07 މެއި 2024
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ އަށް އިޒްރޭލްގެ ސިފައިން އެރުން ހުއްޓުވުމަށް ރާއްޖެ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުން ކުއްލި މައްސަލައެއް މިއަދު ފާސްކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާ އަށް އިޒްރޭލްގެ ސިފައިން އެރުން ހުއްޓުވުމަށް ރާއްޖެ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުން ކުއްލި މައްސަލައެއް މިއަދު ފާސްކޮށްފި އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަދި ދުނިޔޭގެ އެތައް މިލިއަން މީހުންގެ އާދޭހަށް ބެލުމެއް ނެތި ރަފާ އަށް އަރަން ތައްޔާރުވުމަކީ މުޅި ދުނިޔެ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އޭގެ ސަބަބުން ރަފާގައި މިހާރު ވެސް ނިކަމެތި ހާލުގައި އުޅެމުންދާ އެތައް ސަތޭކަ ހާސް ފަލަސްތީން ރައްޔިތުން އިންތިހާ އަށް ނުރައްކަލަށް ވެއްޓޭނެ ކަމަށާއި އެ އުދުވާނުގެ ސަބަބުން ރަފާގައި ގަތުލު އާންމެއް ހިނގާފާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެ ޖަރީމާއަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ދެކޮޅު ހަދާ ކަމެއް ކަން ހާމަކޮށް އިޒްރޭލް ސިފައިން ރަފާ އަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ކުއްލި މައްސަލައެއް،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި އެވެ.
އެ ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަތުމަށް ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 22 މެންބަރުންގެ އިއްތިފާގުންނެވެ.
އިޒްރޭލްޕާސްޕޯޓު މަނާކުރާ ބިލް "ތާށިވި" ސަބަބު ހޯދަނީ
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާތީ ޒަމީރު ކޮމިޓީއަށް ގެންދަނީ
ހަމަލާތަކުގެ މެދުތެރެއިން އެހީތެރިކަން ނުދެވޭނެ!
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައީސަށް ހުށަހަޅަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލުގެ ޓޫރިސްޓުން އައުން މަނާކުރަން ހުށަހަޅައިފި
އިޒްރޭލާ ދެކޮޅު ގަރާރެއް މަޖިލީހަށް ހުށަހަޅައިފި
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި