21 އެޕްރީލް 2019
ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ގެންނަން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވަކި ބަޔަކަށް ތާއީދު ކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސަ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ގެންނަން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވަކި ބަޔަކަށް ތާއީދު ކުރެއްވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސަ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުމަށް ފަހު، އެ ޕާޓީގެ ތެރޭގައި މިހާރު ފޯރި ހިފާފައި އޮތް އެއް ކަމަކީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ހަމަޖައްސާނެ ބޭފުޅުންނާ މެދުގަ އެވެ. އެމްޑީޕީގެ އިންތިޚާބީ މެމްބަރުންގެ ތެރެއިން މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަސް ބޭފުޅަކު މިވަގުތު އެބަ ތިއްބެވި އެވެ.
Rayyithunge Majileehuge Raees kamah Alhugandu thaaeedhu kuraanee MP @aslamdp ah adhi Naaib Raees kamah MP @evattey ah.
— Hassan Latheef? (@HassanLatheef) April 17, 2019
ހަސަން ލަތީފް މިދިޔަ ބުދަ ދުވަހު ކުރެއްވި ޓުވީޓު.
މަޖިލިހުގެ ރައީސް ކަމަށް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވަނީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން ލަތީފް ތައީދު ކުރައްވަނީ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް، ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށެވެ.
ޣަފޫރު "މިހާރު" އަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރުގެ ދައުރެއް ލިބިވަޑައިގެންފައިވާ އިރު، އެމަނިކުފާނު ބޭނުންފުޅުވާ ކަންކަން ފަސޭހަކަމާ އެކު ކުރިއަށް ގެންދެވޭނީ ރައީސް ތާއީދު ކުރައްވާ ބޭފުޅަކު މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތީމާ ކަމަށެވެ.
"ރައީސް ބޭނުންފުޅުވާ ބޭފުޅެއް މަޖިލިހުގެ ރައީސްގެ ގޮނޑީގައި އިންނަވާނީ. އެއީ ކަން އޮތް ގޮތް. އެއް ބައި މީހުންނަށް މަންޒަރު އޮޅުނަސް، އަޅުގަނޑުމެންނަށް މަންޒަރެއް ނޯޅޭ،" ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި ބަޔަކު މަޖިލިހުގެ ރައީސް ކަމަށް ގެންނަން ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ތައީދުކުރެއްވުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫނެވެ. އެކަމަކު، މަޖިލިހުގެ ރައީސް ކަމަށް ގިނަ ބޭފުޅުން ވާދަކުރެއްވުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި އަސްލަމްގެ އިތުރުން ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހިމެނިވަޑައިގަންނަވަ އެވެ.
ޣަފޫރު ވިދާޅުވީ މަޖިލިހުގެ ރައީސް ކަމުގެ މަގާމަކީ މަސައްކަތްކޮށްގެން ހޯދަން ޖެހޭ މަގާމެއް ކަމަށެވެ. މަގާމެއް ބޭނުންވެއްޖެ ނަމަ، އެމީހަކު މަސައްކަތް ކުރަންވީ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ހިޔާލު ތަފާތުވުންތަކެއް އޮތަސް، މެޖޯރިޓީއަށް ތަބާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަގާމަކީ ތެދުވެ، މަސައްކަތްކޮށްގެން ހޯދަން ޖެހޭ އެއްޗެއް. އެހެން މީހުން ބޭނުންވީމަ، ބައިންދަން ޖެހޭ އެއްޗެއް ނޫން. އެއީއެއް ނޫން މިހާރު އަމަލުކުރާ ނިޒާމަކީ،" މި މަހުގެ ހަ ވަނަ ދުވަހު މަޖިލިހުގެ އިންތިޚާބުގައި ހަނިމާދޫގެ ގޮނޑި ކާމިޔާބު ކުރެއްވި ޣަފޫރު ވިދާޅުވި އެވެ.
"ރައީސް ބޭނުންފުޅުވާ ބޭފުޅެއް މަޖިލިހުގެ ރައީސްގެ ގޮނޑީގައި އިންނަވާނީ. އެއީ ކަން އޮތް ގޮތް. އެއްބައި މީހުންނަށް މަންޒަރު އޮޅުނަސް، އަޅުގަނޑުމެންނަށް މަންޒަރެއް ނޯޅޭ،" ---ޣަފޫރު
"ރާއްޖޭގައި ނިޒާމު އޮތް ގޮތަކީ އެމީހަކު އަމިއްލަ އަށް ކެމްޕެއިން ކުރަންވީ. ނަޝީދު ޕާލަމެންޓްރީ ގްރޫޕްގެ ރައީސަކަށް އަންނަން ބޭނުންވާ ނަމަ، ކެމްޕެއިން ކުރައްވަންވީ. އަސްލަމް ބޭނުންވާ ނަމަ، އެ މަގާމަށް މަޖިލިހުގެ ރައީސް ކަމަށް ކެމްޕެއިން ކުރައްވަންވީ،" ޣަފޫރު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމަށާއި ނައިބު ރައީސްކަމުގެ މަގާމަށް އެމްޑީޕީން ހުށަހަޅާނެ ނަމެއް ޕާލަމެންޓްރީ ގްރޫޕުން ފާސްކުރަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، މަގާމުތަކަށް ޕީޖީން އައްޔަން ކުރަނީ ސިއްރު ވޯޓަކުން ކަމަށް ވާތީ އެވެ.
އެގޮތުން، ޣަފޫރު މިސާލު ނެންގެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި ނައިބު ލީޑަރުން ކަނޑައެޅުމާއި އެހެން މަގާމުތައް ކަނޑައަޅަން ސިއްރު ވޯޓު ނަގާތީ އެކަމުންނެވެ.
ބަރުލަމާނީ ނިޒާމެއް ގެންނަން ދެކޮޅު ހައްދަވައި، ޣަފޫރު ރޭ "ރާއްޖެ ޓީވީ" ގައި ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ވެސް ބަރުލަމާނީ ނިޒާމެއް ގެންނަން ތާއީދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާގެ ޝައުގުވެރިކަން މަޖިލިހުގެ ރައީސްކަމަށް
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު
މަޖިލިހުގެ ރައީސް ކަނޑައެޅުމުގައި ނަޝީދުގެ ނުފޫޒު!
ރައީސް ކަނޑައަޅަން ވޯޓު ނަގާނެ ގޮތަކާ މެދު ބަހުސެއް
ޝަރީފާއި އާޒިމް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެއްޖެ
ރިޔާސަތު ބަލަހައްޓާނެ ފަސް ބޭފުޅެއް ކަނޑައަޅައިިފި
އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ: އަފީފް
ރައީސްކަމަށް ވާދަވެރިކަން ބޮޑުވެ އަފީފަށް ފާޑުކިޔަނީ
ދައުރުވާ މެސެޖްގައި އޮތީ ހަގީގަތެއް ނޫން: އަސްލަމް
ރައީސްގެ ތާއީދާއި އިތުބާރު އަދިވެސް އެބައޮތް: އަސްލަމް