Roadha Mihaaru
ނައިކީ ޕްރޮޑަކްޓުތަކަށް ޑިސްކައުންޓު ދޭ ސޭލެއް މާދަމާ

ނައިކީގެ އުފެއްދުންތަކަށް ޑިސްކައުންޓް ދޭ ސޭލެއް ސޮނީ ސްޕޯޓްސް އިން މާދަމާ ބާއްވަނީ

27 އެޕްރީލް 2023

ސޮނީ ސްޕޯޓްސްގެ އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި ނައިކީ ބްރޭންޑުގެ އުފެއްދުނަތަކަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މާދަމާ ފަށާނެ ކަމަށް އެ ފިހާރަ އިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސޮނީ ސްޕޯޓްސްގެ އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި ނައިކީ ބްރޭންޑުގެ އުފެއްދުނަތަކަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މާދަމާ ފަށާނެ ކަމަށް އެ ފިހާރަ އިން ބުނެފި އެވެ.

"ނައިކީ ނައު އޯ ނެވާ"ގެ ނަމުގައި ފަށާ ސޭލްގައި ނައިކީގެ އެކި އުފެއްދުންތަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓެއް ދޭނެ އެވެ. އެ ސޭލް އޮންނާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ސޮނީ ސްޕޯޓްސްއިން ބުނިގޮތުގައި، "ނައިކީ ނައު އޯ ނެވާ" ނަން އެ ޕްރޮމޯޝަނަށް ދިނީ އެ ބްރޭންޑްގެ އިތުރު ޕްރޮމޯޝަނެއް އަވަސް މުސްތަގުބަލެއްގައި ބޭއްވުމަށް ޕްލޭން ކޮށްފައި ނުވާތީ އެވެ.

ޕްރޮމޯޝަނާއި ގުޅޭ ގޮތުން ސޮނީ ސްޕޯޓްސްއިން ކުރި ޕޯސްޓެއް.

"އަޅުގަނޑުމެންގެ މަގްސަދަކީ ރޯދަމަހަށް ފަހު، ކަސްރަތާއި ކުޅިވަރު ކުޅެން އަލުން ފަށާ މީހުންނަށް ލުއިގޮތަކަށް ނައިކީގެ އޮރިޖިނަލް ޕްރޮޑަކްޓް ލިބޭނެ ގޮތް ހަމަޖެއްސުން. އަދި ނައިކީ ފަސްޓް ކޮލިޓީގެ ނަމުގައި އަގުބޮޑުކޮށް ވިއްކާ ފޭކް ޕްރޮޑަކްޓްގެ ބަދަލުގައި އޮރިޖިނަލްގެ ތަފާތު ކަސްޓަމަރުންނަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން"،" ސޮނީ ސްޕޯޓްސްގެ އޮފިޝަލަކު ބުންޏެވެ.

ސޮނީ ސްޕޯޓްސް ލައިފްސްޓައިލްގައި ނައިކީގެ އެކި ވައްތަރުގެ ޕްރޮޑަކްޓްސްތައް ހުރެ އެވެ. އޭގެ ތެރޭގައި ނައިކީ ޝޫޒާއި ރަނިން ޝޫޒާއި ސްޕޯޓްސް ވެއާ އާއި އެކި އެސަސަރީޒް ވެސް ހުރެ އެވެ.

ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ހުޅުވާފައި ހުންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12 އަށް އަދި މެންދުރު 2 އިން ހަވީރު 6 އަށާއި ރޭގަނޑު 8 އިން 10 އަށެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވާފައި ހުންނާނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.

ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރަ ހުންނަނީ އަމީނީ މަގުގެ މީރާ އޮފީސް ކުރިމަތީގަ އެވެ.