Roadha Mihaaru
މެންގޯއިން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު

މެންގޯގެ ބޮޑު ސޭލެއް، 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު

06 ޖެނުއަރީ 2023

މަޝްހޫރު ފެޝަން ބްރޭންޑް މެންގޯގެ ފިހާރަތަކުގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ސޭލްއެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު ފެޝަން ބްރޭންޑް މެންގޯގެ ފިހާރަތަކުގައި 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ސޭލްއެއް ފަށައިފި އެވެ.

އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް އެ ސޭލް ކުރިއަށް ގެންދާއިރު، ޑިސްކައުންޓު ދޭނީ ކަނޑައަޅާފައިވާ އައިޓަމްތަކަކުންނެވެ. ގިނަ އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓެއް ލިބޭނެ ކަމަށް މެންގޯއިން ބުންޏެވެ.

މެންގޯގެ ވިމެންސް ވެއާ ފިހާރަ އާއި ކިޑްސް އަދި މެންސް ވެއާ ވިއްކާ ފިހާރައިގައި ސޭލް ކުރިއަށް ދާނެ އެވެ. އެ ސޭލްގެ ދަށުން ކުޑަކުދިންނަށް ހާއްސަ ކޮލިޓީ، ސްޓައިލިޝް ގިނަ އައިޓަމްތަކުން ޑިސްކައުންޓު ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އެ ސޭލަކީ އާ އަހަރުގެ ފެށުމާ ދިމާކޮށް ކަސްޓަމަރުންނަށް ބްރޭންޑެޑް ރީތި ހެދުންތަކެއް ހެޔޮ އަގުގައި ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ ސޭލެކެވެ. މެންގޯގެ ވިމެންސް ވެއާ ފިހާރައިގައި އަންހެނުންނަށް ހާއްސަ އެކި ސައިޒުގެ ކެޝުއަލް، އޮފިޝަލް އަދި ޕާޓީ އޮފީސް ވެއާ ހުރެ އެވެ. އަދި މެންސް އެންޑް ކިޑްސް ވެއާ ފިހާރައިގައި ކުޑަކުދިންނަށް ހާއްސަ އެކި ޑިޒައިންތަކުގެ ހެދުންތަކާއި، ފިރިހެނުންގެ ކެޝުއަލް އަދި އޮފިޝަލް ވެއާ ހުރެ އެވެ.

މެންގޯ އަކީ ބޭރު ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑެކެވެ. މި ބްރޭންޑު ރާއްޖެއަށް ތައާރަފުކޮށް، މެންގޯގެ ހާއްސަ ފިހާރައެއް ހުޅުވީ ސޮނީ ސްޕޯޓްސްއިން ނެވެ.

މެންގޯގެ އަންހެން ހެދުން ވިއްކާ ފިހާރަ. އެ ފިހާރައިގައި އެކި ޑިޒައިންތަކުގެ ގިނަ ހެދުންތައް ހުރޭ. -- ފޮޓޯ: މެންގޯ

މެންގޯގެ އަންހެން ހެދުން ވިއްކާ ފިހާރަ. އެ ފިހާރައިގައި އެކި ޑިޒައިންތަކުގެ ގިނަ ހެދުންތައް ހުރޭ. -- ފޮޓޯ: މެންގޯ

މެންގޯގެ ދެ ފިހާރަ ވެސް ހުންނާނީ މަޖީދީ މަގުގައި ހުންނަ މާފަންނު ޕާކު ކައިރީގަ އެވެ. އެ ދެ ފިހާރަ ވެސް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 10-12އަށް އަދި މެންދުރު ފަހު 2-6އަށް ހުޅުވާފައި ހުންނާނެ އެވެ. ރޭގަނޑު އެ ފިހާރަ ހުޅުވާނީ 8-1 އަށެވެ. ހުކުރުދުވަހު ފިހާރަ ހުޅުވަނީ ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށެވެ.