02 މެއި 2023
ޑީއެޗްއެލް މެދުވެރިކޮށް ޕާރުސަލެއްގައި ފޮރުވައިގެން ކިލޯއެއްހާ ޑްރަގް އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޑީއެޗްއެލް މެދުވެރިކޮށް ޕާރުސަލެއްގައި ފޮރުވައިގެން ކިލޯއެއްހާ ޑްރަގް އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ހުރި ބެޑްޝީޓްތަކެއްގައި ފޮރުވައިގެން 990 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާ ދައުލަތުން އުފުލީ ތިން ދިވެއްސެއްގެ މައްޗަށެވެ. އެއީ އެތަކެއްޗާ ހަވާލުވި މީހާ އާއި އެ މީހާ ގާތު، އެތަކެއްޗާ ހަވާލުވާން ދާން އެދުނު ކަމަށް ބުނާ މީހާ އާއި އަދި ދެވަނަ މީހާ ގާތު އެތަކެއްޗާ ހަވާލުވާން އެދުނު މީހާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމުގައިވަނީ އެ ޕާރުސަލާ ހަވާލުވާން ދިޔަ މީހާ އެތަނަށް ދިޔައީ ދައުވާލިބުނު ދެވަނަ މީހާ އެދިގެންކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި ދެވަނަ މީހާ އެގޮތަށް އެދިފައިވަނީ ދައުވާލިބުނު ތިން ވަނަ މީހާގެ އެދުމުގެ މަތިން ކަމަށާއި އަދި ތިން ވަނަ މީހާ އެގޮތަށް އެދިފައިވަނީ ބިދޭސީއެއްގެ އެދުމުގެ މަތިންކަން ހެކިތަކުން އެނގޭއިރު، ތަހުގީގު މަރުހަލާގައި ވެސް އެ މީހުން އެކަން ފާހަގަކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ މަސްތުވާތަކެތި އެެތެރެކުރުމުގެ އަމަލީ މަސައްކަތްކުރީ ކާކުކަން ތަހުގީގަށް ހޯދިފައިނުވާ ކަމަށެވެ. އަދި ޕޯސްޓުން އެތެރެކުރާ ކޮންމެ ޕާރުސަލަކާ ހަވާލުވާން ދާ މީހުންނަކީ އޭގައި މަސްތުވާއެއްޗެއް ހުރިކަން އެނގޭނެ ބައެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ޕާރުސަލްގައި މަސްތުވާތަކެތި ހުރިކަން އެ ތިން މީހުންނަށް އެނގޭ ކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ބުންޏެވެ. އެހެންވެ، އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ޕޯސްޓް މެދުވެރިކޮށް ޕާރުސަލްތަކުގައި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް މިހާރަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކުގައި ދައުލަތުން ދައުވާކުރާ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.
އެހެންމީހެއްގެ ނަމުގައި ޑްރަގް އެތެރެކުރި މީހަކު ޖަލަށް
ޖީބުން ފެނުނަސް، ޗެއިން ދިމާނުވާތީ ކުށް ސާބިތެއްނުވި
ޑްރަގް މައްސަލާގައި ލިޔުންތައް ހަމައަށް ފޮނުވި: ޕޮލިސް
ބޫޓުން ޑްރަގް ފެނުނަސް،ލިޔުމެއް ނެތިގެން ސަލާމަތްވެއްޖެ
"ރައްޓެއްސެއްގެ ބައްޕަ ސަލާމަތްކުރަން" އުމުރަށް ޖަލަށް
ޑްރަގް ކަމަށް ބުނެ ބޭކިން ޕައުޑަރު އަތުލުމުގެ ތުހުމަތު
ޑްރަގް ހުރީ ފޮށީގެ ފުރޮޅު ތެރޭގައި؛ ކުށް ސާބިތެއްނުވި
119 ކިލޯގެ ޑްރަގް: ތިން މީހުން ދުލެއް ނުކުރި
ޑްރަގްސް އެތެރެކުރުމުގެ ދައުވާއެއް ސާބިތެއް ނުވި
ކިލޯއެއްގެ ޑްރަގް ފެނުނަސް ކުށް ސާބިތެއް ނުވި