25 އެޕްރީލް 2023
ތިމާވެއްޓާ ބެހޭ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށް ވިދާޅުވެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ޝަކުވާތައް ބަންޑުން ކޮށްލައިފި އެވެ.
ތިމާވެއްޓާ ބެހޭ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތް ކަމަށް ވިދާޅުވެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ޝަކުވާތައް ބަންޑުން ކޮށްލައިފި އެވެ.
ޕްލާސްޓިކް ކޮތަޅު ބޮނޑިން ޓެކްސް ނަގަން ނުޖެހޭ ގޮތަށް، ސަރުކާރުގެ ފަރާތުން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން، ރާއްޖޭގެ އެންމެ ވަރުގަދަ އެއް ރިޓެއިލް ވިޔަފާރި ޗެއިން ކަމަށްވާ ރެޑްވޭވްގެ ވެރިޔާ ސަލީމް ވިދާޅުވީ ކޮތަޅުގެ މައްސަލަ އަށް ހައްލެއް ގެންނަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
މީގެ ދެތިން އަހަރު ކުރިން ރާއްޖޭގައި ފޮތި ކޮތަޅު އުފައްދަން ދިރާސާކޮށް ކަމާބެހޭ ޓެސްޓުތައް ހަދައި އެކަމުގެ ހުއްދަ ހޯދުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އަށް ހުށަހެޅި ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރުމުގެ ހުއްދަ ނުދިން ކަމަށް ސަލީމް ވިދާޅުވި އެވެ.
އެ ހުއްދަ ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމަށް ފަހު ވެސް އެކަން ކާމިޔާބުވާ ގޮތް ނުވި ކަމަށާއި ނަމަވެސް ފަހުން ސްރީ ލަންކާގެ ކުންފުންޏަކަށް ފޮތި ކޮތަޅު އުފެއްދުމުގެ ހުއްދަ ދިން ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭގެ ފަހުން އެ ހުއްދަ ވެސް ބާތިލް ކުރުމަށް ފަހު މި ސަރުކާރާ ގުޅުން އޮންނަ ބަޔަކަށް ޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ މިހާރު ވެމްކޯ އިން ޕްލާސްޓިކް ކޮތަޅު ވިއްކަން ފަށާފައި ވަނީ އެ ކުންފުނި އަތުން މިލިއަނުން ކޮތަޅު ގަނެގެން ކަމަށެވެ.
"ސަރުކާރުގެ އިހުލާސްތެރިކަން ކޮބައިތޯ؟ އެއްކޮޅުން ތިމާވެށި ސަލާމަތްކުރާ ވާހަކަ ދައްކާފައި އަނެއްކޮޅުން ސިއްރު ސިއްރުން ބަޔަކަށް ލުއިތަކެއް ދީގެން ކުރެވޭ ނިޒާމެއް މިއޮތީ ގާއިމް ކޮށްފައި،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މީގެ އަހަރެއް ކުރިން ރެޑްވޭވްގެ ހުރިހާ ފިހާރަތަކުން ޕްލާސްޓިކް ކޮތަޅު ވިއްކުން ހުއްޓާލައި ފޮތި ކޮތަޅަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެކަން ކުރުމަށްޓަކައި ކުރީކޮޅު ދެތިން ދުވަހެއް ވަންދެން ކޮތަޅަކުން 1ރ. ނަގަން ފެށި ކަމަށާއި ނަމަވެސް އެކަމުގެ ހިތްހަމަނުޖެހުން ބޮޑުވެގެން ފަހުން ފޮތި ކޮތަޅު ހިލޭ ދޭ ގޮތަށް ބަދަލު ކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ފޮތި ކޮތަޅަށް އެބަ ލާރި ނަގާ. މިސާލަކަށް ދުބާއީގައި ބޮޑު ކޮތަޅަކަށް 8ރ. ނަގާ. މިއީ ރާއްޖޭގައި އެކަނި ހިނގާ ކަމެއް ނޫން. ސަރުކާރުގައި ހެޔޮ ނިޔަތެއް ނެތް މިކަން ހުއްޓުވާކަށް،" އޭނާ ވިދާޅުވި އެވެ.
