Roadha Mihaaru
ގާސިމާއި ސިޔާމް ވެސް ގޮނޑި ކާމިޔާބު ކުރައްވައިފި

ގާސިމާއި ސިޔާމް ވެސް ގޮނޑި ކާމިޔާބު ކުރައްވައިފި

21 އެޕްރީލް 2024

ރައްޔިތުންގެ މަޖިލިހުގައި މިދިޔަ އެކިއެކި ދައުރުތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި ދެ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ދ. މީދޫ ދާއިރާގެ ގޮނޑި މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާ އެމްޑީއޭގެ ރައީސް ސިޔާމް ވަނީ ދިފާއުކުރައްވައިފަ އެވެ. މިއީ ސިޔާމް މަޖިލީހުގެ ގޮނޑި ދިފާއުކުރެއްވި ފަސް ވަނަ ފަހަރެވެ.

މާމިނގިލި ދާއިރާގެ ގޮނޑި މިފަހަރު ވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެ ދާއިރާގެ މެމްބަރުކަން އޭނާ ކުރައްވާނެ މިއީ ހަތަރު ވަނަ ފަހަރެވެ. އޭގެ ކުރިން ހާއްސަ މަޖިލީހުގެ މެމްބަރުކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ގާސިމް ކުރެއްވި އެވެ.

އެކަމަކު، ގާސިމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހުޅުމާލެ ދެކުނު ދާއިރާ އިން ވަނީ ނާކާމިޔާބު ވެފަ އެވެ.

ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޭދަފުށި ދާއިރާގެ ގޮނޑި، މިހާރު ވެސް އެ ދާއިރާގެ މެމްބަރުން ކަން ކުރައްވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަނީ ކާމިޔާބުކުރައްވައިފަ އެވެ. މިއީ އޭނާ އެ ގޮނޑި ކާމިޔާބުކުރެއްވި ހަތަރު ވަނަ ފަހަރެވެ. އޭނާގެ ދަރިފުޅު އިބްރާހިމް ނައުފަލް ވަނީ މުލަކު ދާއިރާގެ ގޮނޑި ހޯއްދަވައިފަ އެވެ.

ޝިޔާމް އާއި ގާސިމް އަދި ސަލީމް އަކީ މަޖިލީހުގެ އެންމެ ގިނަ ދުވަސްވީ މެމްބަރުންނެވެ.