Roadha Mihaaru
އަހަރު ނިންމާލަން ސޮނީގެ ބޮޑު ސޭލެއް

އަހަރު ނިންމާލަން ސޮނީގެ ސޭލެއް، ގިނަ ފިހާރަތަކަކުން ޑިސްކައުންޓް ލިބޭނެ

20 ޑިސެމްބަރ 2022

ކުޅިވަރުގެ އެކި ޕްރޮޑަކްޓްތަކާއި، ފެޝަން ބްރޭންޑުގެ ހެދުންތައް ވިއްކާ ސޮނީގެ ފިހާރަތަކުން އަހަރު ނިމުމާ ދިމާކޮށް ހާއްސަ "އިޔާ އެންޑް ސޭލް" އެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކުޅިވަރުގެ އެކި ޕްރޮޑަކްޓްތަކާއި، ފެޝަން ބްރޭންޑުގެ ހެދުންތައް ވިއްކާ ސޮނީގެ ފިހާރަތަކުން އަހަރު ނިމުމާ ދިމާކޮށް ހާއްސަ "އިޔާ އެންޑް ސޭލް" އެއް ފަށައިފި އެވެ.

އެ ސޭލަކީ އެ ކުންފުނީގެ އެކި ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓުތަކަކުން 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ތިނެއްގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި، އަމީނީމަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް، ޖަނަވަރީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ކިޑްސް، މަޖީދީމަގުގައި ހުންނަ ރާޅު ބައި ސޮނީ ސްޕޯޓްސް އަދި މަޖީދީމަގުގައި ހުންނަ ޕޫމާ ފިހާރައިން ވިއްކާ ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭނެ އެވެ.

ސޮނީން ބުނި ގޮތުގައި އެ ފަދަ ބޮޑު ޕްރޮމޯޝަނެއް ސޮނީގެ ފިހާރަތަކުގައި ކުރިއަށް ގެންދަނީ އެކި ބްރޭންޑުތަކުގެ އޮތެންޓިކް ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.

ސޮނީ ސްޕޯޓްސްގެ ކިޑްސް ފިހާރަ.-- ފޮޓޯ: މިހާރު

ސޮނީ ސްޕޯޓްސްގެ ކިޑްސް ފިހާރަ.-- ފޮޓޯ: މިހާރު

ސޮނީގެ ފިހާރަތަކުން ކުޅިވަރުގެ ބޮޑެތި ބްރޭންޑުތައް ކަމަށްވާ އެޑިޑާސް، ނައިކީ އަދި ޕޫމާގެ އޮތެންޓިކް ޕްރޮޑަކްޓުތައް ލިބޭނެ އެވެ. އަދި އެ ކުންފުންޏަކީ ޕޫމާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

ކުޅިވަރުގެ އެކި އައިޓަމްތަކުގެ އިތުރުން މަޝްހޫރު ފެޝަން ބްރޭންޑުތައް ކަމަށްވާ ކުއިކް ސިލްވާ، ރިޕް ކާލް އަދި ލީވައިޒް ފަދަ ބްރޭންޑުތަކުގެ އައިޓަމްތައް ވެސް ސޮނީގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.