އެހެން މީހެއްގެ ނަމުގައި ޕޯސްޓް މެދުވެރިކޮށް ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
23 ފެބުރުއަރީ 2023
އެހެން މީހެއްގެ ނަމުގައި ޕޯސްޓް މެދުވެރިކޮށް ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2021 ގައި ޕޯސްޓް މެދުވެރިކޮށް ގެނައި ޕާރުސަލަކުން 13 ގްރާމްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ޕާރުސަލާ ހަވާލުވާން ދިޔަ މީހާގެ މައްޗަށެވެ. އެ މީހާ ބުނެފައިވަނީ ރައްޓެއްސަކު ގުޅާފައި ބުނެގެން އެ ޕާރުސަލް ނަގަން ދިޔައީ ކަމަށެވެ.
ކޯޓުގެ ހުކުމުގައިވަނީ ޕާރުސަލް އެތެރެކުރީ އެހެން މީހެއްގެ ނަމުގައި ކަމަށް ވިޔަސް އަދި ޕާރުސަލް ނަގަން ދިޔައީ ރަހުމަތްތެރިއަކު ބުނެގެން ކަމަށް ބުންޏަސް، އެ ރަހުމަތްތެރިޔާ ހޯދަން ފުލުހުން މަސައްކަތް ކުރުމުން ދައުވާލިބޭ މީހާ އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ދީފައިނުވާ ކަމަށެވެ.
ޕާރުސަލް ނަގަން ދާން އެދުނު ރަހުމަތްތެރިޔާގެ ފުރިހަމަ މައުލޫމާތު ނޭނގޭ ކަމަށް ދައުވާލިބޭ މީހާ ތަހުގީގުގައި ބުންޏަސް، ފޯނު ނަމްބަރެއް ނުވަތަ ދިރިއުޅޭ ތަނެއް ނޭނގޭ މީހަކު ބުނެގެން އެފަދަ އެއްޗެއް ނަގަން ގޮސްދާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެއީ ހަގީގަތުގައި ވެސް ރަހުމަތްތެރިއަކު ބުނެގެން ނަގަން ދިޔަ އެއްޗެއް ނަމަ، އެއީ ކާކުކަން ހާމަކުރަން ދައުވާލިބޭ މީހާ އެކަށީގެންވާ މަސައްކަތެއް ކުރީހެވެ. އަދި ޕާރުސަލްގައި ޖަހާފައި އޮތް ނަމާއި އެޑްރެސް ދިމާ ނުވާއިރު އައިޑީކާޑު ނަމްބަރު ވެސް ދިމާނުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވުމުން އޮޅުވާލައިގެން ޑްރަގް އެތެރެކުރަން އުޅުނީ ކަމަށް ބަލަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
އޭގެ އަދަބެއްގެ ގޮތުން، އޭނާ އުމުރަށް ޖަލަށްލުމާ އެކު އުމުރަށް ޖަލަށްލުމާ އެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އަދި އެ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ކޯޓުގެ ހުކުމުގައި އަންގާފައިވެ އެވެ.
ޕޯސްޓް ހިދުމަތް މެދުވެރިކޮށް ޕާރުސަލްތަކުގައި ޑްރަގް އެތެރެ ކުރުމަކީ މިހާރަކަށް އައިސް އާންމުކޮށް ހިނގާ ކަމެކެވެ.
ޕާރުސަލަކުން ކިލޯއެއްހާ ޑްރަގް:އެންމެން ސަލާމަތްވެއްޖެ
ޖީބުން ފެނުނަސް، ޗެއިން ދިމާނުވާތީ ކުށް ސާބިތެއްނުވި
ޑްރަގް މައްސަލާގައި ލިޔުންތައް ހަމައަށް ފޮނުވި: ޕޮލިސް
ބޫޓުން ޑްރަގް ފެނުނަސް،ލިޔުމެއް ނެތިގެން ސަލާމަތްވެއްޖެ
"ރައްޓެއްސެއްގެ ބައްޕަ ސަލާމަތްކުރަން" އުމުރަށް ޖަލަށް
ޑްރަގް ކަމަށް ބުނެ ބޭކިން ޕައުޑަރު އަތުލުމުގެ ތުހުމަތު
ޑްރަގް ހުރީ ފޮށީގެ ފުރޮޅު ތެރޭގައި؛ ކުށް ސާބިތެއްނުވި
119 ކިލޯގެ ޑްރަގް: ތިން މީހުން ދުލެއް ނުކުރި
ޑްރަގްސް އެތެރެކުރުމުގެ ދައުވާއެއް ސާބިތެއް ނުވި
ކިލޯއެއްގެ ޑްރަގް ފެނުނަސް ކުށް ސާބިތެއް ނުވި