Roadha Mihaaru
ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށަނީ

ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" މާދަމާ، ޑިސްކައުންޓު 75 ޕަސެންޓާ ހަމައަށް

25 ޖެނުއަރީ 2023

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސްގައި "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށާނެ ކަމަށް އެތަނުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސްގައި "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށާނެ ކަމަށް އެތަނުން ބުނެފި އެވެ.

އެ ފިހާރައިން ބުނި ގޮތުގައި އެ ސޭލްގައި އެ ތަނުން ލިބެން ހުރި އެކި ބްރޭންޑުތަކުގެ އައިޓަމްތަކުން 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އޭގެ ތެރޭގައި ފެޝަން ބްރޭންޑުތަކުގެ ހެދުންތަކާއި އެ ތަނުން ވިއްކާ އެކި ބްރޭންޑުތަކުގެ ސްޕޯޓްސްވެއާ އިން ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށް ބުންޏެވެ.

ސޮނީ ސްޕޯޓްސްއިން ކުރި ފޭސްބުކް ޕޯސްޓު

ސޮނީ ސްޕޯޓްސްއިން ބުނި ގޮތުގައި "ފައްކާ ހަފްތާ"ގެ ނަމުގައި އެއް ހަފްތާއަށް ބާއްވާ ސޭލެއް ފަށަން ނިންމީ އެ ފިހާރައިން، ދޭތެރެ ދޭތެރެއިން ހުކުރު ދުވަހަށް ހާއްސަކޮށް ކުރިއަށް ގެންދާ "ފައްކާ ފްރައިޑޭ" ސޭލަށް ލިބޭ ބޮޑު ތަރުހީބަށް ބަލައިފަ އެވެ. އަދި އެއް ދުވަހަށް ވުރެ ދިގު މުއްދަތަށް އޮންނަ ސޭލެއް ބޭއްވުމަށް ގިނަ ކަސްޓަމަރުންތަކެއް އެދެމުންދާތީ، ކަސްޓަމަރުންނަށް ހެޔޮ އަގުގައި ބްރޭންޑެޑް ޕްރޮޑަކްސްތަކެއް ގަނެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް މި ސޭލްގެ ބޭނުމެއް ކަމަށް ބުންޏެވެ.

"ފައްކާ ހަފްތާ" ސޭލް ކުރިއަށް ދާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ.

ސޮނީ ސްޕޯޓްސްގެ ފިހާރައެއް: އެ ފިހާރައިގައި ސްޕޯޓްސް ވެއާގެ އިތުރުން ފެޝަން ބްރޭންޑުތަކުގެ ހެދުން ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޮނީ ސްޕޯޓްސްގެ ފިހާރައެއް: އެ ފިހާރައިގައި ސްޕޯޓްސް ވެއާގެ އިތުރުން ފެޝަން ބްރޭންޑުތަކުގެ ހެދުން ހުރޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޮނީ ސްޕޯޓްސް އަކީ މަޝްހޫރު ކުޅިވަރު ބްރޭންޑް ޕޫމާ އަދި އެޑިޑާސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ސޭލްގައި އެ ދެ ބްރޭންޑުގެ ސްޕޯޓްސްވެއާއިން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.

ސޮނީ ސްޕޯޓްސްގައި ކުޅިވަރު ބްރޭންޑް ނައިކީ އަދި ފެޝަން ބްރޭންޑް މެންގޯ އާއި ރޮކްސީ އަދި ކުއިކް ސިލްވާގެ ފެޝަންވެއާ ލިބެން ހުރެ އެވެ. އަދި އެކި އެސަސަރީސް ވެސް އެ ފިހާރައިން ވިއްކަ އެވެ.

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10 އިން 12 އަށް، މެންދުރު 2 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވާނީ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.