންމެ ފުރަތަމަ ޕްރޯ ލައިސެންސް ހާސިލްކުރި ރާއްޖޭގެ ކޯޗަކީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އޭނާ ޕްރޯ ލައިސަންސް ހޯދީ މީގެ ހަތަރު އަހަރު ކުރިން، 2019 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި އަހަރު މުހައްމަދު ޝިޔާޒް މޯހަން އަށް ވެސް ވަނީ ޕްރޯ ލައިސަންސް ލިބިފަ އެވެ.
އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮތް އެންމެ މަތީ ލައިސަންސެވެ. މި ތިން ކޯޗުން ވެސް ކޯސް ފުރިހަމަކޮށްފައިވަނީ އެފްއޭއެމުން ފަހިކޮށްދިން ފުރުސަތުތަކެއްގަ އެވެ.
ޕްރޯ ލައިސަންސް ހޯދި ސުޒޭނާއި ނިޒާމްބެ އަދި އިންމައަށް ޕްރޯ ލައިސަންސް ކާމިޔާބުކުރި ކަމުގެ ޝަރަފްވެރި ފިލާ ހަވާލުކުރީ، ރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ފައިނަލް މެޗަށް ފަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ސުޒޭނަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި 2002 ވަނަ އަހަރު ކޯޗިން ފެށި ސުޒޭން ވަނީ އެ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވެ، ދިވެހި ލީގާއި އެފްއޭކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވެސް އެ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.
ވިކްޓަރީގެ ކޯޗުކަން 2012 ވަނަ އަހަރު ދޫކޮށްލުމަށް ފަހު ސުޒޭން ވަނީ އެފްއޭއެމްގައި މަސައްކަތްކޮށްފަ އެވެ. ގައުމީ 23 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު ވެސް އޭނާ މަސައްކަތްކުރި އެވެ. ކްލަބް ލެވެލްގައި އަލުން ކޯޗިންގެ ތެރެއަށް އައީ 2014 ވަނަ އަހަރު މާޒިޔާއާ ހަވާލު ވެގެންނެވެ. މާޒިޔާގައި ހުރި ދުވަސްވަރު ސުޒޭން ވަނީ އެ ޓީމަށް ޗެރިޓީ ޝީލްޑާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން ދިވެހި ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ.
އޭގެ ފަހުން ވިކްޓަރީ އާއި ގދ. ތިނަދޫ ފުޓްބޯޅަ ޓީމުގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗެއްގެ ގޮތުގައި ވެސް ސުޒޭން ވަނީ މަސައްކަތްކޮށްފަ އެވެ.
މިވަގުތު ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފަ އެވެ. އަދި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓީމުގެ ހެޑް ކޯޗުގެ މަގާމު ވެސް އަދާކުރީ އޭނާ އެވެ.
ކޯޗިންގައި ނިޒާމްބެގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަވީ 2014 ވަނަ އަހަރު ދެވަނަ ޑިވިޝަނުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ޗެމްޕިއަންކަން ހޯދައިދީ، އެ ޓީމު ފުރަތަމަ ޑިވިޝަނަށް ގެނެސް ހޯދައިދިން ކާމިޔާބީންނެވެ.
ނިޒާމްބެ ވަނީ ފުރަތަމަ ޑިވިޝަނުގައި ޓީސީގެ ޅަފަތުގައި އެ ޓީމު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ވެސް ގެންގޮސްދީފަ އެވެ. އަދި އެ ދުވަސްވަރު ލީގުގައި، ލީގުގެ ޗެމްޕިއަންކަން ހޯދައި ޓީމާ އެންމެ ގާތުގައި އަބަދުވެސް އޮތް ޓީމަކީ ޓީސީ އެވެ. ނިޒާމްބެ ވަނީ 2017 ވަނަ އަހަރު ޓީސީ އަށް ބަންގްލަދޭޝްގައި އޮތް އިންވިޓޭޝަނަލް މުބާރާތެއް ކަމަށްވާ ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި ޓީސީ ދޫކޮށްލީ 2019 ވަނަ އަހަރު ޓީސީ އަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ.
ޓީސީ ދޫކޮށްލުމަށް ފަހު ނިޒާމްބެ ވަނީ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބަށް ވެސް ކޯޗު ކޮށްދީފަ އެވެ. އަދި މާޒިޔާ އަށް ވެސް ކުރު މުއްދަތެއްގައި ކޯޗު ކޮށްދިނުމަށް ފަހު އަލުން ޓީސީ ސްޕޯޓްސްގައި ވެސް މަސައްކަތްކުރި އެވެ.
ޒުވާން ކުޅުންތެރިން އުފައްދާ ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނިޒާމްބެ ވަނީ ޖޫނިއާ ގައުމީ ޓީމުތަކަށް ވެސް ކޯޗު ކޮށްދީފަ އެވެ. އަދި މިވަގުތު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބްގެ ކޯޗުގެ މަގާމުގައި ހުރި ނިޒާމްބެ އަކީ ގައުމީ އަންހެން ޓީމުގެ ވެސް ހެޑް ކޯޗެވެ.
މިވަގުތު ރާއްޖޭގެ އެންމެ އުހުގައި އޮތް މާޒިޔާ އަށް އެންމެ ގިނަ ދުވަހު ކޯޗު ކޮށްދިން ފަރާތަކީ އިންމަ އެވެ. އިންމަ އެންމެ ފުރަތަމަ މާޒިޔާ ދޫކޮށްލީ 2014 ވަނަ އަހަރެވެ. އޭގެ ކުރިން ވަނީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.
މާޒިޔާ ދޫކޮށްލުމަށް ފަހު އިންމަ ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެ ދުވަސްވަރު ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ވެސް އިންމަ ވަނީ އުފުލައިފަ އެވެ. ނަމަވެސް ފަހުން 2017 ވަނަ އަހަރުގެ ފަހުކޮޅު އަލުން މާޒިޔާއާ ހަވާލުވެ، އިންމަ ވަނީ އެ މަގާމުގައި 2018 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އެ ޓީމުގައި މަޑުކޮށްފަ އެވެ.
ފަހުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ވެސް ކޯޗު ކޮށްދިނުމަށް ފަހު އިންމަ މިވަގުތު ހުރީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ހެޑްކޯޗުގެ ގޮތުގަ އެވެ.
"މިއީ ފުޓްބޯޅަ އާއިލާ ފެއާޕްލޭ އިސްކުރަންވީ ވަގުތު"
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ފުޓްބޯޅަ ރަނގަޅުކުރަން އެއްވެސް ބަޔަކު ނުޅޭ: ނިޒާމް
ދެވަނަ ޑިވިޝަން ހިލޭ ހިންގައިދޭން ނިޒާމް ހަވާލުވެއްޖެ
އިންމަ އާއި ސުޒޭން އޭއެފްސީ ޕްރޯ ލައިސަންސް ނަގަނީ
ގޯލްޑް ކަޕްގެ ޓީމުތަކަށް އެފްއޭއެމްގެ ދަނޑުތައް ލިބޭނެ
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް
ގޯލްޑްކަޕަށް ގަލޮޅު ދަނޑު، ޔޫތުލީގު ހެންވޭރު ދަނޑަށް
ފުޓްބޯޅަ ކޮޅަށްނެގުމަކީ ގައުމީ މަސައްކަތެއް:ނައިބުރައީސް