ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަނޑައަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ވާހަކައާ ގުޅިގެން އެ ޕާޓީގެ އެހެން ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ހޫނު ބަހުސަކަށް ހިނގައްޖެ އެވެ.
17 އެޕްރީލް 2019
ރައްޔިތުންގެ މަޖިލިހުގެ ރައީސަކު ކަނޑައަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި ވާހަކައާ ގުޅިގެން އެ ޕާޓީގެ އެހެން ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ހޫނު ބަހުސަކަށް ހިނގައްޖެ އެވެ.
އާންމު އިންތިޚާބުގައި އެމްޑީޕީން 65 ގޮނޑިއާ އެކު ބޮޑު އަޣުލަބިއްޔަތެއް ހޯދި މަޖިލިހުގެ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ އެމްޑީޕީގެ ފަސް ބޭފުޅެކެވެ. އެއީ ރޮޒެއިނާގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
މި ފަސް ބޭފުޅުންގެ އިތުރުން އަމިއްލަ ގޮތުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވަނީ މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ކަނޑައަޅާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ ވޯޓަކީ ސިއްރު ވޯޓަކަށް ވާން ޖެހޭނެ އެވެ. އެކަމަކު، އަނެއް ބަޔަކު ބުނަނީ އެ ވޯޓު ސިއްރު ވޯޓަކަށް ހަދަން ނުޖެހޭ ކަމަށެވެ.
ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ތަފާތު ބޮޑު ކާމިޔާބީއެއް ލިބުމުގެ އުފަލުގައި ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ހަރަކާތުގައި އެމްޑީޕީގެ ޓިކެޓުގައި ބައިވެރިވެ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފާ ފާޅުކުރައްވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވޯޓު ނަގާނެ ގޮތެއް އަދި ނުނިންމަ އެވެ. މީގެކުރިން، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި ނުވާތީ، އެ ޕާޓީގެ ތެރެއިން މަޖިލިހުގެ ރައީސް ނުވަތަ ނައިބު ރައީސަކު ކަނޑައަޅަން މެމްބަރުންގެ މެދުގައި ވޯޓަކަށް ގޮސްފައެއް ނުވެ އެވެ.
Qaumuge mathee maqaam thakah anna meehun hovan nagaa vote thah sirru kuraa sababaky nufoozun ekkibaave hure vote lumuge furusathu dhinumah. Hovey meeha, vote nudhey meehunnah thafaathukurumuge furusathu nudhinumah.
— ?? ??????? ???? ? (@Roxeyna) April 17, 2019
ރޮޒެއިނާ ކުރެއްވި ޓުވީޓު.
ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރި މެމްބަރުންގެ މެދުގައި އެމްޑީޕީ ޕީޖީން ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށެވެ. ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕީޖީ ލީޑަރާއި ޑެޕިއުޓީ ލީޑަރުން ވެސް ކަނޑައަޅަނީ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
"މަޖިލިހުގެ ރައީސް ކަމުގެ ވާދަވެރިކަން ވަރަށް ބޮޑުވެފައި މިވަނީ. އެހެންވީމަ، އަޅުގަނޑު ގަބޫލު ކުރަނީ ޕީޖީގެ ތެރޭގައި ސިއްރު ވޯޓަކަށް މިކަމުގައި ދާން،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ގައުމީ މަތީ މަގާމުތަކަށް އަންނަ މީހުން ހޮވަން ނަގާ ވޯޓުތައް ސިއްރު ކުރާ ސަބަބަކީ ނުފޫޒުން އެއްކިބާވެ، ހުރެ ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ. އެއީ ހޮވޭ މީހާ، ވޯޓު ނުދޭ މީހުންނަށް ތަފާތު ކުރުމުގެ ފުރުސަތު ނުދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އާއި މާލޭގެ މޭޔަރު ޝިފާ. --- ފޮޓޯ: މިހާރު
MDP PG in meege kurin kuri kameh ves noon e’ee Majilis Speaker kamah nameh propose kurumahtakai PG gai sirru vote negun. We should NOT let vote selling begin early in the day!
— ???????? ????? (@Imthiyazfahmy) April 17, 2019
އިންތި ކުރެއްވި ޓުވީޓު.
ރޮޒެއިނާގެ ވާހަކަތަކާ ދެކޮޅު ހައްދަވައި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ނަމެއް ކަނޑައެޅުމަށް ޕީޖީގައި ސިއްރު ވޯޓެއް ނެގުމަކީ ކުރި ކަމެއް ނޫން ކަމަށެވެ. ސިއްރު ވޯޓު ނެގުމަކީ ވޯޓު ވިއްކަން ހުޅުވާލެވޭ ފުރުސަތެއް ކަމަށާއި އެމްޑީޕީގެ ޕީޖީގައި އެކަމަށް ޖާގަ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވައިގެން ނުވާނެ ކަމަށް އިންތި ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީން އެކުލަވައިލި "އެޖެންޑާ 19" އަންގައި ދެނީ ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް ކަމަށެވެ. އެހެންވެ، އެމްޑީޕީން މަޖިލިހުގެ ރައީސްއަކާއި ނައިބު ރައީސަކު ކަނޑައަޅަން ވާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވިދާޅުވި އެވެ.
Nazaahaaiytheri majlis eh ufedhdhumah alhuganduge vote dheynee sirrakun noon. faalhuga. Raees kamah @aslamdp adhi Naib raees kamah @evattey #Majlis19 pic.twitter.com/v7AMdrhBEL
— Waddey (@waddey_) April 17, 2019
ވައްޑެ ކުރެއްވި ޓުވީޓު.
"މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރީ. މަޖިލިހުގައި ކަމެއް ފާސް ކުރުމުގެ ކުރިން (އެމްޑީޕީ ތެރޭގައި) ސިއްރު ވޯޓެއް ދުވަހަކު ވެސް ނުނަގާ،" އީވާ ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވިދާޅުވީ ނަޒާހަތްތެރި މަޖިލިހެއް އުފެއްދުމަށް އޭނާ ވޯޓު ދެއްވާނީ ސިއްރުން ނޫން ކަމަށެވެ. އަދި ފާޅުގައި މަޖިލިހުގެ ރައީސް ކަމަށް އަސްލަމް އަދި ނައިބު ރައީސް ކަމަށް އީވާ އަށް ވޯޓު ދެއްވާނެ ކަމަށް ވައްޑެ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް
ލީޑަޝިޕުން ވަކި ބަޔަކަށް ތާއީދުކުރާތީ ގަފޫރު ކަންބޮޑުވޭ
ޝަރީފާއި އާޒިމް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެއްޖެ
މަޖިލިހުގެ ނައިބަކަށް އެމްޑީޕީން ވާދަކުރާނީ ސަލީމް
އެމްޑީޕީއަށް ބަހުސް އަނބުރާ އާ އުކުޅު ހުއްޓުވައިފި
ވިޕްލައިނާ ދެކޮޅު ހެދުމުން އާޒިމަށް ނަސޭހަތް ދީފި
މެމްބަރުން ނެގުމުގައި ޖަޒުބާތު ވެގެން ނުވާނެ: ނަޝީދު
މުއައްސަސާތަކަށް މެމްބަރުން ނަގަން ކޮމިޓީއެއް ހަދަނީ!