ވެމްކޯ އިން ވިޔަފާރިތަކުގެ ކުނި އުކައިދޭ އަގުތައް ބޮޑުކުރި މައްސަލާގައި ވެސް ސަލީމް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
މިކަހަލަ ވާހަކަ އެބަހުރި ބައިވަރު ދައްކަން. ހަމަ އޭއްޗެކޭ މީއްޗެކޭ ކިޔަނީ. އެއްވެސް ކަމެއްގެ ހައްލު ގެންނާކަށް މަސައްކަތެއް ނުކުރޭ: ސަލީމް
އޭނާ ވިދާޅުވީ ކުރިން 300 ކިލޯގެ ކުނި ވެމްކޯ އިން 175ރ. އަށް އުކައި ދޭ ކަމަށާއި ނަމަވެސް މިހާރު 931ރ. އަށް ބޮޑު ކޮށްފައިވާ ކަމަށެވެ. އަދި ކުރިން 750 ކިލޯ އުކައިދެނީ 350ރ. އަށް ކަމަށާއި ނަމަވެސް މިހާރު އެ އަގު 2،660ރ. އަށް ބޮޑު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީތޯ މި ސަރުކާރުން ވިޔަފާރިވެރިންނަށް ދޭ ލުއި އަކީ؟" ސަލީމް ވިދާޅުވި އެވެ.
"މިކަހަލަ ވާހަކަ އެބަހުރި ބައިވަރު ދައްކަން. ހަމަ އޭއްޗެކޭ މީއްޗެކޭ ކިޔަނީ. އެއްވެސް ކަމެއްގެ ހައްލު ގެންނާކަށް މަސައްކަތެއް ނުކުރޭ." އޭނާ ވިދާޅުވި އެވެ.
ވިޔަފާރިތަކުން ކަސްޓަމަރަށް ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމުން ކޮތަޅު ބޮނޑިއެއްގެ އަގު ކުރިއަށް ވުރެ އެތައް ގުނައެއް ވަނީ އުފުލިފަ އެވެ. އެކަމަށް އާންމުންގެ ފާޑުކިޔުން ވެސް ވަނީ ބޮޑުވެފަ އެވެ. މިދިޔަ ހަފުތާއެއްހާ ދުވަހު މި ސަރުކާރު ހޫނުފެނަށް ވެއްޓި ދިފާއު ވާން ޖެހިފައި އޮތީ އެ މައްސަލައިގަ އެވެ. ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. ސަބަބަކީ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ނުހިމެނުމެވެ. ސަރުކާރުން މިހާރު ވަނީ އަލުން ކޮތަޅު ބޮނޑި އިސްތިސްނާވާ ގޮތަށް މަޖިލީހަށް އިސްލާހެއް ހުށަހަޅާފަ އެވެ.
މުރައިދޫގޭ މުވައްޒަފުންގެ ތަފުސީލް ހާމަކުރަން ފާސްކޮށްފި
50،000ރ. ނަގަން ފާސްކުރީ ސަލީމްގެ ވޯޓާއެކު!
ގާޒީންނާއި ފުލުހުން ތިބެނީ ކުށްވެރިންނާ ގުޅިފައި:ސަލީމް
ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ނަންތައް ތަރުތީބުކޮށްފި
241 ކޮމިޓީއަށް ސަލީމް، މާލިއްޔަތު ކޮމިޓީއަށް ގާސިމް
ރަފާއަށް އެރުން ހުއްޓުވަން މަސައްކަތް ކުރަން ގޮވާލައިފި
ސުޕަމެޖޯރިޓީއާއެކު އިދިކޮޅު ބާކީއެއް ނުކުރާނަން: ސަލީމް
ގާސިމާއި ސިޔާމް ވެސް ގޮނޑި ކާމިޔާބު ކުރައްވައިފި
"އެސްޑީއެފް ބިލް ބޭރުކޮށްލީ އޮޅުވާލުމެއްގެ ތެރެއިން"
"ރުހުން ނުދިނީ ނާގާބިލްވެގެން ނޫން، ބަޔަކު ރުއްސަން"