20 އޮކްޓޯބަރ 2022
ސޮނީ ސްޕޯޓްސްގެ އަމީނީމަގު މީރާ ކުރިމަތީގައި ހުންނަ ފިހާރައިގައި ބޮޑު ސޭލެއް މާދަމާ ފަށަން ހަމަޖެހިއްޖެ އެވެ.
ސޮނީ ސްޕޯޓްސްގެ އަމީނީމަގު މީރާ ކުރިމަތީގައި ހުންނަ ފިހާރައިގައި ބޮޑު ސޭލެއް މާދަމާ ފަށަން ހަމަޖެހިއްޖެ އެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ އެ ފިހާރައަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކަކާ ގުޅުވައިގެން ބާއްވާ އެ ސޭލަކީ ސޮނީ ސްޕޯޓްސްގެ ފިހާރައެއްގައި ބާއްވާ އެންމެ ބޮޑު ސޭލަށް ވާނެ ކަމަށެވެ. މިއީ 90 ޕަސެންޓާ ހަމައަށް، ބޮޑެތި ބްރޭންޑުތަކެއްގެ އެތައް އައިޓަމަކުން ޑިސްކައުންޓު ލިބޭނެ ސޭލެއް ކަމަށް ބުންޏެވެ. ސޮނީން ބުނީ އެ ސޭލް ކުރިއަށް ދާނީ 4 ދުވަހުގެ މުއްދަތަށް ކަމަށެވެ. މާދަމާ ފަށާ އެ ސޭލް ނިމޭނީ އަންނަ އަންގާރަ ދުވަހު އެވެ.
ސޮނީ ސްޕޯޓްސް އަކީ ކުޅިވަރަށް ހާއްސަ އަންހެން އަދި ފިރިހެން ސްޕޯޓްސް ވެއާ އާއި ފުޓްބޯޅަ، ބާސްކެޓް، އަދި ކަސްރަތުކުރުމާއި ކުޅިވަރުގެ އެކި ދާއިރާތަކަށް ހާއްސަ ބޫޓާއި، ކުޅިވަރާއި ގުޅުން ހުރި ގިނަ ބްރޭންޑެޑް އައިޓަމްތަކެއް ވިއްކާ ފިހާރަ އެކެވެ. އެގޮތުން ކުޅިވަރު ދާއިރާގައި މަޝްހޫރު ބޮޑެތި ބްރޭންޑުތައް ކަމުގައިވާ ނައިކީ، އެޑިޑާސް އަދި ޕޫމާ ފަދަ ބްރޭންޑުތަކުގެ އޮރިޖިނަލް އައިޓަމްތައް އެ ފިހާރައިން އަންނަނީ ވިއްކަމުންނެވެ. އަދި ސޮނީ ސްޕޯޓްސް އަކީ ޕޫމާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
ސޮނީ ސްޕޯޓްސްގައި ކުޅިވަރާއި ކަސްރަތަށް ބޭނުންކުރާ އެއްޗެހި ވެސް ލިބެން ހުރެ އެވެ.
ސޮނީ ސްޕޯޓްސްގައި ފަށާ ސޭލުގައި ޑިސްކައުންޓު ލިބޭނީ އެ ތަނުގައި ހުރި އައިޓަމްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ވަކި އައިޓަމް ތަކަކަށެވެ.
ސޮނީ ސްޕޯޓްސް ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން 12 އަށް އަދި މެންދުރު 1 އިން އިރުއޮއްސި 6 އަށެވެ. ރޭގަނޑު އެ ފިހަރަ ހުޅުވާފައި ހުންނާނީ 8 އިން 11 އަށެވެ.
ކުޑަކުދިންގެ ޓާފް ބޫޓު 200ރ. އަށް
ސޮނީ ސްޕޯޓްސްއިން ހަތަރު ޖާޒީ 100ރ. އަށް
ސޮނީ ސްޕޯޓްސް އިން "ނައިކީ" އަށް ހާއްސަކުރި ފިހާރަ
ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށަނީ
ނައިކީ ޕްރޮޑަކްޓުތަކަށް ޑިސްކައުންޓު ދޭ ސޭލެއް މާދަމާ
ސޮނީ ސްޕޯޓްސްގެ "ފައްކާ ހަފްތާ" ސޭލް މާދަމާ ފަށަނީ
ސޮނީ ސްޕޯޓްސްގެ އާ ފިހާރަ، މި ފަހަރު އެޑިޑާސް އަށް
މެންގޯއިން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓު
އަހަރު ނިންމާލަން ސޮނީގެ ބޮޑު ސޭލެއް
"ފައްކާ ފްރައިޑޭ" ގައި ބޮޑު ޑިސްކައުންޓެއް!