03 ޖޫން 2019
ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި ނަމަ، މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް ބޭފުޅަކު މިއަދު ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ނެތް ހާލަތެއްގައި ނަމަ، މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނެ ފަސް ބޭފުޅަކު މިއަދު ކަނޑައަޅައިފި އެވެ.
މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި ފަސް ބޭފުޅުންނަކީ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ރިޔާސަތު ބަލަހައްޓާނެ ބޭފުޅުން ކަނޑައަޅާނީ މަޖިލިހުގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންނަށް ބަލައިގެންނެވެ. އަދި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓެވޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށް ކަމަށް ވެސް ގަވައިދުގައިވެ އެވެ.
ގަވައިދުގައި ވަނީ މެމްބަރުންގެ ތަރުތީބު ކަނޑައަޅާނީ އެ ފަސް މެމްބަރުންގެ މެމްބަރު ކަމުގެ މުއްދަތަށް އިސްކަން ދީގެން ކަމަށެވެ. މެމްބަރު ކަމުގެ މުއްދަތު ދެ މެމްބަރެއްގެ ދޭތެރޭގައި ހަމަހަމަވެއްޖެ ނަމަ، އެފަދަ މެމްބަރުން ތަރުތީބު ކުރާނީ މެމްބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަން ދީގެން ކަމަށް ގަވައިދުގައިވެ އެވެ.
މަޖިލިހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅި ފަސް މެމްބަރުންގެ ތެރެއިން އަފީފް ކޮޅުމަޑުލު ދާއިރާގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ 1990ގަ އެވެ. މި މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ކުރިން ފާޅުކުރެއްވި އަފީފް ވަނީ 19 އަހަރު މަޖިލިހުގައި ހޭދަކުރައްވައިފަ އެވެ.
މަޖިލިހުގެ މަސައްކަތްތަކާ ޝަރީފް ގުޅިވަޑައިގެންނެވީ އައްޑޫ މެމްބަރެއްގެ ގޮތުގައި 1990 ވަނަ އަހަރު އެވެ. އެގޮތުން 1995 ވަނަ އަހަރާ ހަމައަށް އޭނާ މަޖިލިހުގައި ހޭދަކުރެއްވި އެވެ. އަދި މެދުކެނޑުމަކަށް ފަހު، މަރަދޫ ދާއިރާގެ މެމްބަރު ކަމަށް ވަޑައިގަތީ 2014 ގަ އެވެ.
އެމްޑީއޭގެ ލީޑަރު ސިޔާމާއި މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އަސްލަމް މަޖިލިހުގައި މަސައްކަތް ފެއްޓެވީ 2005 ގަ އެވެ. އެކަމަކު، ދެ ބޭފުޅުންގެ ތެރެއިން އުމުރުގެ ގޮތުން ދޮށީ މެމްބަރަކީ ސިޔާމެވެ. ގާސިމް ވަނީ ހަތަރު ދައުރު މާމިގިލީ ދާއިރާގެ މެމްބަރު ކަން ކުރައްވައިފަ އެވެ. ގާސިމް ވަނީ 18 ވަނަ މަޖިލިހުގައި ކުޑަ ދުވަސްކޮޅަކު މަޖިލިހުގެ ރައީސްކަން ކުރައްވައިފަ އެވެ.
އަފީފް ވިދާޅުވީ މެމްބަރުންގެ އިހްސާސްތަކާ އެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ. މަޖިލިހުގެ ރިޔާސަތުގައި އިންނަވާ އިރު، ގަވައިދާ ހިލާފަށް ކަމެއް ކުރައްވާކަން ފާހަގަކުރެއްވިއްޖެ ނަމަ، އެކަން އޭނާގެ ސަމާލު ކަމަށް ގެނައުމަށް މެމްބަރުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނަވާ އިރު، ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އަފީފް ވިދާޅުވި އެވެ. އަދި މަޖިލިހުގައި ތިއްބެވި 87 މެމްބަރުންގެ އެއްބާރުލެއްވުން ދެއްވުމަށް އަފީފް ވަނީ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އޭނާއާ ހަވާލު ކުރެއްވީ ވަރަށް ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެކެވެ. އަދި އެ ޒިންމާ އާއި މަސްއޫލިއްޔަތު އަމާނަތްތެރިކަމާ އެކު އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސިޔާމް ވެސް ވިދާޅުވީ ރިޔާސަތުގައި އިންނަވައިގެން ރައްޔިތުންގެ ލާބައާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު
ލީޑަޝިޕުން ވަކި ބަޔަކަށް ތާއީދުކުރާތީ ގަފޫރު ކަންބޮޑުވޭ
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް
ޝަރީފާއި އާޒިމް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެއްޖެ
އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ: އަފީފް
ރައީސްކަމަށް ވާދަވެރިކަން ބޮޑުވެ އަފީފަށް ފާޑުކިޔަނީ
ރައީސްގެ ތާއީދާއި އިތުބާރު އަދިވެސް އެބައޮތް: އަސްލަމް
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!
ރައީސް ކަނޑައަޅަން ވޯޓު ނަގާނެ ގޮތަކާ މެދު ބަހުސެއް
ރިޔާސަތު ބަލަހައްޓާނެ އާ މެމްބަރުން ކަނޑައަޅައިފި