05 ޖުލައި 2022
ލަގެޖް ފޮށީގެ ފުރޮޅު ތެރެއަށް އަޅައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ވެސް ދައުވާލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.
ލަގެޖް ފޮށީގެ ފުރޮޅު ތެރެއަށް އަޅައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ވެސް ދައުވާލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.
ޕާކިސްތާނު މީހެއް ކަމަށްވާ މުހައްމަދު އިމްރާން 2017 ވަނަ އަހަރު ރާއްޖެ އައިއިރު އޭނާގެ ލަގެޖްގެ ފުރޮޅު ތަފާތު ގޮތަކަށް ހުރުމުން ކަސްޓަމްސުން ފާސްކުރިއިރު، 360 ގްރާމް މަސްތުވާތަކެތި ހުއްޓެވެ. އޭނާ ބުނާގޮތުން އެ ފޮއްޓަކީ އެހެން މީހަކާ ހަވާލުކުރަން ދިން ފޮއްޓެކެވެ. އެކަމަކު އެ މީހެއް ހޯދިފައެއް ނެތެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އިއްޔެ ނިންމީ އެ ފުރޮޅު ތެރޭގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭކަމުގެ ހެއްކެއް ނެތް ކަމަށް ބުނެ އެވެ. އަދި ފޮށީގެ ފުރޮޅަށް ބަދަލު ގެނެސްފައިވާކަން ކަސްޓަމްސް އޮފިސަރުންނަށް އެނގޭހާ ފަސޭހައިން އާންމު މީހަކަށް ނޭނގިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މީހާގެ ފޯނު ފުލުހުންގެ ތަހުގީގުގައި ތަހުލީލު ކޮށްފައި ނުވާއިރު، އެ މަސްތުވާތަކެއްޗާ ހަވާލުވާން މީހަކު އާދޭތޯ ބެލުމަށްފަހު ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައިނުވާ ކަމަށެވެ. އެހެންވެ، އެ ފޮށީގައި ޑްރަގް ހުރިކަން އޭނާއަށް އެނގޭކަމުގެ ހެއްކެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އެކަންކަން ދައުލަތަށް ސާބިތުކޮށް ނުދެވޭތީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ ކަމަށް ހުކުމުގައިވެ އެވެ.
ޕާރުސަލަކުން ކިލޯއެއްހާ ޑްރަގް:އެންމެން ސަލާމަތްވެއްޖެ
އެހެންމީހެއްގެ ނަމުގައި ޑްރަގް އެތެރެކުރި މީހަކު ޖަލަށް
ޖީބުން ފެނުނަސް، ޗެއިން ދިމާނުވާތީ ކުށް ސާބިތެއްނުވި
ޑްރަގް މައްސަލާގައި ލިޔުންތައް ހަމައަށް ފޮނުވި: ޕޮލިސް
ބޫޓުން ޑްރަގް ފެނުނަސް،ލިޔުމެއް ނެތިގެން ސަލާމަތްވެއްޖެ
"ރައްޓެއްސެއްގެ ބައްޕަ ސަލާމަތްކުރަން" އުމުރަށް ޖަލަށް
ޑްރަގް ކަމަށް ބުނެ ބޭކިން ޕައުޑަރު އަތުލުމުގެ ތުހުމަތު
119 ކިލޯގެ ޑްރަގް: ތިން މީހުން ދުލެއް ނުކުރި
ޑްރަގްސް އެތެރެކުރުމުގެ ދައުވާއެއް ސާބިތެއް ނުވި
ކިލޯއެއްގެ ޑްރަގް ފެނުނަސް ކުށް ސާބިތެއް ނުވި