Roadha Mihaaru
ނިންމީ ރައްޔިތުންނަށް މޮޅުވާ ގޮތަށް: ޑރ. ހުސައިން

ނިންމީ ރައްޔިތުންނަށް މޮޅުވާ ގޮތަށް: ޑރ. ހުސައިން

28 އެޕްރީލް 2023

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު މައްސަލަ ނިންމުމުން ފިޝަރީޒް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ތައުރީފު ކުރައްވައިފި އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު މައްސަލަ ނިންމުމުން ފިޝަރީޒް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ތައުރީފު ކުރައްވައިފި އެވެ.

"ދިވެހިރާއްޖޭގެ އީ.އީ ޒެޑްގެ ދެކުނު ބައުންޑަރީ ކަނޑައެޅިގެން ދިޔައީ ރާއްޖެ އަށް ބޮޑު ބައި ލިބޭ ގޮތަށް އަދި ރައްޔިތުންނަށް މޮޅުވާ ގޮތަށް،" ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ވިސްނުމާ ދެކޮޅު ޖޭޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު ހުސައިން ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މަރުހަބާ ދިވެހި ރައްޔިތުން، މަރުހަބާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. މަރުހަބާ އަބްދުﷲ ޝާހިދު. މަރުހަބާ އިބްރާހިމް ރިފްއަތު އަދި ޓީމު."

މި ސަރުކާރުގެ ކޯލިޝަންގައި އަދިވެސް އޮތް ޖޭޕީގެ ލީޑަރު ގާސިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާއިރު، ހުސައިން ގެންދަވަނީ އެ ނިންމެވުމާ ގުޅޭ ބައެއް ބައްދަލުވުންތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި މޮރިޝަސްގެ ކަނޑުގެ ސަރަަހައްދުގެ ފުށުއެރުމުގެ މައްސަލާގައި ވެސް ޖޭޕީން ސަރުކާރުގެ ވިސްނުމާ ހިޔާލު ތަފާތެވެ.

ރާއްޖެ އަށް ބޮޑު ބައި ލިބޭ ގޮތަށް އިޓްލޮސް އިން ނިންމި ނިންމުމާ ދެކޮޅަށް ޖޭޕީގެ ބައެއް އިސްބޭފުޅުން މިހާރު ވެސް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މަރުހަބާ ދިވެހި ރައްޔިތުން، މަރުހަބާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. މަރުހަބާ އަބްދުﷲ ޝާހިދު. މަރުހަބާ އިބްރާހިމް ރިފްއަތު އަދި ޓީމު.--- ޑރ. ހުސައިން

އިޓްލޮސް އިން މިއަދު ނިންމީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.

މޮރިޝަސް އިން އެދުނު ގޮތަށް ސަރަހައްދު ބެހި ނަމަ، އެ ގައުމުން މިން އަޅަން ފަށާ ހިސާބަކީ ކޮންޓިނެންޓަލް ޝެލްފަށް ވުރެ މާ ބޮޑަށް ބޭރުގައިވާ ތަނަކަށް ވާތީ، 4،687 އަކަކިލޯމީޓަރު އެ ގައުމަށް އިތުރުވެ އެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެ އަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.