26 އެޕްރީލް 2023
ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ ގާތިލް ނުހޯދި ލަސްވާތީ އެ ރަށު ކައުންސިލުން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ ގާތިލް ނުހޯދި ލަސްވާތީ އެ ރަށު ކައުންސިލުން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސޮބީހު "މިހާރު" އަށް ވިދާޅުވީ މަރާލާފައި އޮއްވައި މި މަހުގެ ހަތް ވަނަ ދުވަހު ފެނުނު ނައީމާގެ މަރުގެ މައްސަލައާ ގުޅިގެން ހޯމަ ދުވަހު ނަދަން ރީޖަނަލް ޕޮލިސް ކޮމާންޑަރާއި ފޮރެންސިކް ޕޮލިސް ހެޑާއި މަނަދޫގައި ތިބޭ ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ.
މަރުގެ ތަހުގީގަށް އެއްވެސް ކުރިއެރުމެއް ލިބޭތޯ ސުވާލުކުރުމުން، ނައީމާގެ ގާތިލުން ހޯދާނެ ކަމުގެ ޔަގީންކަން ފުލުހުން ދިން ކަމަށް ސޮބީހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ. ރަމަޟާން މަހުން ފެށިގެން މި ގޮތަށް، ބިރުވެރިކަމުގެ ތެރޭގައި މި އުޅެނީ. މައްސަލަ ދިގުލައިގެން ދިއުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް." އޭނާ ވިދާޅުވި އެވެ.
މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ
އެކަނި ގެއެއްގައި ދިރިއުޅޭ ނައީމާ، 62، ގެއްލިގެން، ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ކޮޓަރި އަށް ވަން އިރު، ނައީމާ ފެނުނީ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލާފައި އޮއްވަ އެވެ.
ސޮބީހު ވިދާޅުވީ ފޮރެންސިކް ފުލުހުން އަދި ވެސް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އުމުރުފުރާ ތަކަށް ބަހާލައިގެން ބިދޭސީންނާއި ދިވެހިން ވެސް ހިމެނޭ ގޮތަށް ޑީއެންއޭ ސާމްޕަލް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ހުރި ކަމަކަށް ވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ނައީމާގެ މަރު: ބައެއް ހެކިތައް ސިއްރުކުރަން އަމުރު ނެރެފި
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
ނައީމާގެ މަރު: މާލެއިން ހައްޔަރުކުރި މީހާ މަނަދުއަށް
ނައީމާގެ މަރުގެ މައްސަލާގައި ތިން ވަނަ މީހާ ހައްޔަރު
ތުހުމަތުވާ މީހުން ނައީމާގެ މަރަށް ފަހު ހަމަޖެހިލައިގެން
ނައީމާގެ މަރު: ދެވަނަ މީހާގެ ބަންދަށް ފަސް ދުވަސް
ނައީމާ މަރާލަން ބޭނުންކުރި ދެ ވަޅި ހޯދައިފި
ނައީމާގެ މަރުގެ ތަހުގީގުގެ މައުލޫމާތު އާއިލާ އަށް ދީފި
ނައީމާގެ ގާތިލް ހޯދަން ހިނގާނީ ތަފާތު މަގަކުން!
ނައީމާގެ މަރު: ފުލުހުން ދައްކާނެ ވާހަކައެއް އަދި ނެތް