Roadha Mihaaru
ގައިދީން ހޫނުން ރައްކާތެރިވެވޭނެގޮތް ހަމަޖައްސަން އެދެފި

ހޫނުގެ ސަބަބުން ގައިދީންނަށް ގޮތްތަކެއް ހަމަޖައްސައިދޭން އެޗްއާރްސީއެމް އިން އެދެފި

27 އެޕްރީލް 2023

މި ދުވަސްވަރު ރާއްޖެ އަށް ކުރަމުން އަންނަ ހަދަ ހޫނުން ރައްކާތެރިވެވޭނެ ގޮތްތަކެއް ގައިދީންނަށް ހަމަޖައްސައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ދުވަސްވަރު ރާއްޖެ އަށް ކުރަމުން އަންނަ ހަދަ ހޫނުން ރައްކާތެރިވެވޭނެ ގޮތްތަކެއް ގައިދީންނަށް ހަމަޖައްސައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު ހޫނުކަން އިހުސާސް ކުރެވޭ މިންވަރު 43 ޑިގްރީ ސެލްސިއަސް އާ ހަމައަށް އަރާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން ލަފާ ކޮށްފައިވާތީ، ބަންދުގައި ތިބި ގައިދީންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ޖަލުތަކަކީ އާންމު ދުވަސްތަކުގައި ވެސް ހޫނުގަދަ އަދި ވައި ދައުރުވުމުގެ މައްސަލަތައް ހުރި ގޮޅިތަކެއް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

ރާއްޖޭގެ ހޫނުމިން މިހާރު މަތިވަމުންދާތީ ކަރެކްޝަނާއި ޖުވެނައިލް ޑިޓެންޝަން ސެންޓަރުތަކާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުތަކާއި ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކާއި ފަދަ ތަންތަނަށް އެ މުއައްސަސާއެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ގޮޅިތައް އިތުރަށް ހޫނު ނުވާނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އެދިފައިވާ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.