ރާއްޖެ އިސްލާހު ކުރުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަތްމަތީގައި ކަމަށާއި އެ މެމްބަރުންގެ އެ ހިތްވަރު ނެތް ނަމަ ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާހު ކުރުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަތްމަތީގައި ކަމަށާއި އެ މެމްބަރުންގެ އެ ހިތްވަރު ނެތް ނަމަ ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އިއްޔެ ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ސަލީމް އެހެން ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަންގެ ޖަރީމާ ހިންގާ މީހުންނާ މެދު މިދިޔަ 15 ވަރަކަށް އަހަރު ވެސް އެކަށީގެންވާ ފިޔަވަޅުތައް ނޭޅޭ މައްސަލައިގެ ކަންބޮޑުވުން ބައެއް މެމްބަރުން ފާޅުކުރެއްވުމުންނެވެ.
ސަލީމް ވިދާޅުވިގޮތުގައި ގައުމު އިސްލާހު ކުރުމުގެ އިހުތިޔާރު ރައްޔިތުން ދީފައި ވަނީ ރައްޔިތުން އިންތިހާބުކުރި މަޖިލިހުގެ މެމްބަރުންނަށެވެ.
"މިތަނަށް [މެމްބަރުން] ފޮނުވާފައި ތިބީ 5،000 މީހުންނަށް ނާދެވޭނެތީ އަޅުގަނޑުމެން މި ކަންކަން އިސްލާހު ކުރަން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ނެތް މިއިން ސަލާމަތް ވެވޭކަށް. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މި ޒިންމާ ނަގަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، ރައްޔިތުން ހުރިހާ ބާރެއް ދިނީ ރައްޔިތުންގެ މަޖިލިހަށް ކަމަށާއި އޭގެ ތެރޭގައި ގާނޫނު ބަދަލުކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ފަނޑިޔާރުން ވަކިކުރުމުގެ އިތުރުން ވެސް އެހެން އެތައް ބާރެއް ހިމެނޭ ކަމަށެވެ.
"އެހެންވީމާ ހަގީގަތުގައި ހުރިހާ ކުށްވެރިންނަކީ ރައްޔިތުންގެ މަޖިލިސް މެމްބަރުން. ރައްޔިތުންގެ މަޖިލިސް އަށް ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ގާނޫނު ބުނާ ގޮތަކުންނެއް. އަދި ގާނޫނަށް ބަދަލު ގެނެސްގެން ވެސް ކޮންމެ ގޮތެއް ހަދައިގެން ވެސް މި މަޖިލިހަށް ރައްޔިތުން ފޮނުވާފައި ތިބި މަންދޫބުން މި ގައުމު އިސްލާހު ކުރުމުގެ ބާރު އޮތް ބަޔަކީ ހަމައެކަނި،" ސަލީމް ވިދާޅުވި އެވެ.
ގާނޫނުތަކުގެ އަލީގައި އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގައި ގޯސްކޮށް ކޮންމެ މީހަކު ކަމެއް ކުރިޔަސް ފިޔަވަޅު އެޅުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ މަޖިލިހަށެވެ. އެހެންވެ، މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގޯސްވުމާއި ހިތްވަރު ނެތުން ކަމަށް ސަލީމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ކަމެއް ނެތިއްޔަކާ މި ގައުމު އިސްލާހު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެ އިސްލާހު ރައްޔިތުން ދީފައި އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް."
މާލިއްޔަތު ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، މިހާތަނަށް އައި ހުރިހާ ސަރުކާރެއްގައި ވެސް ކޮރަޕްޝަންތައް ހިންގާ ކަމަށާއި އެކަމަކު ކޯޓާ ހިސާބުން ހުކުމެއް އަންނާނެ ގޮތެއް ނެތް ކަމަށެވެ. އެހެންވެ، ދިވެހިން ތިބީ "ކޮރަޕްޝަނަށް ބައްޓަންކޮށްފައިވާ" ނިޒާމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެމްބަރު ޣަފޫރު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
"އެހެން ނޫން ނަމަ އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓާއި މި ހުރިހާ އެއްޗެއްގައި ކޯޓަށް ދާ މައްސަލަތައް ސާބިތު ކުރެވެން ޖެހޭނެ. އެކަމެއް ނުވޭ،" ގަޕޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޮޑިޓް ރިޕޯޓު ލިޔެގެން މިހާތަނަށް ދައުލަތަށް ލިބުނު ފައިސާއެއް ނެތް ކަަމަށާއި އެކަމަކު އޮޑިޓަ ޖެނެރަލްގެ އޮފީސް ހިންގަން އަހަރަކު 70-80 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ކަންކަން "ރޭވިގެން" ދަނީ ކޮރަޕްޝަނާ އެއްކޮށް ކުރިއަށް ދާ ގޮތަށް ކަމަށް ހީވާ ކަމަށް ގަޕޯ ވިދާޅުވި އެވެ.
"އެހެންވީމާ ކޮންމެ އެއް ދިމާލަކަށް މިކަން ދާން އެބަޖެހޭ. މިކަން ރަނގަޅު ކުރަންޏާ ރަނގަޅު ކުރަން. ވަރަށް ބާރަށް ވާހަކަ ދެއްކެވިފައި މި ކަންކަމަށް ފިޔަވަޅު އަޅާފައި ނުކުމެވޭއިރު ތެދުވޭ،" ކަންބޮޑުވުމާ އެކު ގަޕޯ ވިދާޅުވި އެވެ.
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
ނުހައްގުން ހޯދާ ފައިސާއިން ހުޅުމާލެއިން ފްލެޓާއި ބިން!
ގޭހަށް ދެއްކި 3.7 މިލިއަން "ގެއްލުނު" މައްސަލައެއް
އިދާރާތަކުގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ
ބަދަލު ދިނުމާ ގުޅިގެން އިބޫގެ މައްސަލައެއް ބަލަނީ!
މަޓީން އެދިގެން މާލިއްޔަތު ކޮމިޓީ ސިއްރު
މަސްލަހަތާ ޖެހުމުން މެމްބަރަށް "ހިތި ބޭހެއް" ނުދިރޭ!
ސިފްކޯ، ޕްލޮކޯއަށް މިލިއަނުން ފައިސާ ދިން ގޮތް ބަލަނީ