Roadha Mihaaru

ސޮނީ ސްޕޯޓްސް އިން "ނައިކީ" އަށް ހާއްސަކުރި ފިހާރަ

26 އޯގަސްޓް 2023

މަޝްހޫރު ސްޕޯޓްސް ބްރޭންޑް ނައިކީ އަށް ހާއްސަކޮށް، އެ ބްރޭންޑްގެ އޮތެންޓިކް ގިނަ ޕްރޮޑަކްޓްތަކެއް އެއްތަނަކުން ލިބޭ ފިހާރައެއް ސޮނީ ސްޕޯޓްސް އިން މާލޭގައި ހުޅުވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު ސްޕޯޓްސް ބްރޭންޑް ނައިކީ އަށް ހާއްސަކޮށް، އެ ބްރޭންޑްގެ އޮތެންޓިކް ގިނަ ޕްރޮޑަކްޓްތަކެއް އެއްތަނަކުން ލިބޭ ފިހާރައެއް ސޮނީ ސްޕޯޓްސް އިން މާލޭގައި ހުޅުވައިފި އެވެ.

މި ފިހާރަ ހުޅުވީ ކުރިން ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ހިންގި އަމީނީ މަގުން މަޖީދީ މަގަށް ބަދަލުކުރީ ލޯގޯ ވެސް ރީބްރޭންޑް ކުރުމަށް ފަހު އެވެ. މި ފިހާރަ އަލަށް ހުޅުވުމާ ގުޅިގެން، ހަތް ދުވަހުގެ ނިޔަލަށް "ނައިކީ" ގެ ޕްރޮޑަކްޓްތަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ.

ކަސްޓަމަރުން ޕްރޮޑަކްޓުތައް ބަލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކަސްޓަމަރުން ޕްރޮޑަކްޓުތައް ބަލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ސްޕޯޓްސް އިން ބުނި ގޮތުގައި ނައިކީގެ ގިނަ ޕްރޮޑަކްޓްތަކަކަށް އެ ފިހާރަ ހާއްސަކުރީ އެއީ ދިވެހިންގެ މެދުގައި މަގުބޫލު ޑިމާންޑު ބޮޑު ބްރޭންޑަކަށް ވުމުންނެވެ. މި ބްރޭންޑަށް ހާއްސަކޮށް ފިހާރައެއް ހުޅުވީ ނައިކީގެ އޮތެންޓިކު ޕްރޮޑަކްޓްތަކަކީ ރާއްޖެ އިން ހޯދަން ދަތި ޕްރޮޑަކްޓްތަކަކަށް ވުމުން ފަސޭހައިން، އެ ޕްރޮޑަކްޓުތައް ރަނގަޅު އަގުތަކެއްގައި ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށް ވެސް ބުންޏެވެ.

ސޮނީ ސްޕޯޓްސްގެ އެސިސްޓަން މާކޮމްސް މެނޭޖަރު މަރިޔަމް އަބްދުﷲ (މަރީ) ވިދާޅުވީ، އެ ކުންފުނީގެ އާ ފިހާރަ އިން ނައިކީގެ ޖިމްވެއާ އާއި އެކި ސްޕޯޓްސްތަކަށް ހާއްސަ އައިޓަމްތައް ލިބޭނެ ކަމަށެވެ.

"މި ތަނުން ޖިމް ވެއާ، ޖިމް ޝޫޒް ލިބޭނެ. އަދި ފުޓުބޯޅަ އާއި ފުޓްސެލް އަށް ހައްސަ ޝޫޒް އާއި ރަނިން ޝޫޒް އާއި އެކި ކުޅިވަރުތަކަށް ހާއްސަ އެސެސަރީޒް ވެސް ލިބޭނެ. މި ހުރިހާ ޕްރޮޑަކްޓަކީ ވެސް ޖެނުއިން ނައިކީ ޕްރޮޑަކްޓްސް،" މަރީ ވިދާޅުވި އެވެ.

ތަފާތު ގިނަ ޕްރޮޑަކްޓުތަކެއް މި ތަނުގައި ހުރޭ. ފޮޓޯ: ނިޝާން އަލީ | މިހާރު

ތަފާތު ގިނަ ޕްރޮޑަކްޓުތަކެއް މި ތަނުގައި ހުރޭ. ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ސްޕޯޓްސްގެ އާ ފިހާރަ ހުޅުވީ މަޖީދީ މަގުގަ އެވެ. މި ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން މެންދުރު 12 އަށް މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.