26 ސެޕްޓެމްބަރ 2022
ލައިގެން ހުރި ޖިންސުގެ ޖީބުން ޑްރަގް ފެނިގެން ދައުލަތުން ދައުވާކުރި މައްސަލައެއްގައި ވެސް، މަސްތުވާތަކެތި ނެގުމަށްފަހު އެ ތަކެއްޗާ މެދު ފުލުހުން އަމަލުކުރި ގޮތާ މެދު ސުވާލު އުފެދުމުން، ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ އެވެ.
ލައިގެން ހުރި ޖިންސުގެ ޖީބުން ޑްރަގް ފެނިގެން ދައުލަތުން ދައުވާކުރި މައްސަލައެއްގައި ވެސް، މަސްތުވާތަކެތި ނެގުމަށްފަހު އެ ތަކެއްޗާ މެދު ފުލުހުން އަމަލުކުރި ގޮތާ މެދު ސުވާލު އުފެދުމުން، ދައުވާލިބުނު މީހާ ސަލާމަތްވެއްޖެ އެވެ.
މާލެއިން ވިލިމާލެއަށް ދިޔަ މީހަކު ހުއްޓުވައި، ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖިންސުގެ ކުރިމަތީ ޖީބުން އެއް ގްރާމްގެ އެމްޑީއެމްއޭ ފެނުނު ކަމަށް ބުނެ ދައުލަތުން ކުރި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމީ އެ މަސްތުވާތަކެތި ނެގުމަށްފަހު ފުލުހުން އެ ތަކެއްޗާ އަމަލުކުރި ގޮތާ މެދު ސުވާލު އުފެދުމުންނެވެ.
މަސްތުވާތަކެތި ނެގުމަށްފަހު ލެބޯޓްރީއާ ހަމައަށް ގެންދެވެންދެން އެކަކު އަތުން އަނެކަކު އަތަށް އެތަކެތި ނަގުލުވަމުންދާ ގޮތް ކޮންމެ އެއްޗެއްގެ ޗެއިން އޮފް ކަސްޓަޑީގައި ވަކިވަކިން ލިޔަންޖެހެ އެވެ. އެ ތަކެއްޗާ ހަވާލުވި ތާރީހާއި ގަޑި ވެސް ލިޔަންޖެހެ އެވެ.
އެ މައްސަލާގައި ކޯޓުން ސުވާލު އުފެއްދީ ޗެއިންގައި އެއް ފުލުހަކު އެ މަސްތުވާތަކެއްޗާ ހަވާލުވި ކަމަށް ބުނާ ގަޑި އާއި ތާރީހު ލިޔުމަށްފަހު ދެ ފަހަރެއްގެ މަތިން ތާރީހާއި ގަޑިއަށް ބަދަލު ގެނެސްފައިވާތީ އެވެ. އެގޮތަށް ތާރީހާއި ގަޑިއަށް ބަދަލު ގެނައި ސަބަބެއް އެނގެން ނެތުމުން އެއީ ހަގީގަތުގައި ވެސް ދައުވާލިބުނު މީހާގެ ޖީބުން ފެނުނު މަސްތުވާތަކެތި ކަމާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ޗެއިންގައި ޝައްކު ކުރެވޭ ކަމެއް އޮވެއްޖެނަމަ، ދައުވާލިބޭ މީހާއާ މަސްތުވާތަކެއްޗާ ނުގުޅުވޭނެ ކަމަށް ހައިކޯޓުން ކުރިން ނިންމާފައިވެ އެވެ. އަދި މި މައްސަލާގައި ޗެއިންއާ މެދު އުފެދުނު ޝައްކު ފިލުވާލެވޭނެ ހެއްކެއް ދައުލަތަށް ނުދެއްކޭތީ ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި އެ ހުކުމުގައިވެ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވެސް ވަނީ މިފަދަ މައްސަލައެއްގައި ޗެއިންގައި މައްސަލަ ދިމާވުމުން ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ. އެއީ އަރައިގެން ހުރި ބޫޓު ތެރެއިން ބައި ކިލޯ ޑްރަގް ފެނުނު ކަމަށް ބުނާ މައްސަލަ އެކެވެ.
ޕާރުސަލަކުން ކިލޯއެއްހާ ޑްރަގް:އެންމެން ސަލާމަތްވެއްޖެ
އެހެންމީހެއްގެ ނަމުގައި ޑްރަގް އެތެރެކުރި މީހަކު ޖަލަށް
ޑްރަގް މައްސަލާގައި ލިޔުންތައް ހަމައަށް ފޮނުވި: ޕޮލިސް
ބޫޓުން ޑްރަގް ފެނުނަސް،ލިޔުމެއް ނެތިގެން ސަލާމަތްވެއްޖެ
"ރައްޓެއްސެއްގެ ބައްޕަ ސަލާމަތްކުރަން" އުމުރަށް ޖަލަށް
ޑްރަގް ކަމަށް ބުނެ ބޭކިން ޕައުޑަރު އަތުލުމުގެ ތުހުމަތު
ޑްރަގް ހުރީ ފޮށީގެ ފުރޮޅު ތެރޭގައި؛ ކުށް ސާބިތެއްނުވި
119 ކިލޯގެ ޑްރަގް: ތިން މީހުން ދުލެއް ނުކުރި
ޑްރަގްސް އެތެރެކުރުމުގެ ދައުވާއެއް ސާބިތެއް ނުވި
ކިލޯއެއްގެ ޑްރަގް ފެނުނަސް ކުށް ސާބިތެއް ނުވި