އެސްޓީއޯއިން ޖެޓް ފިއުލް އުފުލަން ހާއްސަ ބާޖެއް ގެނެސްފި އެވެ.
29 އެޕްރީލް 2023
އެސްޓީއޯއިން ޖެޓް ފިއުލް އުފުލަން ހާއްސަ ބާޖެއް ގެނެސްފި އެވެ.
އެސްޓީއޯއިން ބުނީ "ލަގަނާ ބާޖް" ގައި ރާއްޖޭގެ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރިކަމާ އެކު ގެންދިއުމަށް ދިމާވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި އެ ބާޖަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެޓް ފިއުލަށް ހާއްސަކޮށް ބޭނުންކުރާ ބާޖު ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ މިއީ އައިލެންޑް އޭވިއޭޝަނާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާފަރު އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަކޮށްގެން ކޮމިޝަން ކުރި އުޅަނދެއް ކަމަށެވެ. އަދި އެ ބާޖަކީ ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަ، ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެ މަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާ އެކު ކޮމިޝަންކޮށްފައިވާ އުޅަނދެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓޯއޯއިން ޖެޓް ފިއުލްއަށް ހާއްސަ ބާޖު. -- ފޮޓޯ: އެސްޓީއޯ
އެ ބާޖަކީ އެ ޝަރުތުތައް ފުރިހަމަކުރި ފުރަތަމަ އުޅަނދެވެ. މީގައި 200 ކިއުބިކް މީޓަރުގެ ޖާގަ ހުރެ އެވެ، އަދި ޒަމާނީ މިނެކިރުމުގެ އާލާތްތައް ވެސް ހުރެ އެވެ.
އެސްޓީއޯއިން ބުނީ އާ ބާޖާ އެކު އުޅަނދުގެ ކްރޫންނަށް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިން އާއި ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ދީފައިވާ ވާކަމަށެވެ. އަދި އެ ކުންފުނިން ވަނީ އިންޑަސްޓްރީ ބެސްޓް ޕެރެކްޓިސްއާ އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީ އިން ފެށިގެން ފްލައިޓާ ހަމައަށް ޓްރޭސް ކުރެވޭނެ ކޮލިޓީ އެޝުއަރެންސް ނިޒާމެއް ވެސް ގާއިމުކޮށްފަ އެވެ.
އެސްޓީއޯއިން ބުނީ ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގާ އެސްޓީއޯއިން އިން މާލޭގައި ގާއިމުކުރި ލެބޯޓްރީ ގައި ޓެސްޓްކުރާނެ ކަމަށެވެ.
އެ ބާޖް ތައްޔާރު ކޮށްފައިވަނީ ހަންސާކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީއާ އެކު އެވެ.
އެސްޓީއޯ/އެމްއޭސީއެލްގެ ތެލުގެ އެއްބަސްވުން އާކޮށްފި
ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު ދަށަށް
އެސްޓީއޯއިން ހިޓާޗީ އޭސީއެއް ގަނެގެން ސައިކަލެއް
މޭވާ އާއި ތަރުކާރީ މަދުނުވާ ވަރަށް ގެނެވޭނެ: އެސްޓީއޯ
23 ބާވަތެއްގެ އަގު ހެޔޮކުރަނީ
މޭވާ އާއި ތަރުކާރީ އެސްޓީއޯއިން އެތެރެކޮށް ވިއްކަނީ
އެސްޓީއޯ ހޮޓާއަގުކޮށް ހުޅުމާލެ2 ގެ ބިމަކާ ބަދަލުކޮށްފި
ޝަމްއާންގެ މައްޗަށް އެސްޓީއޯއިން ކުރި ދައުވާ ނަގައިފި
ކޯސް ފުރިހަމަނުކޮށް ވަކިވުމުން 7 ލައްކަ ދޭން ހުކުމެއް
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25އަހަރު ފާހަގަކޮށްފި