Roadha Mihaaru
ސޮނީ ހޯމް ރޯދަ ސޭލް: 75 ޕަސެންޓަށް ޑިސްކައުންޓް

ސޮނީ ހޯމްގެ ރޯދަ ސޭލް: 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

26 ފެބުރުއަރީ 2023

މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް ސޮނީ ހޯމްގެ ރޯދަ ސޭލް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ ރޯދަމަހަށް ހާއްސަކޮށް ސޮނީ ހޯމްގެ ރޯދަ ސޭލް ފަށައިފި އެވެ.

ރޯދަމަސް ނިމެންދެން ކުރިއަށްގެންދާ މި ސޭލްގައި ވިއްކާ ޕްރޮޑަކްޓުތަކަށް 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ.

ސޮނީ ހޯމްއިން ބުނި ގޮތުގައި ޕްރޮމޯޝަނުގެ މުއްދަތުގައި އެ ފިހާރައިން ވިއްކާ ގިނަ އައިޓަމްތަކުގެ ސްޓޮކް ހުސްނުވެ ލިބެން ހުންނާނެ އެވެ.

ސޮނީ ހޯމްގެ ޕްރޮމޯޝަނަލް ޕޯސްޓު.

"އަޅުގަނޑުމެންގެ އެބަހުރި ރޯދައަށް އާއްމުކޮށް ގޭތެރެ އާއި ބަދިގެއަށް ބޭނުންވާ ގިނަ ޕްރޮޑަކްޓުތަކެއް. ކަސްޓަމަރުންނަށް ހެޔޮ އަގުތަކެއްގައި އެ ޕްރޮޑަކްޓުތައް ފޯރުކޮށްދިނުމުގެ ގޮތުން މި ޕްރޮމޯޝަނުގައި ތިން ހާހެއްހާ ޕްރޮޑަކްޓް ހިމަނާފައި ވާނެ." ސޮނީ ހޯމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސޮނީ ހޯމްގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޮނީ ހޯމްގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޮނީ ހޯމްގައި އެއާ ފްރަޔާ، އިލެކްޓްރިކް ކެޓަލް، އަވަން، މިކްސަރު އަދި ޓޯސްޓަރު ފަދަ ކިޗަން އެޕްލަޔަންސަސް ލިބެން ހުންނާނެ އެވެ. އަދި ދޮންނަ މެޝިނާއި ފްރިޖު ފަދަ ހޯމް އެޕްލަޔަންސަސް އަދި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ އެކި ތަފާތު އެސެސަރީޒްތައް ވެސް ހުރެ އެވެ. އޭގެ އިތުރުން އެކި ޑިޒައިންތަކުގެ ބިއްލޫރި ތަށި އަދި ފާހަނައަށް ބޭނުންވާ އައިޓަމްތައް ލިބެން ހުންނާނެ އެވެ.

ސޮނީ ހޯމްގެ ރޯދަ ޕްރޮމޯޝަން މަޖީދީމަގުގެ މާފަންނުގައި ހުންނަ ސޮނީ އާއި މަޖީދީމަގު ހެންވޭރުގައި ހުންނަ ސޮނީ ހޯމް އާއި ހުޅުމާލޭގައި ހުންނަ ސޮނީގައި ކުރިއަށް ދާނެ އެވެ.